Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން

އިނގިރޭސި ބޮޑުވަޒީރުގެ އިތުބާރުނެތްކަމަށް ފާސްވެއްޖެނަމަ ދެން އެމަގާމާ ހަވާލުވެވަޑައިގަންނަވާނީ ކޮންބޭފުޅެއް؟

މިމަގާމާ ދެން ހަވާލުވެވަޑައިގަންނަވާނެކަމަށް ބެލެވޭ ބޭފުޅުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ؛ ލިޒް ޓްރަސް، ޖެރެމީ ހަންޓް، ރިޝީ ސުނާކް، ނާދިމް ޒަހާވީ އަދި ޕެނީ މޯރޑައުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 6 ޖޫން 2022 | ހޯމަ 15:17
އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަން

އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަން

އިނގިރޭސި ބޮޑުވަޒީރު ބޮރިން ޖޯންސަންގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދިއުމަށް މަސައްކަތްކުރާއިރު، ދެން އެމަގާމާ ހަވާލުވެވަޑައިގަންނަވާނީ ކޮންބޭފުޅެއްތޯ މިއީ އުފެދޭ ސުވާލެކެވެ.

މިމަގާމާ ދެން ހަވާލުވެވަޑައިގަންނަވާނެކަމަށް ބެލެވޭ ބޭފުޅުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ ލިޒް ޓްރަސް، ޖެރެމީ ހަންޓް، ރިޝީ ސުނާކް، ނާދިމް ޒަހާވީ އަދި ޕެނީ މޯރޑައުންޓެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ލިޒް ޓްރަސްއަކީ ކޮންޒަވޭޓިވް މެމްބަރުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ. އެކަމަނާއަކީ އޮންލައިންކޮށް ކުރިއަށް ގެންދެވޭ ޕޯލްތަކުގައިވެސް އާންމުކޮށް އެންމެ ކުރީސަފުގައި ގުނާލެވޭ ބޭފުޅެކެވެ.

އާންމުގެން މެދުގައިވެސް ޓްރަސްއަކީ މަގްބޫލު ޝަޚްސެކެވެ. ދާދިފަހުން ޓޭންކެއްގައި ޓްރަސް ނެންގެވި ފޮޓޯއަކާއެކު، އެގައުމުގެ އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރު މާރގަރެޓް ތެޗަރއާ އެކަމަނާ ވަނީ އަޅާކިޔަން ފަށާފައެވެ. 1986 ވަނަ އަހަރު މާރގަރެޓް ތެޗަރވެސް ވަނީ ޓޭންކެއްގައި ފޮޓޯއެއް ނަންގަވާފައެވެ.

ދެން އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކެނޑިޑޭޓުންގެ ލިސްޓުގައި ޓްރަސް ހިމެނިވަޑައިގެންނެވިނަމަވެސް، އެކަމަނާ ވަނީ ޖޯންސަންއަށް އެކަމަނާގެ 100 އިންސައްތަ ތާއީދު އޮތްކަމަށް ވިދާޅުވެ، ޖޯންސަންއަށް ތާއީދުކުރެއްވުމަށް ގޮވާލައްވާފައެވެ.

ދެން މިލިސްޓުގައި ހިމެނިވަޑައިގަންނަވާ ޖެރެމީ ހަންޓަކީ 2019 ވަނަ އަހަރު އޮތް ލީޑަރޝިޕް ކޮންޓެސްޓުން ޖޯންސަންއާ ވާދަކުރައްވައި ދެވަނަ ހޯއްދެވި ބޭފުޅާއެވެ. ރިޕޯޓުތައް ބުނާގޮތުން، ޖޯންސަންއަށްފަހު ބޮޑުވަޒީރުކަމާ ހަންޓް ހަވާލުވެވަޑައިގަންނަވައިފިނަމަ، ޖޯންސަންގެ ވެރިކަމަށްވުރެ ސީރިއަސް، ނަމަވެސް އެހާ ކޮންޓްރޮވަރޝަލް ނޫން ވެރިކަމެއް ކުރައްވާނެއެވެ.

މީގެ ކުރިން ހެލްތު ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައިވާތީ، އެކަމުގެ ތަޖުރިބާއާއެކު ފާއިތުވި ދެ އަހަރު ހަންޓް ވަނީ ހެލްތު ސެލެކްޓް ކޮމިޓީގެ ޗެއަރކަން ކުރައްވާފައެވެ. އަދި މިހާރުގެ ސަރުކާރަށް މަސައްކަތްކޮށްދެއްވިނަމަވެސް ހަންޓަށް އަމާޒުކޮށް، އޭނާއަށް މީހުންގެ ތާއީދުގެއްލޭފަދަ ކަމެއް ހިންގާފައެއް ނުވެއެވެ.

ޖޯންސަން މަގާމުން ވަކިކުރަން ވޯޓުދޭނެކަމަށް ހަންޓް ވިދާޅުވެފައިވާއިރު، މިއަހަރުގެ ކުރީކޮޅު އޭނާ ވަނީ ބޮޑުވަޒީރުކަމުގެ މަގާމަށް އައުމުގެ ޝައުގުވެރިކަން އަދިވެސް އެބަހުރިކަމަށް ވިދާޅުވެފައެވެ.

އިނގިރޭސި ފިނޭންސް މިނިސްޓަރު ރިޝީ ސުނާކަކީ މިދިޔަ އަހަރު ނިމެންދެން ޖޯންސަންއަށްފަހު ދެން ވެރިކަމަށް އަންނާނެކަމަށް އެންމެ ބޮޑަށް ބެލެވުނު، އަދި ތާއީދުކުރެވުނު ބޭފުޅާއެވެ. ކޮވިޑް-19ގެ ސަބަބުން ގައުމުގެ އިގުތިސާދަށް ކުރިމަތިވާންފެށި ލޮޅުންތަކުން އަރައިގަތުމަށް ސުނާކް އެކުލަވާލި ރެސްކިއު ޕެކޭޖާއެކު ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. ނަމަވެސް އާންމު ރައްޔިތުންނަށް ކުރިމަތިވި ގޮންޖެހުންތަކަށް އެހީވުމަށް ގޭބީސީތަކަށް އެކަށީގެންވާ ވަރަށް ފައިސާގެ އެހީ ފޯރުކޮށްދީފައިނުވާތީއާއި، ޖޯންސަންއާއެކު ލޮކްޑައުންގެ ފިޔަވަޅުތަކާ ޚިލާފުވުމުގެ ސަބަބުން އޭނާގެ ތާއީދު ކޮންމެސް ވަރަކަށް ދަށްވާންފެށިއެވެ.

ސުނާކްވެސް ވަނީ ޖޯންސަންއަށް ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19ށް ވެކްސިންޖެހުމުގައި މިހާރުގެ އެޑިއުކޭޝަން ސެކްރެޓަރީ ނާދިމް ޒަހަވީ ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން އޭނާއަށް ވަނީ ގިނަ ބައެއްގެ ތަރުހީބުލިބިވަޑައިގެންފައެވެ. އަދި ޒަހަވީއަކީ އިރާގުން އިނގިރޭސިވިލާތަށް ހިޖުރަކުރި ރެފިއުޖީއަކަށް ވުމުން، އޭނާގެ ތުއްޕުޅުއިރުގެ ދިރިއުޅުއްވުމުގެ ހާލަތާއެކު ކޮންޒަވޭޓިވްގެ އެހެން މެމްބަރުންނާ ތަފާތުކޮށް ޒަހާވީ ފާހަގަކޮށްލެވެއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ވަނީ، ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރައްވަން ލިބިވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ޝަރަފަކަށް ވާނެކަމަށް ވިދާޅުވެފައެވެ.

ކުރީގެ އިނގިރޭސި ޑިފެންސް މިނިސްޓަރު ޕެނީ މޯރޑައުންޓަކީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޖޯންސަން މަގާމުން ވަކިކުރެއްވި ބޭފުޅެކެވެ. މޯރޑައުންޓަކީ 2019 ވަނަ އަހަރުގެ ލީޑަރޝިޕް ކޮންޓެސްޓްގައި ހަންޓަށް ތާއީދުކުރެއްވި ބޭފުޅާއެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުން އީޔޫއިން ވަކިވުމަށް އެންމެ ގަދައަށް ވާހަކަދައްކަވައި ތާއީދުކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް އެކަމަނާ ހިމެނިވަޑައިގަންނަވައެވެ.

މޯރޑައުންޓް ވަނީ ކޮވިޑް-19ގެ ފިޔަވަޅުތަކާ ޖޯންސަން ޚިލާފުވެފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.

އިނގިރޭސި ބޮޑުވަޒީރު ޖޯންސަންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތައްޔާރުވަމުންދާއިރު، ކޮވިޑް19ން ރައްކާތެރިވުމަށް އިނގިރޭސިވިލާތުގައި އަޅާފައިއޮތް ފިޔަވަޅުތަކާ އެމަނިކުފާނު ޚިލާފުވެވަޑައިގެންފައިވާ މައްސަލައަކީ މިވޯޓަށް ދިއުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވާ އެއް މައްސަލައެވެ.

އިނގިރޭސިވިލާތްބޮރިސް ޖޯންސަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

05 ޖުލައި 2024
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

05 ޖުލައި 2024
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

05 ޖުލައި 2024

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު