Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓުގައި 11 ގާޒީން، ޝަރީއަތްތައް ބާއްވަން އެންމެ ކޯޓު ރޫމެއް

ވިއްސާރައިގެ ސަބަބުން ކޯޓުގެ 4 ބުރީގެ އިމާރާތުގައި ހުރި ލިއެކިއުންތަކާއި ފައިލްތަކަށް ގެއްލުންވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2024 | ބުރާސްފަތި 06:06
ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ އިމާރާތަށް އިތުރު ގެއްލުންތަކެއް ވަނީ ލިބިފައި

ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ އިމާރާތަށް އިތުރު ގެއްލުންތަކެއް ވަނީ ލިބިފައި

ދާދި ފަހުން ރާއްޖެއަށް ކުރި ވިއްސާރައިގައި ކްރިމިނަލް ކޯޓުގެ އިމާރާތަށްވެސް ގެއްލުންތަކެއް ލިބިފައިވާއިރު، ކޯޓުގެ ގާޒީން ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް މިހާރު ހުރީ އެންމެ ކޯޓު ރޫމެއް (ޝަރީއަތް ކުރާ މާލަން) ކަމަށް އެ ކޯޓުން ބުނެފިއެވެ.

މޫސުން ގޯސްވެ ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ އިމާރާތަށް އިތުރުގެއްލުންތައްވެ، ކޯޓުގައި ތާވަލުކޮށްފައިވާ ހުރިހާ އަޑުއެހުންތަކެއް ކެންސަލްކުރަން ޖެހިފައިވާއިރު، ފާއިތުވި 2 ދުވަހުވެސް ކޯޓުގައި އަޑުއެހުމެއް ތާވަލުކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، ކޯޓުގައި ހުރި ޝަރީއަތް ކުރާ މާލަންތަކުގެ ތެރެއިން މިހާރު ބޭނުން ކުރެވޭ ޙާލަތުގައި ހުރީ 2 މާލަން ކަމަށާއި، އޭގެ ތެރެއިން 1 މާލަން ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކަށް ޚާއްސަކުރަން ޖެހޭކަމަށެވެ.

އެހެންކަމުން ކޯޓުގެ އެކި ސެކްޝަންތަކުގައި ތިއްބަވަ 11 ގާޒީން ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދެވުމަށް މިވަގުތު ހުރީ އެންމެ މާލަމެކެވެ.

އޭގެ އިތުރުން، ދާދި ފަހުން ކުރި ވިއްސާރައިގެ ސަބަބުން ކޯޓުގެ 4 ބުރީގެ އިމާރާތުގައި ހުރި ލިއެކިއުންތަކާއި ފައިލްތަކަށް ގެއްލުންވެފައިވާތީ، ފާއިތުވި 2 ދުވަހު މުވައްޒަފުން ގެންދަނީ އެ އިމާރާތުގައި ހުރި ތަކެތި ކޯޓުގައި ހުރި ބޭނުން ކުރެވޭ ބަޔަށް ބަދަލު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ކްރިމިނަލް ކޯޓަށް އައު އިމާރާތެއް ހަމަޖެއްސުމުގެ ކަންކަން ބަލަމުން ގެންދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

ރާއްޖެއެމްވީން ސުވާލުކޮށްލުމުން ޑީޖޭއޭއިން އާދިއްތަ ދުވަހު ބުނެފައިވަނީ ކްރިމިނަލް ކޯޓް ހިންގަމުންދާ އިމާރާތަކީ ބޭނުންކުރުމަށް އެއްވެސް މިންވަރަކަށް ރައްކާތެރިތަނެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދެއްވާފައިވާތީ ކްރިމިނިލް ކޯޓު ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް އެ އިދާރާއިން ކުރަމުންދާ ކަމަށާއި، އެކަންލަސްވެފައިވަނީއެ މަސައްކަތާ ޙަވާލުވި އާބަންކޯގެ ބޯޑުން ޕްރޮކިއުމަންޓު ހުއްދަ ނުލިބޭތީ ކަމަށެވެ.

އެކަމުގެ ފަހުގެ މައުލޫމާތު ހޯދާލުމަށް ރާއްޖެއެމްވީން ފަހުން ގުޅާލުމުން ޑީޖޭއޭއިން ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ. ބުރާސްފަތި ދުވަހުވެސް ރާއްޖެއެމްވީން އެކަމާ ގުޅޭގޮތުން މައުލޫމާތު ހޯދަން ގުޅާލި ނަމަވެސް ޑީޖޭއޭއިން ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.

އިމާރާތުގެ ޙާލަތާއި، ޖާގައިގެ ދަތިކަމުގެ ސަބަބުން މަސައްކަތައް ނުނިމި ހުރުމުން 2023 ވަނަ އަހަރުގެ މެދެތެރޭގައި ވެސް އަދި ޑިސެމްބަރު މަހު ވެސް ރިސެސްއަށް ނުދިއުމަށް ކްރިމިނަލް ކޯޓުން އޮތީ ނިންމާފައެވެ. ސަބަބަކީ މައްސަލަތައް ފުނިޖެހިފައި ހުރުމުގެ ސަބަބުންނެވެ.

ކްރިމިނަލް ކޯޓްޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު