Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޯއްޗާއި ފްލެޓު ދިނުން

ދެހަފްތާ ތެރޭގައި ގޯއްޗާއި ފްލެޓު ދެއްވާނެކަމަށް ރައީސް ވިދާޅުވި ނަމަވެސް، ސަރުކާރުގެ ވާހަކަ އަނެއްކާވެސް ބަދަލުވެއްޖެ

ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ރައީސް ވިދާޅުވެފައިވާ ގޮތަށް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދަވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2024 | ބުދަ 07:25
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު

ގޯތި އަދި ފްލެޓު ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ ފަރާތްތަކަށް މި ދެ ހަފްތާ ތެރޭގައި ރަޖިސްޓްރީ ޙަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އަންގާރަ ދުވަހު ވިދާޅުވިނަމަވެސް، ސަރުކާރުގެ ވާހަކަ މިހާރު ބަދަލުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވެފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރުވެސް ގެންދަނީ ފްލެޓުތައް ދީފައިވާ ގޮތުގެ ތަހުގީގެއް ހިންގަމުންނެވެ. އެ ތަހުގީގު ނިމެނޭ ސީދާ ދުވަހެއް ބުނަން ނޭނގޭކަމަށްވެސް އޭސީސީން ބުނެއެވެ.

ވީއިރު، ތަހުގީގީ އިދާރާއަކުން ފްލެޓުތަކާ ގުޅޭ މައްސަލައެއް ބަލަމުންދަނިކޮށް މި ދެ ހަފްތާ ތެރޭގައި ފްލެޓުތައް ދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވާތީ ރާއްޖެއެމްވީން އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގައި ސުވާލު ކުރީމެވެ.

ވަކިން ޚާއްސަކޮށް ރައީސްގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ގޯތި އަދި ފްލެޓު ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މި ދެ ހަފްތާ ތެރޭގައި ރަޖިސްޓްރީ ޙަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ވާހަކަ ކަމަށްވާއިރު، އޭސީސީގެ ތަހުގީގާ ގުޅިގެންވެސް ފްލެޓު ލިސްޓަށް އުނިއިތުރެއް ނާންނާނެތޯ ރާއްޖެއެމްވީން ސުވާލުކުރީމެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލް ވިދާޅުވީ، ރައީސް ވިދާޅުވެފައި ވަނީ ގޯއްޗާއި ފްލެޓްގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމުގެ ވާހަކަ ކަމަށާއި، މިވަގުތު ފްލެޓްގެ ކަންކަން އޭސިސީން ވަކި ގޮތެއް އަންގަންދެން މަޑުޖެހިފައި އޮތް ކަމަށެވެ.

އެހެންނަމަވެސް، ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ރައީސް ވިދާޅުވެފައިވާ ގޮތަށް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީ އެތައް ބައެއްގެ މަސްލަހަތާއި ގުޅިފައިވާ ކަމެއްކަން ފާހަގަ ކުރައްވައި ޚަލީލް ވިދާޅުވީ، ސަރުކާރުން އުއްމީދު ކުރަނީ ވީއެންމެ އަވަހަކަށް ގޮތެއް ނިންމައި ފްލެޓްގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެ ގޮތަށް އޭސީސީން ގޮތެއް ނިންމެވުމަށް ކަމަށެވެ.

އަދި އޭސީސީން ގޮތެއް ނިމުން ލަސްވަމުންދާނަމަ، ގެޒެޓް ކުރެވިފައިވާ ލިސްޓްގައި ހިމެނޭ ކޮންމެ ރައްޔިތެއްގެ ކަންބޮޑުވުން އިތުރުވެގެންދާނެކަމަށް ޚަލީލް ވިދާޅުވިއެވެ.

ގޯތި އަދި ފްލެޓު ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދިނުން ލަސްވެފައިވާތީ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ފްލެޓްމިނިސްޓްރީ އޮފް ހައުސިން އޭސީސީޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު