Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގޯތި އަދި ފްލެޓުގެ މައްސަލަ

ގޯތި އަދި ފްލެޓުގެ މައްސަލަ - އޭސީސީ އާއި ހައުސިން މިނިސްޓްރީން އެކަން ޖަހަނީ އެއްބަޔަކު އަނެއްބަޔަކުގެ ބޮލަށް!

ރައީސް ވިދާޅުވި ގޮތަށް މި ހަފްތާ ތެރޭގައި ފްލެޓާއި ގޯތީގެ މަސައްކަތް ހިނގައި ގަންނާނެކަމަކަށް ނުބެލެވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2024 | އަންގާރަ 16:30
އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަނީ

އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަނީ

ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ މައްސަލަ ނުނިމި ލަސްވާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މީގެ ކުރިން ވެސް އާއްމުންވަނީ އެއްވެފައެވެ. އަންގާރަ ދުވަހު 11 ޖަހާކަށް ހާއިރު އެތައް އާއްމުންނެއް އޭސީސީ އަށް އެއްވީ ޝުޢޫރުތައް ލިޔެފައިވާ ޕޯސްޓަރތަކާއި އެކުގައެވެ. އެއްވެފައިވާ އާއްމުންގެ ޝަކުވާތައް އަޑުއަހަން ތިބީ އޭސީސީގެ އާދައިގެ މުވައްޒަފުންނެވެ.

އެ ބޭފުޅުންނާއި ބައްދަލުކުރަން އޭސީސީގެ މެމްބަރުން ވަޑައެއް ނުގަންނަވައެވެ. އެއްވެފައިވާ އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އޭސީސީ އިން ބަލަމުންދާ މައްސަލަ ލަސްވެފައިވާ އިރު އެ މައްސަލަ ކުރިއަށް ގެންދާ ގޮތުގެ ތަފްސީލް ހާމަކުރަމުން ނުދިއުމެވެެ. އެގޮތުން މި މައްސަލަ އަށް 48 ދުވަސް ވި އިރު އެސީސީ އަށް މައްސަލަ ނިމޭނެ ތާރީހެއް ބުނަން ނޭނގޭތީ އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެއްވެފައިވާ އާއްމުންނާއި ވާހަކަދައްކާ މައުލޫމާތު އޮޅުން ފިލުވުމުން އެނގުނީ ތަކުރާރުކޮށް އޭސީސީ އަަށް ގޮސްގެންވެސް އެކަށީގެންވާ ޖަވާބެއް ނުދޭތީ އާއްމުން މާޔޫސްވެފައިވާ ކަމެވެ. އެގޮތުން ރާއްޖެ އެމްވީ އާއި ވާހަކަ ދެއްކި އާއްމު މީހަކު ބުނީ އޭނާ އޭސީސީ އަށް ދިޔައީ އޭސީސީ އިން މައްސަލަ ނިމޭނެ ތާރީހެއް ސާފުކޮށް ހޯދަން ބޭނުންވާތީ ކަމަށެވެ. އޭސީސީ އިން މި މައްސަލަ ސިޔާސީ ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެއްވެފައިވާ މީހުން ދިޔައީ އޭސީސީ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ކުއްލިއަކަށް ގަނޑުކޮށް މެމްބަރުންތަކެއް ޕާޓީ ބަދަލުކުރެއްވި އިރު އޭސީސީ ކޮބާތޯ އާއްމުން ސުވާލުކުރިއެވެ. އަދި އާއްމުން ވަނީ ވަކި މައްސަލަތަކަކަށް އެކަނި އޭސީސީން ފޯކަސްކުރާ ކަމަށް ބުނެ އެކަމާއި މެދު ވެސް ނުރުހުން ފާޅުކޮށްފައެވެ. އާއްމުން ވަނީ އޭސީސީގެ ވެރިން ތިބީ ފިލާކަމަށް ބުނެ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އާއްމުން ޑިމާންޑްކުރަމުން ދިޔައީ އޭސީސީ އިން މައްސަލަ ނިންމާނެ ތާރީހެއް ދިނުމަށެވެ. ގާތްގަނޑަކަށް 50 މީހުން އޭސީސީ އަށް އެއްވެ އަޑު އުފުލިއެވެ. އެ މީހުންނަށް ޖަވާބެއް ނުދެނީސް އެތަން ދޫކޮށް ނުދާނެކަމަށް ބުނަން ފެށުމުން ޕްރެޝަރ ބޮޑުވެ އޭސީސީގެ ރައީސް އާއި ނައިބު ރައީސާއި ބައްދަލުކުރުމަށް 3 މީހުން ގެންދިޔައެވެ. އެ ތިން މީހުންނާއި އެކު ގާތްގަނޑަކަށް 45 މިނިޓުވަންދެން ވާހަކަދެއްކި ނަމަވެސް މައްސަލަ ނިމޭނެ ތާރީހެއް އޭސީސީ އަކަށް ނުދެވުނެވެ.

އޭސީސީގެ އިސް ވެރިންނާއި ބައްދަލުކުރި މީހުންގެ ތެރޭގައި ހިމެނޭ  އިސްމާއީލް ނާއިފް ރާއްޖެ އެމްވީ އަށް ބުނީ ހައުސިން މިނިސްޓްރީން ފޮނުވި ހުރިހާ ސިޓީ އަކަށް ޖަވާބު ދީފައިވާނެ ކަމަށާއި މައްސަލައިގެ އަޕްޑޭޓް މަޖިލީހާއި ހަފްތާއަކު އެއްފަހަކު ހިއްސާކުރާ ކަމަށް އޭސީސީން ބުނެފައިވާ ކަމަށެވެ.

އޭސީސީން މިހެން ބުނެފައިވާއިރު ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން އޭސީސީ އަށް އެ މިނިސްޓްރީން ފޮނުވި ސިޓީތަކަށް ޖަވާބު ނުލިބޭ ކަމަށް ބުނެފައެވެ. އަދި އޭސީސީން މައްސަލަ ނިމޭހާ އަވަހަކަށް ފްލެޓްތައް ދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަމުން ދަނިކޮށް، ގޯތި އަދި ފްލެޓު ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ ފަރާތްތަކަށް މި ދެ ހަފްތާ ތެރޭގައި ރަޖިސްޓްރީ ޙަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ޓްވީޓެއް ކުރެއްވިއެވެ.

އެހެންކަމުން އާއްމުން ނިންމީ އޭސީސީގެ ވާހަކަތަކާއި ރައީސްގެ ޓްވީޓާއި މެދު ސުވާލުކުރުމަށް ހައުސިން މިނިސްޓްރީ އަށް ދިއުމަށެވެ. ހައުސިން މިނިސްޓްރީ އަށް އާއްމުން ދިޔައީ 01:30 ހާއިރެވެ. އެތަނުން އެ މިނިސްޓްރީގެ ޕޮލިޓިކަލް އެޕޮއިންޓީ އަކާއި އާއްމުންނަށް ބައްދަލުވާނެ އިންތިޒާމްތައް ހަމަޖެހުނެވެ. އެ އޮފިޝަލް ވަނީ އޭސީސީން ހައުސިން މިނިސްޓްރީގެ ސިޓީތަކަށް ޖަވާބުދިންކަމަށް ބުނާ ވާހަކަތަކަށް ސާފުކޮށް އިންކާރުކޮށްފައެވެ.

އޭނާ އެފަދައިން ވިދާޅުވި ނަމަވެސް އެ މަސައްކަތް ކުރާނީ ކިހިނެއްތޯ ތަކުރާރުކޮށް ކުރި ސުވާލަށް ސާފު ޖަވާބެއް ނުދެއްވައެވެ. އަދި އޭސީސީން މައްސަލަ ނިންމާތާ ކިތައް ދުވަހުގެ ތެރޭގައި މިނިސްޓްރީގެ މަސައްކަތްތައް ނިންމާ ފްލެޓުތައް ހަވާލުކުރާނަންތޯ ކުރި ސުވާލަށް ވެސް ޖަވާބެއް ނުދެއްވައެވެ. އަދި ރައީސްގެ ޓްވީޓުގެ މައުލޫމާތު ރަސްމީކޮށް ލިބިވަޑައި ނުގަންނަވާ ކަމަށް ހައުސިން މިނިސްޓްރީގެ އެ އޮފިޝަލް ވިދާޅުވިއެވެ.

އޭސީސީހައުސިންގް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު