Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މެމްބަރުންގެ ސިޔާސީ ރާގު ބަދަލުވުން

ރިޓަޔަރކުރިކަމަށް ބުނި ވާހަކަ ކެންސަލް - 45 ގަޑި އިރަށް ފަހު ރާގާއި ފިކުރު ފުރޮޅިއްޖެ!!

ޝަރީފް ވަނީ ދެން ސިޔާސީ ދާއިރާގައި ނޫޅުއްވާނެ ކަމަށް ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2023 | ހޮނިހިރު 03:39
މެމްބަރު ޝަރީފް

މެމްބަރު ޝަރީފް

ނޫނޭ ވާ ސާބަސް! މީސްމީހުންގެ ރާގާއި ފިކުރު ބަދަލުވާ ގޮތް ފެނި އަޖާއިބުވެއްޖެއެވެ! ވާހަކަތައް ފުރޮޅާލާގޮތް މޮޅުކަމާއި އޮމާންކަމުން ހަމަ އަންތަރީސްވެއްޖެއެވެ. އިއްޔެ ދެއްކެވި ވާހަކަ އާއި މިއަދު ދެއްކެވި ވާހަކަ ދިމާ ނުވާ ވަރު ފެނި ހައިރާން ނުވާ ވަރެެއް ނޫންތާއެވެ.

އިހަކަށް ރޭ ފެނުނީ ސިޔާސީ މައިދާނުގައި އާ ކަމެއް ނޫނެވެ. މި ދައްކަނީ 13 މެމްބަރަކު އެމްޑީޕީ ދޫކޮށް ޕީއެންސީ އަށް ދިޔަ ވާހަކައެވެ. ފެން އޮތްތާކަށް މަސް ދާނެއޭ ބުނާ ބީދައިން އޭރަކު ފަސޭހަ ގޮތަަކަށް އަމަލުކުރެއްވުމަކީ ބައެއް ސިޔާސީ ބޭފުޅުން ކޮށް އުޅުއްވާ ކަމެކެވެ. އެއަށް ބައެއް ދިވެހިން ކިޔާ އުޅެނީ ހިނހޫތަނުން ކައި އުޅުމެވެ. އަނެއް ބައި މީހުން ބުނަނީ މި މެމްބަރުން ޕާޓީ ބަދަލުކުރައްވާ ވަޑައިގަތީ "ލަގަން"ވެސް ވިއްކާލައްވާފައި ކަަމަށެވެ. އެކަމަކު މިއުޅެނީ މި ޕާޓީ ބަދަލުކުރި މެމްބަރުންނަށް އައި ސިއްރު އޮފަރތައް ކަަމަށް ބުނާ އޮފަރތަކުގެ ވާހަކަ ދައްކާކަށް ނޫނެވެ. ނޫނީ ތުންތުން މަތިން އެ ބުނާ މިލިއަނުން މިލިއަނުން ފައިސާ ނެންގެވި މެމްބަރުންނާއި، އެކަށީގެން ނުވާ ފެންވަރުގެ މަޤާމުތައް ދިނުމަށް ޝަރުތުކޮށްގެން މެމްބަރުން ޕާޓީ ބަދަލުކުރި ކަމަށް ބުނާ ވާހަކަ ދައްކާކަށް ވެސް ނޫނެވެ. އެ ވާހަކަ އިހަށް އެހެން ދުވަހަކަށް ބާއްވާނަމެވެ.

ދައްކަން މި އުޅެނީ ހަމަ އެންމެ މެމްބަރެއްގެ ވާހަކައެވެ. އެއީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ ވާހަކައެވެ. ޑިސެމްބަރު 25 ވަނަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި އަޅުގަނޑުވެސް އޮފީހުގައި އާދައިގެ މަތިން މަސައްކަތުގައި އުޅެނިކޮށް ލިބުނު ޚަބަރަކީ މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ރިޓަޔަރކުރައްވާ ވާހަކައެވެ. ސިޔާސީ ދާއިރާ ދޫކޮށްލާ ވާހަކައެވެ. ޝަރީފް އަކީ ސިޔާސީ ދާއިރާގައި ނިކަން އެކްޓިވް މެމްބަރެކެވެ. މަޖިލީހުގައި ވެސް ނިކަން ވާހަކަދައްކަވާ ދޫހެލޭ ބޭފުޅެކެވެ. އެހެންވީމަ ކުއްލި ރިޓަޔަރމެންޓެއް އިއުލާންކުރީމަ އަޅުގަނޑުގެ ހިތުގަ ވެސް ސުވާލު އުފެދޭނެތާއެވެ.

އެ ޚަބަރު ކަށަވަރުކޮށްލަން ގުޅާލުމުން ވިދާޅުވީ ސިޔާސީ މަސައްކަތެއް ކުރެވުނު ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދެން މަޖިލީހަށް ވެސް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވިއެވެ. ތަކުރާރުކޮށް އަޅުގަނޑު ކުރި ސުވާލަކީ އެހެން ޕާޓީއަކާއި ގުޅެނީތޯ ކުރި ސުވާލެވެ. އެމަނިކުފާނުގެ ޖަވާބަކަށް ތަކުރާރުކޮށް ވެގެންދިޔައީ ސިޔާސީ ހަޔާތް ދޫކޮށްލިކަމުގެ ވާހަކައެވެ. ދެން އެ މަސައްކަތުގައި އެއްވެސް ގޮތަކަށް ނޫޅޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެން ވިދާޅުވިތާ 45 ގަޑިއިރު ފަހުން ފެނުނީ ޕީއެންސީ އަށް ސޮއިކުރައްވާ އެ ޕާޓީގެ ޕޯޑިއަމުންނެވެ. ކުއްލިއަކަށް ރިޓަޔަރމަންޓްގެ ވާހަކަ މުޅިން ގެއްލިއްޖެއެވެ. ޕޯޑިއަމް އަށް ވަޑައިގެން ވިދާޅުވީ މިހާރު ހުންނެވީ ޤައުމީ ފިކުރުގައި ކަމަށެވެ. ވަރަށް ޖޯޝުގައި އެ ވާހަކަދެއްކެވި އިރު ޝަރީފަކީ މި އިހަކަށް ދުވަހާއި ޖެހެންދެން މަޖިލީހުގައި މި ސަރުކާރާއި ރައީސް ޑރ.މުއިއްޒު އަށް ފާޑު ވިދާޅުވި ބޭފުޅެކެވެ. މަޖިލީހުގެ ޔައުމިއްޔާ ބަލާލުމުން އެ ވާހަކަތައް އެހެރީ ފެންނާށެވެ. އަދި އިއްޔެ މި ސަރުކާރާއި ސަރުކާރުގެ އިސް މީހުންނާއި ދިމާއަށް ބުނި ވާހަކަތައް ވެސް ކެންސަލްއެވެ. އަމުދުން ރިޓަޔަމެންޓްގެ ވާހަކަ މުޅިން ކެންސަލްވެއްޖެއެވެ. އޭރު އެ ވާހަކަތައް ދެއްކެވި އިރު ތިޔަ ވިދާޅުވާ ޤައުމީ ފިކުރު ކޮބާތޯއެވެ؟ ޤައުމީ ފިކުރަކީ މަނިކުފާނު ޤަބޫލުކުރައްވާ ގޮތް ކަމަށް ދެކިލައްވަނީތޯއެވެ؟

ޕާޓީން ކެނޑެނީކަމަށް ބުނުން ހުުތުރު ކަމެއް ކަމަށް މަނިކުފާނު ޤަބޫލުކުރައްވަނީތޯއެވެ؟ އެހެން ނޫނީ ދެން ރިޓަޔަރކުރައްވާ ކަމަށް ބުނެ އެ ދެއްކެވީ ދެން ކޮން ވާހަކައެއްތޯއެވެ؟ މަނިކުފާނު ޕީއެންސީ އަށް ވަޑައިގެން ވިދާޅުވި އެއް ވާހަކަ އެއް އެބަ އޮތެވެ. އެއީ ތިމަންނާ ޕާޓީ ބަދަލުކުރީ ދަރިންނާއި ކާފަ ދަރިންނަށްޓަކާ ކަމަށް ވިދާޅުވި ވިދާޅުވުމެވެ. އަދި ތިމަންނާމެން ޕާޓީ ބަދަލުކުރުމުން ވިކުނީކަމަށް ތުހުމަތުކުރާތީ ވަރަށް ކޯފާ އިސްކުރައްވާ ވާހަކަދެއްކެވިއެވެ. އެހެނަސް އެމްޑީޕީން ޝަރީފް ވަކިވުމާއި އެކު މެލޭޝިޔާގެ އެމްބަސީ އިން ޝަރީފްގެ ދަރިފުޅަށް ދިން މަޤާމް ދިގުދެންމި ވާހަކަ އަޑު އިވުނެވެ. މިއީ ހަމަ އިއްތިފާގެއް ކަަމަށް ދެން ޤަބޫލުކުރަމާތޯއެވެ؟ މި ސުވާލުތައް މަނިކުފާނާއި އާއްމުން ކުރާނެއެވެ.

ދެން އޮތީ އަނބުރާ އާއިލާ އަށް ދެވުނު ކަމަށް ބުނެ މަނިކުފާނު ދެއްކެވި ވާހަކައެވެ. އެކަމަކު އިއްޔެ އެ މަޤާމް ތިމާގެ ދަރިފުޅަށް ދެއްވައިގެން އެކަމާއި ހަޖޫޖަހާ ރެއާއި ދުވާލު އެ ދަރިފުޅަށް ފުރައްސާރަ ކުރި އެކްޓިވިސްޓުންނާއި އެއް ސަފެއްގައި ހުންނަވަން މިއަދު ހަމަ މަނިކުފާނަށް އެންމެ ރަނގަޅެވެ. ތިޔަ ވިދާޅުވާ އާއިލާ އަކީ އެއީތޯއެވެ؟ އިއްޔެ ތިޔަ އިސް ސަފުގައި ތިއްބެވި ބޭފުޅުން މަނިކުފާނަކީ ފައިސާ އަށް ވިކޭ މީހެއް ކަމަށް ބުނެ ދެއްކި ވާހަކަތައް ވެސް ހަމަ އޯކޭތޯއެވެ. ތިޔަ އިސް ސަފުގައި ތިއްބެވި ބޭފުޅުން މަޖިލީހުގައި މަނިކުފާނާއި ކުރި ޒުވާބާއި، ދިން ބަހުގެ ހަމަލާތައް ވެސް ނުވާ ކަމަކަށް ހަދަންވީތޯއެވެ؟

މަނިކުފާނު ވިދާޅުވި އެއް ވާހަކަ އެއް ވަރަށް ތެދެވެ. މިއީ މަނިކުފާނަށް އާ ކަމެއް ނޫން ކަމަށް ވިދާޅުވީމެވެ. ތެދެކެވެ. ޑީއާރުޕީ ދެފަޅިވުމާއި އެމްޑީޕީ އަށް ވަޑައިގަތުމާއި އަދި މިހާރު ޕީއެންސީ އަށް ތިވަޑައިގެންނެވި ވަޑައިގެންނެވުމުގައި ފިކުރު ބަދަލުކުރުމުގެ ކަންކަން މަނިކުފާނަށް ފެނުނު މިއީ ފުރިހަމަ ފަހަރެއް ނޫނެވެ. މަނިކުފާނު މި ސަރުކަރާއި، ރައީސް އަދި ގާތްކަމަށް ވިދާޅުވާ އަބްދުއްރަހީމަށް އަމާޒުކޮށް ފާޑުކިޔާފައި ހުރި ހުރިހާ ވާހަކަތައް ދައްކަން ވެއްޖެއްޔާ އެއީ ލައްކަ ދިގު ވާހަކައެވެ. އެހެންވީމަ އެ ވާހަކަ އިހަށް ބާއްވާނަމެވެ.

ބަޖެޓާއި މެދު މަނިކުފާނު މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ދެއްކި ވާހަކަ ހަނދާން ކޮށްދޭނަމެވެ. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ސަރުކާރުން ރައްޔިތުންނާއި ގުޅުން ހުރި މަޝްރޫޢުތައް ލަސް ކުރާ ވަހަކަ އާއި މަޝްރޫޢުތައް މުޅިން ހުއްޓާލާ ވާހަކައެވެ. އެކަމުގެ ސަބަބުން ގައުމުގެ އިގްތިސާދު ފުރޮޅާލާފާނެ ކަމަށް ދެއްވި އިންޒާރު ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. އަދި "ހިއްޗާއި ޅަ އެއްޗެހި" ސިޔާސީ ހަތުރުވެރިކަމުގައި ނޭޅުމަށް އިލްތިމާސް ވެސް ކުރެއްވީމު ނޫންތޯއެވެ. އަދި މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައިގައި އަމަލުކުރާ ގޮތް ކަމު ނުގޮސްގެން އެ ވާހަކަ ވެސް ދެއްކެވީމު ނޫންތޯއެވެ. 49.5 ބިލިއަންގެ ބަޖެޓެއް އޭރު ހުށަހެޅި އިރު ރައްޔިތުންނާއި ގާތުން ކަމެއް ނެތިގެން އެ ޝަކުވާވެސް ކުރެއްވީމު ނޫންތޯއެވެ. އަދި އޭގެފަހުން މިއަދަށް ގާތްގަނޑަކަށް 10 ދުވަހެވެ.

މިއީ އެންމެ ސްޕީޗެއްގެ ވާހަކައެވެ. އެންމެ ވާހަކަކޮޅެއްގެ ވާހަކައެވެ. އަދި މިއަށް ވުރެ މާ ހަރުކަށިކޮށް، މާ ފާޑުކިޔުން ބޮޑުކޮށް މަނިކުފާނުގެ ރާގު ބެހެއްޓެވީމުއެވެ. އެހެންވީމަ މިއަދު ކުއްލިއަކަށް އެނބުރި، ކޮޅު ބަދަލުކުރައްވާ އާއިލާ ބަދަލުކުރެއްވި ވާހަކަ ވިދާޅުވުމުން އާއްމުން ސުވާލު ނުކޮށެއް ނުތިބޭނެތާއެވެ. އެއީ ކުއްލިއަކަށް ޕާޓީ ބަދަލުކުރުމުން މަނިކުފާނު ވެސް އެކަމާއި ލައްކަ ސުވާލު އުފައްދަވަމު، ނޫންތޯއެވެ؟ ސުވާލަކީ މިއީ ސިޔާސީ ވާދަވެރިކަމުގައި މަނިކުފާނު ވިދާޅުވާ ފަދައިން "ހިއްޗާއި ޅަ އެއްޗެހި" އެޅުން ފަދަ ކަމަކަށް ނުވާނެތޯއެވެ؟

މަރަދޫ ދާއިރާގެ މެންބަރު، އިބްރާހީމް ޝަރީފް

ކޮމެންޓް

އިތުރަށް ކިޔާލަން

މެމްބަރު ޝަރީފް އެމްޑީޕީން ވަކިވެވަޑައިގެންފި

މެމްބަރު ޝަރީފް އެމްޑީޕީން ވަކިވެވަޑައިގެންފި

25 ޑިސެމްބަރު 2023
މެމްބަރު ޝަރީފް ސިޔާސީ މަސައްކަތާއި އެއްކޮށް ދުރަށް

މެމްބަރު ޝަރީފް ސިޔާސީ މަސައްކަތާއި އެއްކޮށް ދުރަށް

25 ޑިސެމްބަރު 2023
ޖޭއެސްސީ އެންމެ ބޮޑަށް ސިޔާސީ ވަނީ މަޖިލީހުގެ ރައީސް އެތާ ހުންނަވާތީ - ޝަރީފް

ޖޭއެސްސީ އެންމެ ބޮޑަށް ސިޔާސީ ވަނީ މަޖިލީހުގެ ރައީސް އެތާ ހުންނަވާތީ - ޝަރީފް

11 އޮކްޓޯބަރު 2023
ޝަރީފަށް ހަމަލާދިން މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި

ޝަރީފަށް ހަމަލާދިން މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި

03 އޮކްޓޯބަރު 2023
ދައުރުގެ މެދުތެރެއިން ނަޝީދަށް ބޮޑުވަޒީރުކަން ދޭނެ ފޯމިއުލާއަކަށް ޤާސިމް އެއްބަހެއްނުވާނެ: ޝަރީފް

ދައުރުގެ މެދުތެރެއިން ނަޝީދަށް ބޮޑުވަޒީރުކަން ދޭނެ ފޯމިއުލާއަކަށް ޤާސިމް އެއްބަހެއްނުވާނެ: ޝަރީފް

09 އެޕްރީލު 2023

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު