Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޝަރީފް ސިޔާސީ މައިދާނާއި ދުރަށް

މެމްބަރު ޝަރީފް ސިޔާސީ މަސައްކަތާއި އެއްކޮށް ދުރަށް

ސަރުކާރުތައް ޖަވާބުދާރީކުރުމުގައި ވެސް ގިނަ މަސައްކަތްތަކެއް ޝަރީފް ކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2023 | ހޯމަ 13:54
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ސިޔާސީ މަސައްކަތާއި އެއްކޮށް ދުރަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ

އެފަދަ ނިންމެވުމެއް ނިންމެވިކަން އޭނާ ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ހިއްސާކުރައްވާފައެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ގުޅާލުމުން ޝަރީފް ވަނީ އޭނާ ސިޔާސީ ދާއިރާ ދޫކޮށްލަން ނިންމަވާފައިވާ ކަަމަށް ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ ސިޔާސީ މައިދާއނުގައި އިތުރަށް މަސައްކަތް ކުރުމުގެ ޝައުގެއް މިވަގުތު އޭނާގެ ނެތް ކަމަށެވެ. އަދި އެތައް ދުވަހަކު މަސައްކަތް ކުރެވުނު އިރު ވެސް ރަނގަޅު މަސައްކަތްތަކެއް ކުރެވުނުކަމަށް ބަލައިނުގަންނަކަމުގެ ކަންބޮޑުވުން އޭނާ ހިއްސާކުރެއްވިއެވެ. ޝަރީފް ވަނީ ސިޔާސީ ދާއިރާ ދޫކޮށްލައްވާ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ވެސް ވާދަ ނުކުރައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އޭނާ ދެން ފެނިގެންދާނީ ކޮން ދާއިރާއަކުންކަން އަދި ކުރައްވާނީ ކޮން މަސައްކަތެއްކަން ހާމައެއް ނުކުރައްވައެވެ. އަދި ޕާޓީވެސް ދޫކޮށްލައްވާނީތޯ ނުވަތަ ނޫންތޯ އަދި ސާފުކޮށް ދަންނަވަން ނޭނގޭކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް އަކީ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާފައިވާ އެއް ބޭފުޅާއެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް ގިނަ އަހަރު ތަކެއް ވަންދެން މަސައްކަތްކުރައްވާފައެވެ. އެގޮތުން ވިއްސަކަށް އަހަރު ދުވަހު މަޖިލީހުގައި ޝަރީފް ވަނީ ޚިދުމަތްކުރައްވާފައެވެ. އަދި ޚާއްސަ މަޖިލީހުގައި ވެސް ޚިދުމަތްކުރައްވާފައިވާ ޝަރީފަކީ ފެހި ޤާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތުގައި ވެސް ޝާމިލްވެވަޑައިގެންނެވި ބޭފުޅެކެވެ. ޝަރީފަކީ މަޖިލީހުގެ ކޮމިޓީތަކުގައި އާއި މަޖިލީހުގެ ތަޅުމުގައި ބިލްތަކަށް ވާހަކަދެއްކެވުމާއި، ސަރުކާރުތައް ޖަވާބުދާރީކުރުމުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

މަރަދޫ ދާއިރާގެ މެންބަރު، އިބްރާހީމް ޝަރީފް

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޓަޔަރކުރިކަމަށް ބުނި ވާހަކަ ކެންސަލް - 45 ގަޑި އިރަށް ފަހު ރާގާއި ފިކުރު ފުރޮޅިއްޖެ!!

ރިޓަޔަރކުރިކަމަށް ބުނި ވާހަކަ ކެންސަލް - 45 ގަޑި އިރަށް ފަހު ރާގާއި ފިކުރު ފުރޮޅިއްޖެ!!

30 ޑިސެމްބަރު 2023
މެމްބަރު ޝަރީފް އެމްޑީޕީން ވަކިވެވަޑައިގެންފި

މެމްބަރު ޝަރީފް އެމްޑީޕީން ވަކިވެވަޑައިގެންފި

25 ޑިސެމްބަރު 2023
ޖޭއެސްސީ އެންމެ ބޮޑަށް ސިޔާސީ ވަނީ މަޖިލީހުގެ ރައީސް އެތާ ހުންނަވާތީ - ޝަރީފް

ޖޭއެސްސީ އެންމެ ބޮޑަށް ސިޔާސީ ވަނީ މަޖިލީހުގެ ރައީސް އެތާ ހުންނަވާތީ - ޝަރީފް

11 އޮކްޓޯބަރު 2023
ޝަރީފަށް ހަމަލާދިން މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި

ޝަރީފަށް ހަމަލާދިން މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި

03 އޮކްޓޯބަރު 2023
ދައުރުގެ މެދުތެރެއިން ނަޝީދަށް ބޮޑުވަޒީރުކަން ދޭނެ ފޯމިއުލާއަކަށް ޤާސިމް އެއްބަހެއްނުވާނެ: ޝަރީފް

ދައުރުގެ މެދުތެރެއިން ނަޝީދަށް ބޮޑުވަޒީރުކަން ދޭނެ ފޯމިއުލާއަކަށް ޤާސިމް އެއްބަހެއްނުވާނެ: ޝަރީފް

09 އެޕްރީލު 2023

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު