Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖޭއެސްސީ އިސްލާހުކުރުން

ޖޭއެސްސީ އެންމެ ބޮޑަށް ސިޔާސީ ވަނީ މަޖިލީހުގެ ރައީސް އެތާ ހުންނަވާތީ - ޝަރީފް

ސިވިލް ސަރވިސްއާއި މަޖިލީހުގެ މެންބަރަކު ހުރުމަކީ ވެސް ޖޭއެސްސީ ސިޔާސީވާ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2023 | ބުދަ 12:27
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެންމެ ބޮޑަށް ސިޔާސީ ވަނީ މަޖިލީހުގެ ރައީސް އެތާ ހުންނަވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅުދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ވަދެފައި އޮންނަ ވާހަކަ ފާއިތުވި 5 އަހަރު ދެކެވުނު ކަމަށާއި، ސިޔާސީ ނުފޫޒުގެ އެންމެ ބޮޑު މައި ނާރެހަކީ މަޖިލީހުގެ ރައީސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އިންނެވުން ކަމަށެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ އޭގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ޖޭއެސްސީގައި ހުންނެވުމަކީ ވެސް އެތަން ސިޔާސީ ވާކަމެއްކަމަށެވެ.

މަޖިލީހުގެ ރައީސާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ރައީސުލްޖުމްހުރިއްޔާ އައްޔަންކުރައްވާ މެންބަރު ޖޭއެސްސީގައި ނުހިމަނަން އިސްލާހެއް ވަނީ ހުށަހަޅާފައެވެ.

މި ބިލުން އިސްލާހު ގެނެވެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 7 ވަނަ ބާބުގެ 158 ވަނަ މާއްދާ ކަމުގައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާގޮތަށެވެ. މި އިސްލާހުގައި 3 ހައިސިއްޔަތަކުން އެކޮމިޝަނުގައި ހިމެނިފައިވާ ބޭފުޅުން އުނިކުރުމަށް ވަނީ ހިމަނާފައެވެ.

އެގޮތުން 158 ވަނަ މާއްދާގެ (ހ) ހިމެނިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނިވަޑައި ނުގަންނަވާ ގޮތަށް އިސްލާހު ހުށަހެޅިފައިވެއެވެ. އަދި 158 ވަނަ މާއްދާގެ (ކ) ގައި ހިމެނިފައިވާ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވެސް އިންނަވާ ކަމަށާއި، އިސްލާހުގައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޖޭއެސްސީގައި ނުހިމެނޭ ގޮތަށް އިސްލާހު ހުށަހަޅާފައިވެއެވެ.

158 ވަނަ މާއްދާގެ (އ) ގައި ހިމެނިފައިވާ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރުވެސް ނުހިމެނޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުންޖޭއެސްސީރައްޔިތުންގެ މަޖިލިސްމަރަދޫ ދާއިރާގެ މެންބަރު، އިބްރާހީމް ޝަރީފް

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

24 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު