Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގެ ޖަލްސާ

ޝަރީފްގެ ހޫނު ބަހުގެ ހަމަލާތަކެއް ސައީދަށް: "ގައުމާމެދު ތި ވަރަށް ހަސަދަވެރިވާކަށް ނުވާނެ"

ސައީދު ވަނީ ތިލަފުށީގެ ބިން އެކަށީގެން ނުވާ ވަރަށް ހެޔޮ އަގުގައި ވިއްކަމުންދާ ކަމަށް ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2023 | ބުދަ 06:56
މެމްބަރު ސައީދު އާއި ޝަރީފް

މެމްބަރު ސައީދު އާއި ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށް ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.

ޝަރީފް މި މޭރުމުން ވާހަކަދައްކަވާފައި ވަނީ މަޖިލީހުގެ ބުދަ ދުވަހުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުންނެވެ. މެންބަރު ސައީދު ވަނީ ތިލަފުށީގެ ބިން އެކަށީގެން ނުވާ ވަރަށް ހެޔޮ އަގުގައި ވިއްކަމުންދާ ކަމަށާއި އެކަން ކުރަނީ ބައެއް ވަޒީރުންގެ ބައިވެރުމާއި އެކުގައި ކަމަށް ތުހުމަތުކުރައްވާފައެވެ. މީގެ އިތުރުން ސައީދު ވަނީ ތިލަފުށިން ބިން ވިއްކަމުން ދަނީ އިންޑިއާގެ ކުންފުނިތަކަށް ކަމަށާއި މުޅި ރާއްޖެ ވިއްކަމުންދާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިންޑިއާގައި ބިމާއި ގުޅޭ ކޮރަޕްޝަންތައް ހިނގާ ފަދައިން ރާއްޖޭގައި ވެސް އެކަންކަން ކުރަން އުޅޭކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ރާއްޖެއިން އެތައް ފަޅަކާއި ބިމެއް ވިއްކާލާފައިވާ ކަމަށް ތުހުމަތުކުރައްވާ އެކަމަށް ސައީދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެ ވާހަކަތަކަށް ރައްދުދެއްވާ ޝަރީފް ވިދާޅުވި ސައީދުގެ އެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ރާއްޖޭގެ ވަޒީރުކަން ކުރެއްވި ބޭފުޅަކު އެފަދަ ހަގީގަތެއް ނެތް ވާހަކަތަކެއް ދެއްކުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ. 99 އަހަރަށް ރިސޯޓް ކުއްޔަށް ދޭ ގޮތަށް ޤާނޫނަށް ބަދަލު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ކަމަށާއި އެމްއެމްޕީއާރުސީގެ ދަށުން އެ ސަރުކާރުން ގިނަ ފަޅުތަކަކާއި ރަށްތައް ވިއްކާލާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. މިހާރު އެ ބޭފުޅުން ދައްކަމުން ދަނީ ރާއްޖޭގައި އޮތް މިނިވަން ވިޔަފާރި އަށް ހުރަސް އަޅާ ވާހަކަ އާއި ގައުމު ސުންނާފަތި ކުރުމާއި އިންވެސްޓަރުންނަށް މަރުޚަބާ ނުކިޔުމުގެ ވާހަކަ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވަނީ ސައީދުގެ ގާބިލްކަމާމެދު ސުވާލު އުފައްދަވާ އޭނާ އަށް ރައްދުދެއްވާފައެވެ.

ރާއްޖޭގެ ބިންތައް ވިއްކާލަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް އެއީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ރާއްޖެއިން ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އެއްވެސް ބިމެއް ދޫކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ތަކުރާރުކޮށް ދީފައެވެ.

މުހައްމަދު ސައީދު، މާވަށު ދާއިރާ މެމްބަރުމަރަދޫ ދާއިރާގެ މެންބަރު، އިބްރާހީމް ޝަރީފްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވޯޓަރ ބަންކަރިންނަށް ހެދި އުޅަނދު ތިލަފުށީ ފަޅުތެރޭގައި އޮވެ ހަލާކުވަނީ

ވޯޓަރ ބަންކަރިންނަށް ހެދި އުޅަނދު ތިލަފުށީ ފަޅުތެރޭގައި އޮވެ ހަލާކުވަނީ

03 ފެބުރުއަރީ 2025
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު