Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީހުގެ މެމްބަރުން

މަޖިލީހަށް ވަދެ ބައެއް ވިޔަފާރިވެރިން ސަރުކާރަށް ފާޑުކިޔަނީ ނާޖާއިޒް ފައިދާ ނުލިބިގެން: ޝަރީފް

ސިޔާސީ ގޮތުން ނުރުހޭތީ ނުވަތަ ސިޔާސީ ބަރުދަނެއް ނެތުމުން ސަރުކާރަށް ފާޑުކިޔާ: ޝަރީފް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ސެޕްޓެމްބަރު 2022 | ބުދަ 07:49
މެމްބަރު ޝަރީފް

މެމްބަރު ޝަރީފް

މަޖިލީހަށް ވަދެ ބައެއް ވިޔަފާރިވެރިން ސަރުކާރަށް ފާޑުކިޔަނީ ނާޖާއިޒް ފައިދާ ނުލިބިގެންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ބައެއް މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ޝަރީފް އެހެން ވިދާޅުވި ނަމަވެސް ވަކި މެމްބަރެއްގެ ނަން ޝަރީފް ފާހަގަކުރައްވާފައެއް ނުވެއެވެ. ސިޔާސީ ގޮތުން ނުރުހޭތީ ނުވަތަ ސިޔާސީ ބަރުދަނެއް ނެތުމުން ސަރުކާރަށް ފާޑުކިޔަމުންދާ މަންޒަރު މިހާރު މަޖިލީހުން އާއްމުކޮށް ފެންނަމުންދާ ކަމަށް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. އެއިރެއްގައި އޮންނަ ސަރުކާރުގެ ބާރުގައި ސަރުކާރުގެ އެހީތެރިކަމާއި އެކު ރާއްޖޭގެ ފަޅުތަކާއި، ރަށްތަކާއި، ރިސޯޓްތައް ވިއްކައިގެން މުއްސަނދިވެފައި ތިބި ވިޔަފާރިވެރިން މަޖިލީހުގައި އެބަ ތިބި ކަމަށް ޝަރީފް ވިދާޅުވިއެވެ. އެފަދަ މެމްބަރުން މަސައްކަތްކުރަނީ އަނެއްކާވެސް ސަރުކާރަށް ފާޑުކިޔައިގެން ސަރުކާރު މެދުވެރިކޮށް އަމިއްލަ ފައިދާތަކެއް ހޯދަން ކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަޖިލީހުގައި މިފަދަ މޭރުމަކުން ޝަރީފް ވާހަކަދައްކަވާފައި ވާއިރު މަޖިލީހުގައި އެކި ދާއިރާތަކުން ވިޔަފާރިތައް ހިންގާ މެމްބަރުން އެބަ ތިއްބެވިއެވެ. އޭގެ ތެރޭގައި ރިސޯޓް ދާއިރާގެ ވިޔަފާރީގައި ހިއްސާވާ މެމްބަރުންގެ އަދަދު ނިސްބަތުން ގިނަކަން ފާހަގަކޮށްލެވެއެވެ.

މަރަދޫ ދާއިރާގެ މެންބަރު، އިބްރާހީމް ޝަރީފްމަޖިލިސް

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2025

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު
16 ފެބުރުއަރީ 2025

ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

16 ފެބުރުއަރީ 2025
ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ
13 މެއި 2024

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި

13 މެއި 2024
މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި
07 މެއި 2024

"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް

07 މެއި 2024
"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް
19 މާރިޗު 2024

މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށާއި، މެންބަރުން އިންތިހާބު ކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް

19 މާރިޗު 2024
މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށާއި، މެންބަރުން އިންތިހާބު ކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު