ކ. މާލެ
|
30 ޑިސެންބަރ 2023 | ހޮނިހިރު 08:27
އިސްރާއިލް ސިފައިން
އިސްރާއިލް ސިފައިން
ފަލަސްތީން - އިސްރާއީލް ހަނގުރާމަ
އިސްރާއީލުން ހަމަލާދިނުމުން ޒަހަމްވެ، ހާލުދެރަވި ކުޑަ ކުއްޖަކު ހައްޔަރުކޮށްފި
 
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިސްރާއީލް ސިފައިން ވަނީ އެ ކުއްޖާގެ މެޔަށް އަމާޒުކޮށް ބަޑި ޖަހާފަ
 
ހައްޔަރުކޮށްފައިވާ ކުއްޖާ އަކީ 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް

އިސްރާއީލުން ހަމަލާދިނުމުން ޒަހަމްވެ، ހާލުދެރަވި ކުޑަ ކުއްޖަކު އިސްރާއިލް ސިފައިން ހައްޔަރުކޮށްފިއެވެ.

އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން އެ ކުޑަ ކުއްޖާ ހައްޔަރުކޮށްފައި ވަނީ ހުޅަނގު އައްސޭރިންނެވެ. ހައްޔަރުކޮށްފައިވާ ކުއްޖާ އަކީ 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިސްރާއީލް ސިފައިން ވަނީ އެ ކުއްޖާގެ މެޔަށް އަމާޒުކޮށް ބަޑި ޖަހާފައެވެ. އަދި އޭނާ ހައްޔަރުކުރި އިރު އޭނާގެ ހާލު ނާޒުކު ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާ އާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހައްޔަރު ކުރި ކުޑަކުއްޖާ އަކީ ހަމްޒާ މުހްސިން ޝެރިމްއެވެ. އޭނާ ހައްޔަރުކުރީ އެމްބިއުލާންސްގައި އޭނާ ގެންދަނިކޮށެވެ. އެއީ އޭނާ އަށް އިސްރާއީލް ސިފައިން ހަމަލާދިނުމުން ލިބުނު ޒަހަމްތަކަށް ފަރުވާދިނުމަށް އޭނާ ޤަލްޤިލްޔާ ހޮސްޕިޓަލުން ނަބްލުސް އަށް އޭނާ ގެންދިއުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭނާ ހައްޔަރު ކުރީ ޗެކްޕޮއިންޓެއްގައި އެމްބިއުލާންސް ހުއްޓުވުމަށް ފަހުގައެވެ.

ވަފާ ނިއުސް އެޖެންސީން ވަނީ ޤަލްޤިލްޔާ ހޮސްޕިޓަލް ކައިރީގައި އިސްރާއިލް ސިފައިން ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ. އަދި އެ ހޮސްޕިޓަލްގެ ދޮރާށި ކައިރީގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 2 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި އެ ދެ މީހުންނަކީ ވެސް އާއްމު މީހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
100%
0%
0%
ކޮމެންޓް