Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޝަހީބުގެ ޖަވާބު؛ މަށެން ނޫން، އޭނާ ގާތު އަހާ!

ޝަހީބުގެ ނޫސްވެރިންގެ ބައްދަލުވުމަކީ ސަރުކާރަށް ލިބޭ ލުޔަކަށްވުރެ ބޮޑަށް، އިތުރު ބޮލުގެ ރިހުމަކަށް ވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2023 | ހޮނިހިރު 10:35
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އިސް ތަރުޖަމާނު، މުޙައްމަދު ޝަހީބު

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އިސް ތަރުޖަމާނު، މުޙައްމަދު ޝަހީބު

އައު ސަރުކާރަށް ގިނަ ދުވަސްތަކެއް ވެގެން ދިޔައިރުވެސް، ސަރުކާރުގެ ތަރުޖަމާނަކު ހަމަޖެއްސުން ލަސްވެގެން ގިނަ ބައެއްގެ ނުރުހުން އަމާޒުވީއިރު، އެތައް ބަޔަކު ވަނީ އެކަމަށް ފާޑުވެސް ކިޔާފައެވެ. ދުވަސް ގަނޑެއް ފަހުން، އެންމެ ފަހުން ސަރުކާރުން ވަނީ ތަރުޖަމާނަކުވެސް ހަމަޖައްސާފައެވެ. ނޫސްވެރިންނަށް އަދި އާންމު ރައްޔިތުންނަށްވެސް އައު ނަމެއް ނޫނެވެ. އައު މޫނެއްވެސް ނޫނެވެ. ދެކެފަރިތަ، އަދި އެހާމެ ދަންނަ މޫނެކެވެ. ޗީފް ސްޕޯކްސްޕަރސަންގެ މަގާމަށް ހަމަޖެއްސީ، ކުރީގެ ނޫސްވެރިޔާ މުޙައްމަދު ޝަހީބެވެ.

ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް ޝަހީބު ހަމަޖެއްސުމުންވެސް އާންމުންގެ ފާޑުކިޔުން އަމާޒުވިއެވެ. މީގެ ކުރިން ނޫސްވެރިންނާއި އަދި މީޑިއާތަކާމެދު އޭނާ ކަންތައް ކުރައްވާފައި ވާގޮތުންނެވެ. މީގެ ކުރިން ޝަހީބު ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސްކަން ކުރައްވާފައެވެ. އެ މަގާމުގައި ހުންނަވައިގެން ޝަހީބު ވަނީ އޭރު އޮތް ސަރުކާރަށް ފާޑު ކިޔަމުން އައި މީޑިއާތަކަށް ފިޔަވަޅުއަޅުއްވާފައެވެ. މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެއްވިއިރު، މީޑިއާތައް ބަންދުކޮށް، ނޫސްވެރިންގެ އަޑު ކަނޑުވާލުމަށް ޝަހީބު ވަނީ މަސައްކަތް ކުރައްވާފައެވެ. އެފަދަ ތާރީޚެއް އޮތް ބޭފުޅަކު، ސަރުކާރުގެ ތަރުޖަމަނާކަށް ހަމަޖެއްސެވުމުން، ފާޑުނުކިޔަންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ. އާދައިގެ ބަހުރުވައިން ދަންނަވާނަމަ، އެއީ ސަރުކާރުން ނޫސްވެރިންގެ މޫނުމަތީގައި ޖެހި ތަފާލެކެވެ!

މަގާމަށް ހަވާލުވެ ވަޑައިގެންފަހުން، ޝަހީބު އަންނަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ. ހަފުތާއަކު އެއްފަހަރު ސަރުކާރުން ބާއްވާ އެ ނޫސްވެރިންގެ ބައްދަލުވުމަށް، ނޫސްވެރިން ދަނީ ގިނަ ސުވާލުތަކާ އެކުއެވެ. ޚާއްސަކޮށް ސަރުކާރުގެ ވައުދުތަކާއި، ސިޔާސަތުތަކާ ގުޅޭ ސުވާލުތައް ހިފަައިގެންނެވެ. ބައެއްފަހަރު ހަވާސާގެ ބޭރުން ސަރުކާރުން ކުރައްވާ ކަންކަމާ ގުޅިގެން، ނޫސްވެރިން ސުވާލުވެސް ކުރެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާކަން އަންގައި ސަރުކާރުން ފޮނުވާ މެސެޖުގައި ދާދިވފަހުން އަދި މާ ފައްކާ ކަމެއް ކޮށްފައި އެބައޮތެވެ. ނޫސްވެރިން ކުރަން ބޭނުންވާ ސުވާލުތަކުގެ ދާއިރާތައް، ވަކި ވަގުތެއްގެ ކުރިން އަންގަވައިދެއްވުމަށް އެދެއެވެ. ނޫސްވެރިން އެ ދާއިރާތައް އަންގައެވެ. އެހެންކަމަށް ވެއްޖިއްޔާ، ތަންކޮޅެއް ހަރުދަނާ ނުވަތަ ތާކުންތާކުޖެހޭ ޖަވާބެއްވެސް ލިބެންވާނެތާއެވެ!

ޝަހީބުގެ ނޫސްވެރިންގެ ބައްދަލުވުމަކީ، ސަރުކާރަށް ލިބޭ ލުޔަކަށްވުރެ ބޮޑަށް. އިތުރު ބޮލުގެ ރިހުމަކަށް ވާނެކަން ކަށަވަރެވެ. އެއީ ޝަހީބު ދެއްވާ ޖަވާބުތަކުންނެވެ. މިސާލެއް ދަންނަވާނަމެވެ. ދާދި ފަހުން، ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ބުލޮކުކޮށްފައިވަނީ، އެއީ ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނަށް ނުވާތީ ކަމަށް ބުނެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ޝަހީބު ވިދާޅުވީ، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވޯރކްސް، އާދަމް ޝަރީފް އުމަރާ އެކަމާގުޅޭ ސުވާލު ކުރެއްވުމަށެވެ. އެއްގޮތަކަށްވެސް އެކަން ކުރެއްވީ، ކޮން ވުޒާރާއެއް ނުވަތަ އިދާރާއަކުން އަންގަވައިގެން ކަމެއް، ޝަހީބަށް އެނގިވަޑައެއްނުގަންނަވައެވެ. ޝަހީބުގެ ހަަމައެކަނި ޖަވާބަކީ، "އެކަން ކުރީ ރައީސް އޮފީހުން އަންގައިގެނެއް ނޫން" މިއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ބެލެނިވެރި ފަރާތަކީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވޯރކްސް ކަމަށްވާއިރު، އެ މިނިސްޓްރީގެ މިނިސްޓަރަށް އެ ސުވާލު ދެންނެވުމުން ވިދާޅުވީ، "ނޮޓް މީ" ނުވަތަ "އަހަރެންނެއް ނޫން" މިހެންނެވެ. ދެންވެސް އެ ބައްދަލުވުމުގެ އިތުރުން، މީގެ ކުރިން ޝަހީބު ބާއްވަވާފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް، ގިނަ ސުވާލުތަކަށް ޝަހީބަށް ޖަވާބު ދެއްވިފައެއް ނުވެއެވެ. އަބަދުވެސް، ކޮންމެވެސް އެހެން ފަރާތެއްގެ ގާތު އެހުމަށް ޝަހީބު އެދިވަޑައިގަންނަަވައެވެ. ގައިމު ސަރުކާރުގެ ތަރުޖަމާނަށް މިކަންކަން ސާފުވެވަޑައިގެންފައި ނެތުމަކީވެސް މައްސަލައެއްތާއެވެ!

އިންޑިއާ ސިފައިންގެ މައްސަލައިގައި ސުވާލު ދެންނެވުމުންވެސް ޝަހީބު ދެއްވަނީ ހަމަ އެފަދަ ޖަވާބެކެވެ. ވިދާޅުވީ އަދިވެސް އަދަދު ކަށަވަރުނުވާ ކަމަށެވެ. "ޕްލަސްއެއް ނުވަތަ މައިނަަސްއެއް" އަތުވެދާނެ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ. އަދަދުގެ ކަންތަކާއި އަދި އެ މައްސަލައިގެ ކަންކަން، މިނިސްޓްރީ އޮފް ޑިފެންސްގައި އެހުމަށްވެސް ޝަހީބު ވަނީ އެދިވަޑައިގެންފައެވެ. ހަމަ އަޖައިބުވެއްޖެއެވެ. އެހެނީ، ނޫސްވެރިންގެ ބައްދަލުވުން އޮންނަ ދުވަހުގެ އެއް ދުވަސް ކުރިން ސުވާލުގެ ދާއިރާތައް ފޮނުވަން އެދިގެން، ނޫސްވެރިން އެ ދާއިރާތައް ވެސް ފޮނުވައެވެ. އެހެންކަމުން، ދުރާލައި ޝަހީބަށް ތައްޔާރުވެސް ވެވަޑައިގެންނެވެން ވާނެތާއެވެ. ކޮންމެވެސް ވަރަކަށް "ހޯމް ވޯރކް" ހައްދަވައިގެން ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގަންނަވާ ނަމަތާއެވެ!

ޝަހީބުގެ ޖަވާބުތަކުން އަމިއްލަ ޚިޔާލެއްވެސް ހިއްސާކޮށްލެއްވިދާނެއެވެ. ކީއްކުރާ ތަރުޖަމާނެއްތޯއެވެ؟ ޝަހީބުގެ ޖަވާބަކީ، ކޮންމެވެސް އެހެން ތަނެއްގައި އެހުމަށެވެ. އެހެންވީއިރު، މިއީ ކީއްކުރާ ތަރުޖަމާނެއްތޯއެވެ؟ ސަރުކާރުން ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށް މުޅި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ގެންދަވަންވީ ނޫންތޯއެވެ؟ ގައިމު އޭރުން، ސީދާ އެ ވަޒީރަކާ ސުވާލު އަމާޒުކުރެވޭނެއެވެ. މިހާރަށްވުރެ، ތަންކޮޅެއް ސާފު ޖަވާބެއްވެސް ލިބިދާނެއެވެ! އަޖައިބެކެވެ. ތަރުޖަމާނަށް އެނގިވަޑައިގަންނަވާ ހަމަ އެއްކަމެއްވެސް އޮތީއެއް ނޫނެވެ.

ރައީސް އޮފީސްރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންރައީސް އޮފީހުގައި ސަރުކާރުގެ އިސް ތަރުޖަމާނު، މުޙައްމަދު ޝަހީބް

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

03 މެއި 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

30 ޖެނުއަރީ 2025
ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

23 ޑިސެމްބަރު 2024
އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''

އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''

30 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު