Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ މަގާމުތައް

ފީއަލީ ޔޫތު އެސޯސިއޭޓަކަަށް އައްޔަންކޮށްފައިވާ މީހާ ނިކުންނާނެ އޮފީހެއް ނެތް، މަސައްކަތެއް ނުކޮށް މުސާރަ ނަގާތާ ހަތަރު މަސް

އެ މަޤާމަށް އޭނާ އައްޔަން ކޮށްފައި ވަނީ މިއަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ޖުލައި 2024 | އާދީއްތަ 12:12
ފީއަލީގެ ޔޫތު އެސޯސިއޭޓް މުޙައްމަދު އާމިރު

ފީއަލީގެ ޔޫތު އެސޯސިއޭޓް މުޙައްމަދު އާމިރު

ފ.ފީއައްޔަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ޔޫތު އެސޯސިއޭޓް މަސައްކަތް ކުރާނެ އޮފީހެއް ނެތްއިރު، މަސައްކަތެއް ނުކޮށް މުސާރަ ނަގާތާ ހަތަރު މަސް ދުވަސް ވެއްޖެ އެވެ.

ފީއަލީ ޔޫތު އެސޯސިއޭޓްގެ މަޤާމަށް އައްޔަންކޮށްފައި ވަނީ އެ ރަށު ބްލޫނިއާގޭ މުޙައްމަދު އާމިރު އެވެ. އެ މަޤާމަށް އޭނާ އައްޔަން ކޮށްފައި ވަނީ މިއަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ. އެއީ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށެވެ.

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފް ސޮއި ކުރައްވައި، ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން އެ ވަޒީފާގެ މުސާރަ އަކީ 13،000 ރުފިޔާ އެވެ. އެއީ މަޤާމުގެ މަހު މުސާރައިގެ ގޮތުގައި ލިބޭ 8000 ރުފިޔާގެ އިތުރުން، ލިވިން އެލަވަންސްގެ ގޮތުގައި ލިބޭ 5000 ރުފިޔާ އެވެ.

އެ މަޤާމަށް އޭނާ އައްޔަންކޮށްފައިވާއިރު، ފީއަލީގައި ޒުވާނުންގެ މަރުކަޒެއް ނުހުރެ އެވެ. އެހެންކަމުން ހަތަރު މަސް ދުވަސްވީއިރު، އޭނާ ވަޒީފާ އަދާ ކުރުމަށް ނިކުންނާނެ އެއްވެސް އޮފީހެއް ނުވަތަ އިދާރާއެއް ނެތެވެ. ނަމަވެސް، ބަރާބަރަށް މަހު މުސާރަ ނަންގަވާކަން ވަނީ އެނގިފަ އެވެ.

ދައުލަތުގެ ޚަރަދުތައް އިންތިހާ އަށް ބޮޑުވެފައިވާއިރު، ސިޔާސީ މަޤާމުތަކަށް މުސާރަ ދިނުމަަށް ކުރާ ހޭދަ ބޮޑެވެ. މީގެ އިތުރުން ސަސްޕެންޑު ކޮށްފައި ތިބި ޑެޕިއުޓީ މިނިސްޓަރުންނަށް ވެސް ދައުލަތުން ދަނީ ބަރާބަރަށް މުސާރަ ދެމުންނެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާރައީސް އޮފީސްފ.ފީއަލި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ކުރީ ސަރުކާރުން އަޅަން ފެށި ފީއަލީގެ މެޖިސްޓްރޭޓް ކޯޓު، ވެރިކަން ބަދަލުވުމުން ހުއްޓުނު ގޮތަށް ވީރާނާވެ ދަނީ

13 ޑިސެމްބަރު 2025
ކުރީ ސަރުކާރުން އަޅަން ފެށި ފީއަލީގެ މެޖިސްޓްރޭޓް ކޯޓު، ވެރިކަން ބަދަލުވުމުން ހުއްޓުނު ގޮތަށް ވީރާނާވެ ދަނީ
11 ޑިސެމްބަރު 2025

ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ

11 ޑިސެމްބަރު 2025
ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ
11 ޑިސެމްބަރު 2025

ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް

11 ޑިސެމްބަރު 2025
ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި
10 ޑިސެމްބަރު 2025

ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި

10 ޑިސެމްބަރު 2025
ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު