Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާދަމް އާޒިމް

ވިލިމާލެއަކީ ރައްޔިތުންނަށް ހިތްފަސޭހަ، ވަސީލަތްތައް ފުރިހަމަ ތަނެއްގެ ގޮތުގައި ތަރައްގީކުރާނަން: އާޒިމް

އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި މުނިސިޕަލް ޚިދުމަތްތައް ފުރިހަމަވި ކަމަށް ޤަބޫލުކުރައްވާނީ، ވިލިމާލެ ބާކީނުކޮށް އެތަނުގައިވެސް ރަނގަޅު ވަސީލަތްތައް ތަރައްޤީކުރެވި ޚިދުމަތް ފޯރުކޮށްދެވިގެން ކަމަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2023 | ހުކުރު 01:01
މާލެ ސިޓީ ކައުންސިލް ބައި-އިލެކްޝަން 2024ގެ އެމް.ޑީ.ޕީ ފެހި ތަނަވަސް މާލެ މެނިފެސްޓޯ ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާލެ ސިޓީ ކައުންސިލް ބައި-އިލެކްޝަން 2024ގެ އެމް.ޑީ.ޕީ ފެހި ތަނަވަސް މާލެ މެނިފެސްޓޯ ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ވިލިމާލެ އަކީ ވަރަށް ބޮޑަށް އިހުމާލުވެ، އަޅައިނުލާ ދޫކޮށްފައިވާ ތަނެއް ކަމަށާއި، އެރަށަކީ ވަސީލަތް ތަރައްޤީކޮށް މީހުން ޝައުގުވެރިވާ ހިތްފަސޭހަ ތަނެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށް އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުގައި ރަނގަޅު ކުރަންހުރި މުނިސިޕަލް ޚިދުމަތްތައް ފުރިހަމަވި ކަމަށް ޤަބޫލުކުރައްވާނީ، ވިލިމާލެ ބާކީނުކޮށް އެތަނުގައިވެސް އެކަށީގެންވާ ރަނގަޅު ވަސީލަތްތައް ތަރައްޤީކުރެވި ޚިދުމަތް ފޯރުކޮށްދީގެންކަމަށެވެ.

އެގޮތުންވިލިމާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ވިލިމާލޭގެ ރައްޔިތުންނަށް ދަތިވާހެން، ސިއްހީގޮތުންވެސް ގެއްލުންވާނެ ފަދަ ގޮތަކަށް ފައިބަރުގެ މަސައްކަތްކުރަމުން ދިޔުން ކަމުގައި ފާހަގަ ކުރައްވަމުން އާޒިމް ވިދާޅުވީ މީހުން ދިރިއުޅޭ ތަންތަނާ ކައިރީގައި ކުރެވޭ އެފަދަ ކެމިކަލް މަސައްކަތްތައް ދެނެގަނެ ދުރު ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ.

މީގެ އިތުރުން، ވިލިމާލޭގެ ބަނދަރު ރީއޮގަނައިޒްކޮށް ހަރުދަނާ ފައްތިޔާގެ ނިޒާމެއް ވިލިމާލެއަށް ބޭނުންވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ސިޓީ ކައުންސިލުގެ އިޚްތިޞާޞްގެ ތެރެއިން މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން މިމައްސަލަ ހައްލުކުރަން މަސައްކަތްކުރައްވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އަދި ބަންދު ދުވަސްތަކުގައި މާލެ ސަރަހައްދުގެ ގިނަ ރައްޔިތުންތަކެއް ދަތުރު ދިޔުން ފަދަ ކަންތައްތަކަށް ބޭނުންކުރާ ވިލިމާލެ ބީޗް ސަރަހައްދުގައި އެކަށީގެންވާ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް، އެސަރަހައްދު ރީޑިވެލޮޕްކުރައްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ގްރޭޓަރ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް ހާއްސަކޮށްގެން ބައްދަލުވުންތައް ބޭއްވޭނެ ހޯލް އަދި ޕްރޮގްރާމް ހިންގޭނެ މަގު ތަނަވަސްކޮށްދިނުމަށް އާޒިމް ވައުދު ވެވަޑައިގެންނެވިއެވެ. އެގޮތުން އާޒިމް ވިދާޅުވީ ހުރިހާ ފަރާތްތަކާއި ގުޅިގެން އެންމެން އެކީ މަސައްކަތްކޮށް، ލޯތްބާއި، އޯގާތެރިކަމާއި އެކު އުޅޭ މުޖްތަމައެއް ބިނާކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން، ވިލިމާލޭގެ ބޮޑެތި މަގުތައް މަރާމާތުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ކުރިއެރުން ލިބޭނެހެން މާހައުލެއް ވިލިމާލޭގައި ގާއިމް ކުރުމަށްޓަކައި މާރުކޭޓް އިތުރަށް ތަރައްޤީކޮށް ބަންދު ދުވަސްތަކުގައި ކުދި ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ފުޑް ޓްރަކް ވިޔަފާރިވެސް ވިލިމާލޭގައި ފެށުމަށް އާޒިމްގެ މެނިފެސްޓޯގައި ވަނީ ހިމަނުއްވާފައެވެ.

މާލޭ ސިޓީ ކައުންސިލްމާލެ ސިޓީގެ މޭޔަރުއާދަމް ޢާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު