Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައިސް ޔާމީން

"ރައީސް ޔާމީން މިނިވަންކުރެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު އެއޮތީ ފުދިފައި"

ރައީސް މުއިއްޒު ވިދާޅުވީ، ވެރިކަން ލިބިވަޑައިގެންފިނަމަ ސަރުކާރުން ޝަރީއަތުގެ މައްޗަށް ނުފޫޒު ފޯރުވުން ހުއްޓާލާނެ ވާހަކަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޑިސެމްބަރު 2023 | ބުރާސްފަތި 13:05
ރައީސް ޔާމީނުގެ ޝަރީއަތް އޮތް ދުވަހު ރައީސް މުއިއްޒާއި ކޯލިޝަންގެ އިސް ފަރާތްތައް ކޯޓުދޮށުގައި

ރައީސް ޔާމީނުގެ ޝަރީއަތް އޮތް ދުވަހު ރައީސް މުއިއްޒާއި ކޯލިޝަންގެ އިސް ފަރާތްތައް ކޯޓުދޮށުގައި

މި ސަރުކާރުން ވެރިކަމަށް އަންނަ ވިއްކި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލުހުކުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އެއޮތީ ފުދިފައިކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، ރައީސް ޔާމީނާ ގުޅުވައިގެން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ޔާމީންގެ މައްޗަށް ކުރި ހުކުމަކީ ޝަރުއީ ނިޒާމުގެ ތެރެއަށް އަތްބާނައިގެން ކޮށްފައިވާ ސިޔާސީ ހުކުމެއް ކަމަށާއި، ވެރިކަން ލިބިވަޑައިގެންފިނަމަ ސަރުކާރުން ޝަރީއަތުގެ މައްޗަށް ނުފޫޒު ފޯރުވުން ހުއްޓާލާނެ ވާހަކަ ކަމަށެވެ.

ޝަހީބު ވިދާޅުވީ ސަރުކާރުގެ ނުފޫޒުން ޝަރުއީ ނިޒާމް މިނިވަންވާ ހިސާބުން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން، ހުވާކުރެއްވުމާއެކު އެކަން އިއުލާންކުރައްވާފައި ވާކަމަށެވެ.

ޝަހީބު ވިދާޅުވީ ރައީސް ޔާމީން މިނިވަންވެވަޑައިގަތުން އޮތީ ޖުޑިޝަރީގެ އަތްމަތީގައި ކަމަށާއި، އެއީ ސަރުކާރާ ގުޅޭ ކަމެއް ނޫންކަމަށެވެ. އަދި އެކަމުގެ ތެރެއަށް ސަރުކާރުން ވަދެ ނުފޫޒު ނުފޯރުވާނެ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

ރައީސް މުއިއްޒު، ރައީސް ޔާމީނާ ބައްދަލުކުރައްވައި އެއްވެސް މަޝްވަރާއެއް ކުރެއްވިތޯ ދެންނެވުމުން ޝަހީބު ވިދާޅުވީ، ރައީސް ޔާމީން ހުންނެވީ ބަންދެއްގައިކަމަށް ވުމާއެކު ގާނޫނީ ހުރަސްތަކެއްވެސް އެބަހުރިކަމަށެވެ. އަދި ރައީސް ޔާމީނާ ބައްދަލުކޮށް މަޝްވަރާކުރުން، ނުވަތަ ފޯނުންވެސް އެފަދަ ވާހަކައެއް ދެއްކުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ރައީސް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ޝަހީބު ވިދާޅުވީ، ރައީސް މުއިއްޒު ރައީސް ޔާމީނާ ބައްދަލު ކުރައްވާނީ އިތުރު ލުއިތަކެއް ލިބިވަޑައިގެން އެކަމަށް ޖާގަ އޮތް މިންވަރަކުން ކަމަށެވެ. އަދި ރައީސް ޔާމީން ލިބިވަޑައިގެންނެވި ލުއިތަކަކީވެސް ރައީސް މުއިއްޒު އެދިވަޑައިގެން ލިބިވަޑައިގެންނެވި ލުއިތަކެއް ކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"

20 ޑިސެމްބަރު 2025
"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"
18 ޑިސެމްބަރު 2025

ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!

18 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!
17 ޑިސެމްބަރު 2025

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025
ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!
13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު