Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

"ސަރުކާރުގެ ނުފޫޒުން ޝަރުއީ ދާއިރާ މިނިވަންވާ ހިސާބުން ރައީސް ޔާމީން މިނިވަންވާނެ"

ރައީސް ޔާމީން މިނިވަންވާނީ ސިޔާސީ ނުފޫޒު ނިމުމަކަށް އަންނާނެ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2023 | ހުކުރު 08:36
ރައީސް މުއިއްޒާއި ރައީސް ޔާމީން

ރައީސް މުއިއްޒާއި ރައީސް ޔާމީން

ސަރުކާރުގެ ނުފޫޒުން ޝަރުއީ ދާއިރާ މިނިވަންވާ ހިސާބުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށާއި، އެހެންކަމުން ކުރީ ސަރުކާރުން ސިޔާސީ ހުކުމުގައި ތިބި ފަރާތްތައް މިނިވަންކުރިގޮތަށް މި ސަރުކާރުން އަމަލެއް ނުކުރާނެކަމަށް ބުނެ ސަރުކާރުން ރައީސް ޔާމީން މިނިވަން ނުކުރާނެކަމަށް މިވަނީ ވަކާލާތުކޮށްފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމާ ގުޅޭގޮތުން އެތައް ފަހަރެއްގެ މަތިން ސުވާލު ދަންނަވާފައެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭންގެ ތެރޭގައި އެތައް ރަށަކަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުފުޅު ނުފުއްދަވަނީ ކީއްވެގެންތޯ ކުރާ ސުވާލުތަކަށް ސަރުކާރުން ދެނީ އެންމެ ޖަވާބެކެވެ. އެއީ ރައީސް ޔާމީން ހުންނަންޖެހޭނީ ޖަލުގައިހެން ވިދާޅުވާ ގޮތަކަށެވެ.

ރައީސް ޔާމީންގެ ހުކުމާ ދެކޮޅަށް މިހާރުގެ ސަރުކާރުގައި ތިބި ބޭފުޅުން އިހްތިޖާޖު ކުރައްވަފާނެތޯ ދެންނެވި ސުވާލުގައި ޝަހީބު ވިދާޅުވީ، އެއީ އޭނާ ޖަވާބު ދެއްވަންޖެހޭ ސުވާލެއް ނޫންކަމަށެވެ. ނޫސްވެރިޔާ ދެންނެވީވެސް މިފަދައަކުން ނޫންނެވެ. ނަމަވެސް ސުވާލު މުޅިން ބަދަލުކޮށްލައްވައި ޝަހީބު ވިދާޅުވީ، އެބޭފުޅުން ކުރައްވާނެ ކަމެއް އެނގިވަަޑައިގަންނަވާނީ އެބޭފުޅުންނަށް ކަމަށާއި، އެއީ އޭނާއަށް ދެއްވޭނެ ޖަވާބެއް ނޫންކަމަށެވެ. ކަމެއް ބޮލުން "ކަޓުވާލަން" މިއަށްވުރެ ފަސޭހަ ޖަވާބެއްވެސް ނޯންނާނެއެވެ.

ދެން އިސްތިއުނާފުގެ މަރުހަލާ ކޯޓުގައި ކުރިއަށްދާކަމަށާއި، ކޯޓާބެހޭ ވާހަކައެއް ޝަހީބުލައްވައި ދެއްކުވީމައި އޮޅުންއަރާގޮތް ވާނެކަމަށް ވިދާޅުވެ، އަނެއްކާވެސް ރައީސް ޔާމީން މިނިވަންކުރުމާގުޅޭ ސުވާލަށް ޖަވާބެއް ނުދެއްވިއެވެ. ވިދާޅުވީ ކޯޓުގެ ވާހަކައެއް އޭނާއަކަށް ނުދެއްކެވޭނެ ކަމަށެވެ. އަދި ކޯޓުގެ މަރުހަލާއެއްގެ ވާހަކަދައްކާނަމަ، ހައިކޯޓުގައި ހިނގަމުންދާ ކަމެއް ކަމުން، ހައިކޯޓުގައި އެ ސުވާލު ކޮށްލުން ރަނގަޅުވާނެ ކަމަށެވެ. ނުވަތަ އެގޮތް އެންމެ ރަނގަޅުވާނޭ ކަމަށެވެ. ޝަރުއީ ދާއިރާގެ ކަންކަން އެ ބޭފުޅުން މިނިވަންކަމާއެކު ކުރިއަށް ގެންދެވީމައި ރަނގަޅުވާނެ ކަމަށެވެ. ޖަވާބެއް ނުދެއްވައި، ޝަރުއީ ދާއިރާއަށް ހުރިހާ ކަމެއް "ކަނޑާލީ"އެވެ.

ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ޝަރުއީ ނިޒާމްގެ ތެރެއަށް އަތްނުބާނާނެ ކަަމަށް ސަރުކާރުން ބުނަމުންދެއެވެ. ޝަހީބު އަނެއްކާވެސް ތަކުރާކުރެއްވީ އެވާހަކައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަަޑައިގެން، ސިޔާސީ ގޮތުންނާއި ނުހައްގުން ޖަލަށްލާފައި ތިބި ފަރާތްތައް މިނިވަންކުރެއްވި ކަމަށާއި، ރައްޔިތުން އުއްމީދުކުރަނީ އެގޮތަށް ރައީސް ޔާމީންވެސް މިނިވަންވެވަޑައިގަތުން ކަމަށް ނޫސްވެރިޔާ ދެންނެވުމުން ތަރުޖަމާނު ޝަހީބު ވިދާޅުވީ، ކުށްކޮށްފައި ތިބި ސިޔާސީ ފަރާތްތަކެއް ކުރީ ސަރުކާރުން މިނިވަންކުރި ވާހަަކަ މީގެ ކުރިންވެސް ދެއްކިކަމަށާއި، އެ ވާހަކަ ތަކުރާރުކޮށް ދައްކަމުންދާ ކަމަށެވެ. ކުރީ ސަރުކާރުން ޖުޑިޝަރީ ތެރެއަށް އަތްބޭނިކަމަށާއި، ރައީސް މުއިއްޒުގެ ސަރުކާރުން އެކަން އެގޮތަކަށް ނުކުރާނެކަމަށެވެ.

އަދި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ރައީސް މުއިއްޒު މަޝްވަރާކުރެއްވި ކަމެއްވެސް ޔަގީންކޮށެއް ނުދެއްވުނެވެ. ރައީސް ޔާމީނާ މަޝްވަރާ ނުކުރެވެނީ ހުކުމެއްގައި ހުންނެވުމުން ކަމަށް ވިދާޅުވުމުން، މެޑަމް ފާތިމަތާވެސް ވާހަކަ ދެއްކޭނެކަމަށާއި، އެކަން ކުރެއްވިތޯ ދެންނެވި ސުވާލަށް ޝަހީބު ދިނީ ފިނި ޖަވާބެކެވެ.

މީގެ އިތުރުން ރައީސް ސާލިހުގެ ސަރުކާރުން ޔާމީންގެ މައްޗަށް ކުރި ހުކުމަކީ ޝަރުއީ ނިޒާމުގެ ތެރެއަށް އަތްބާނައިގެން ކޮށްފައިވާ ސިޔާސީ ހުކުމެއް ކަމަށާއި، ވެރިކަން ލިބިވަޑައިގެންފިނަމަ ސަރުކާރުން ޝަރީއަތުގެ މައްޗަށް ނުފޫޒު ފޯރުވުން ހުއްޓާލާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިކަމަށާއި، އެހެންކަމުން ރައީސް ޔާމީން ކޯޓުން މިނިވަން ވަންދެން ބަލަބަލައި ތިބޭނެކަމަށް ދޭހަވާފަދަ މޭރުމަކުން ޝަހީބު ޖަވާބުދެއްވިއެވެ.

ޝަހީބު ވިދާޅުވީ ރައީސް ޔާމީން މިނިވަންވުން އޮތީ ޖުޑިޝަރީގެ އަތްމަތީގައި ކަމަށެވެ. އެއީ ރައީސް މުއިއްޒު ކުރައްވާނެ ކަމެއް ނޫންކަމަށެވެ. އަދި ސަރުކާރާގުޅޭ ކަމެއްވެސް ނޫންކަމަށެވެ. އަދި އެކަމުގެ ތެރެއަށް ސަރުކާރުން ވަދެ ނުފޫޒު ނުފޯރުވާނެ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޔާމީން ގެއަށް ބަދަލުކުރީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަށް ކަމަށާއި، އެއީ ކުރީ ސަރުކާރުގެ "ހެޔޮފުޅު"ކަމުން ކުރި ކަމެއް ނޫންކަމަށެވެ.

ރިޔާސީ ބަހުސްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ޓިކެޓު ހަވާލުކުރެއްވީ ފުރިހަމަ އިތުބާރާއި ތާއީދާއެކުގައި ރައީސް ޔާމީންކަމަށެވެ. އަދި ރައްޔިތުން އިތުބާރުކޮށް، ވެރިކަން ހަވާލުކުރާ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް އަތްބޭނުން ނިމުމަކަށް އަންނާނެ ދުވަސްކަމަށެވެ. އަދި އެ ދުވަހު ރައީސް ޔާމީން މިނިވަންވާނެ ކަމަށެވެ. ރައީސް ޔާމީން (ސިޔާސީ ނުފޫޒާއެކު) އެ ހުންނެވީ ނުހައްގު ހުކުމެއް ކޮށްފައިކަމަށާއި، އެ މަނިކުފާނަކީ މައުސޫމް ބޭފުޅެއް ކަމަށެވެ. އަދި އެ މަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ ކަމަށާއި، އެއީ ސިޔާސީ ނުފޫޒު ނިމުމަކަށް އަންނާނެ ދުވަސް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ޕީޕީއެމް/ޕީއެންސީގެ އޮފީހުގައި މުއިއްޒުގެ މައި ކެމްޕެއިން ޓީމާއެކު، ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި ވިދާޅުވީ، ވެރިކަން ލިބިވަޑައިގަތުމުން ފުރަތަމަ ދުވަހުގެ އެންމެ ޚާއްސަ އިސްކަމެއް އޮންނާނީ ޔާމީން ޖަލުން ގެއަށް ބަދަލުކުރެއްވުން ކަމަށެވެ. ދެވަނަ ބުރަކަށް ދަންޏާ، ދެވަނަ ބުރުގައި ކާމިޔާބުވެވަޑައިގެން، ފުރަތަމަ ޕޯޑިއަމަށް އަރުއްވައި، ފުރަތަމަ ދައްކަވާނެ ވާހަކައަކީވެސް، އޭރު ހުންނެވި ރައީސް (ރައީސް ސާލިހަށް) ޔާމީން ގެއަށް ބަދަލުކުރައްވަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހުވެސް، އެހާތަނަށްވެސް ރައީސް ޔާމީންބގެއަށް ނުގެނެސް ބަހައްޓަވައިފިނަމަ، ރައީސް ޔާމީން ފުރަތަމަ ގެއަށް ގެންނަވާނެ ކަމަށެވެ. މާނައަކީ މަސައްކަތުގެ ގިއަރު އިތުރަށް މަތިކުރަމުން ގޮސް، އެކަން ކާމިޔާބުކޮށް އެ މަނިކުފާނު މިނިވަން ކުރައްވާނެކަމަށެވެ.

މިއީ ހުސް ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކެވެ. އެހެންކަމުގައި ވާނަމަ އަދިވެސް ރައީސް އޮފީހުންނާއި، ސަރުކާރުން ޝަރުއީ ދާއިރާއަށް އަތްބާނައިގެން ރައީސް ޔާމީންގެ މައްސަލަ ލަސްކުރުވަނީއެވެ. ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ޖުޑިޝަރީއަށް އަތްބޭނުން ހުއްޓުވާ ދުވަހަކީ ރައީސް ޔާމީން މިނިވަންވާނެ ދުވަސް ކަމެކެވެ. އެހެންވީމާ އަމިއްލަ އިއުތިރާފުގައި އެ ވިދާޅުވީ ރައީސް ޔާމީން މިނިވަން ނުވާނެ ވާހަކައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުކުރީގެ ރައީސް ޢަބްދުﷲ ޔާމީންޖުޑިޝަރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު