Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

އާސެނަލް ވަރުގަދަ ކުރަން މަސައްކަތް ކުރާނެ: އާޓެޓާ

އޭނާ ބުނީ، މަސައްކަތް ކުރަމުން އަންނަނީ އާސެނަލަކީ ޚަރުދަނާ ޓީމަކަށް ހެދުމަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2023 | ބުރާސްފަތި 02:22
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލް ވަރުގަދަކޮށް، ރަނގަޅު ސްކޮޑެއްގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ، ކުރިއަށް އޮތް ޖަނަވަރީ ޓްރާންސްފާ މާކެޓުގައި އާސެނަލުން އައު ކުޅުންތެރިން ހޯދާނެތޯ ކުރި ސުވާލަށް ޖަވާބު ދެމުންނެވެ. އޭނާ ބުނީ، އާސެނަލްގެ ސްކޮޑު ރަނގަޅު ކުރުމަށްޓަކައި، މާކެޓުގައި ކުރެވޭނެ ކަމެއް އޮތް ނަމަ، އެކަން ކުރާނެ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި، މިހާރު އާސެނަލްގައި ތިބި ކުޅުންތެރިންނާއެކު އެ ޓީމުގެ ސްކޮޑު ވަރުގަދަ ނުވާ ކަމަށް ވެއްޖެ ނަމަ، އައު ކުޅުންތެރިން ގެންނަން މަސައްކަތް ކުރާނެ ކަމަށެވެ. އެއީ އަބަދު ވެސް އާސެނަލް އިން މަސައްކަތް ކުރާނެ ގޮތްކަން ފާހަގަކޮށް އާޓެޓާ ބުނީ، އޭނާ ވެސް ބޭނުންވަނީ އާސެނަލްކީ ވަރުގަދަ ޓީމަކަށް ހެދުން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، މަސައްކަތް ކުރަމުން އަންނަނީ އާސެނަލަކީ ހަރުރުދަނާ ޓީމަކަށް ހެދުމަށް ކަމަށެވެ. އެކަން ހާސިލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށާއި، ފާއިތުވި ތަނުގައި އާސެނަލުން އެކަން ސާބިތުކޮށްދެމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އަނެއްކޮޅުން، މިހާރު ވެސް އާސެނަލްގައި ތިބި ކުޅުންތެރިންނަކީ ފެންވަރު ރަނގަޅު، ފުޓުބޯޅައިގެ ހުނަރު ހުރި މޮޅު ކުޅުންތެރިން ކަމަށް އޭނާ ވަނީ ސިފަ ކޮށްފަ އެވެ. ހަމައެހެންމެ، މިދިޔަ ސީޒަނާއި، މި ސީޒަނުގައި އާސެނަލުން ނެރެމުން އަންނަ ނަތީޖާ އިން ސާބިތުވާން އޮތީ، އެ ޓީމަކީ މަތީ ފަންތީގައި ހިފަހައްޓާލެވޭނެ ފެންވަރުގެ ޓީމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އުމުރުން 41 އަހަރުގެ އާޓެޓާ، އާސެނަލްގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އާސެނަލާ ހަވާލުވެ، ގިނަ ގޮންޖެހުންތަކާ އެކު ވެސް އާޓެޓާ ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެެރުނު އެެއް ޓީމަކީ އާސެނަލް އެވެ. މިދިޔަ ސީޒަންގެ ލީގު އެ ޓީމުން ނިންމާލީ ދެ ވަނައިގަ އެވެ. ސީޒަންގައި އެ ޓީމު ލީގަށް ވާދަކުރިއިރު، ގިނަ އަހަރުތަކަކަށްފަހު ވަނީ، ޔުއެފާ ޗެމްޕިއަންސް ލީގުން ވެސް ޖާގަ ހޯދައިފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި ވެސް އެ ޓީމު އަންނަނީ ޕްރިމިއާ ލީގަށް ވާދަކޮށް، ރަނގަޅު ނަތީޖާ ނެރެމުންނެވެ.

އާސެނަލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު