Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުލޯކަލް މާރުކޭޓް

ފިހާރަ ތަކުން ފިޔާ ހުސްވެ އާންމުންނަށް ދަތިވެއްޖެ

29 ޖުލައި 2025 | އަންގާރަ 13:40

ވިއްސާރައިގެ ސަބަބުން މާލޭ ބާޒާރުމަތިން ފިޔާ ހުސްވެ، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި، ކުރިން 9 ރުފިޔާ އަށް ލިބުނު ފިޔާ ކިލޯ އެއް މަދު ފިހާރައަކުން މިހާރު ލިބެނީ ކިލޯއެއް 35 ރުފިޔާ އަށެވެ.

މާލޭ ބާޒާރުމަތީ ފިހާރަތަކުން ފިޔާ ވަނީ ހުސްވެފަ، މަދު އަދަކަސް ވެސް ފިޔާ ހުރީ އެންމެ ދެ ފިހާރައެއްގަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 29 ޖުލައި 2025 | އަންގާރަ 13:40
އިންޑިއާގެ މަހާރާޝްތުރާގައި މަސައްކަތްތެރިއަކު ފިޔާ އަޅާފައިވާ ގޯނި ތަކެއް ފަހަނީ

އިންޑިއާގެ މަހާރާޝްތުރާގައި މަސައްކަތްތެރިއަކު ފިޔާ އަޅާފައިވާ ގޯނި ތަކެއް ފަހަނީ

މާލޭ ބާޒާރުމަތީ ގިނަ ފިހާރަތަކުން ފިޔާ ހުސްވެއްޖެެވެ.

މާލޭގެ ފިހާރަތަކުން ފިޔާ ހުސްވެ، ގިނަ ބަޔަކަށް އެކަމުގެ ދަތިކަން މިވަގުތު ތަހައްމަލް ކުރަން ޖެހިފައިވާއިރު، ރާއްޖެ އެމްވީގެ ނޫސްވެރިންގެ ޓީމަކުން ވަނީ އަންގާރަ ދުވަހު، ބާޒާރުމަތީ ފިހާރަތަކަށް ޒިޔާރަތް ކޮށްފަ އެވެ.

އެގޮތުން ބާޒާރު މަތީގެ ވަރަށް ގިނަ ފިހާރަތަކަށް ވަދެ އެތަން ތަނުން ފިޔާ ލިބެން ހުރިތޯއާއި އަދި ފިޔާ ނުލިބި ދަތިވެގެން އުޅޭ ސަބަބު ވަނީ އޮޅުން ފިލުވާފަ އެވެ. ފިހާރަތަށް ބެލިބެލިމުގައި ދެ ފިހާރައަކުން ކިލޯއެއް ދެކިލޯއެއްގެ މިންވަރަށް ފިޔާ ލިބެން ހުއްޓެވެ. އެތަންތަނުން ވެސް ފިޔާ ވިއްކަނީ ކޮންމެ މީހަކަށް ވެސް ވަކި މިންވަރަކަށެވެ. އެތަންތަނުގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 30 ރ އާއި 35 ރުފިޔާ އާ ދެމެދުގަ އެވެ.

ބާޒާރުމަތިން ފިޔާ ހުސްވެފައި ވާއިރު ގިނަ ވިޔަފާރިވެރިން ބުނީ ފިޔާ ހުރީ ލިބިފައި ކަމަށާއި ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ފިޔާ އެތެރެ ނުކުރެވިގެން އުޅެނީ ކަމުގައެވެ. ނަމަވެސް މޫސުން ރަނގަޅު ނަމަ ބުދަ ދުވަހަށް ފިޔާ ލިބޭނޭ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.

އަސްލު ފިޔާ ނެތް.. ދެން މިވަގުތު ފިޔާ ލިބިފަހުރި ނަމަވެސް މޫސުން ގޯސްވީމަ ފިޔާ އެތެރެ ނުކުރެވިގެން މި އުޅެނީ. މާދަން މޫސުން ރަނގަޅު ނަމަ ފިޔާ އެތެރެކުރެވޭނެ.
ފިހާރައެއްގެ މަސައްކަތް ކުރާ މީހެއް

ވިޔަފާރިވެރިން ބުނީ ބައެއް ސަޕްލަޔަރުން ގެނައި ފިޔާ މިވަގުތު މާލޭ ބަނދަރުގައި އޮތްނަމަވެސް، ނުނެރެވިގެން އުޅެނީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ.

ފިޔާ ހޯލްސޭލްކުރާ މުޑުވާލި ފިހާރައިން ބުނީ އެތަނުންވެސް ފިޔާ ހުސްވެފައިވާ ކަމަށާއި، ފިޔާ ލިބޭނީ މާދަމާ ކަމަށެވެ. މާލޭ ބާޒާރުން ފިޔާ ހުސްވިއިރު، ހުޅުމާލޭގެ ވެސް ބައެއް ފިހާރަތަކުން ފިޔާ ހުސްވެފައިހުރިކަން ފާހަގަކޮށްލެވެއެވެ.

މާލޭ ބާޒާރުމަތިން ފިޔާ ހުސްވެފައި ވާއިރު، މިހަފްތާ ފެށުނުއިރު ފިޔާ ކިލޯއެއްގެ އަގު ވަނީ 35 ރުފިޔާއަށް އަރައިގެން ގޮސްފައެވެ. މީގެ ކުރިން ފިޔާ ކިލޯއެއްގެ އަގު އުޅުނީ އެންމެ 9 ރުފިޔާއަށެވެ.

ބާޒާރުގެ ތަކެތީގެ އަގު އަތްނުފޯރާފަށަށް ބޮޑުވެގެން ގޮސްފައި ވާއިރު، މިއަދު ބާޒާރުން އާފަލެއްގެ އަގުވެސް އުޅެނީ 10 ރުފިޔާ އަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
06 ފެބުރުއަރީ 2017

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް