Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ އާއި އިނިއެސްޓާ

ދިގު މުއްދަތަކަށް ބާސާގައި ނޭމާ މަޑުކުރާނެ ކަމަށް އުންމީދުކުރަން: އިނިއެސްޓާ

ނޭމާ ބޭނުންވަނީ ބާސާ ދޫކޮށްލުމަށްފަހު ކުރިޔަށް އޮތް ސީޒަނަށް އެހެން ކްލަބަކަށް ބަދަލުވާން

ލީވާން އަލީ
ލީވާން އަލީ | 29 ޖުލައި 2017 | ހޮނިހިރު 07:24
ބާސާގެ ކެޕްޓާން އިނިއެސްޓާ (ކ) އަދި ނޭމާ (ވ)

ބާސާގެ ކެޕްޓާން އިނިއެސްޓާ (ކ) އަދި ނޭމާ (ވ)

ނޭމާ ދިގު މުއްދަތަކަށް ބާސެލޯނާގައި މަޑުކުރާނެ ކަމަށް އުންމީދުކުރާ ކަމަށް އެޓީމުގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން އިނިއެސްޓާ ބުނީ އޭނާ އެދެނީ ބާސާގައި ނޭމާ ދިގު މުއްދަތަކަށް މަޑުކުރަން ކަމަށާއި، އެކަމުން ނޭމާގެ އިތުރުން ކްލަބަށް ވެސް ފައިދާވާނެ ކަމަށް ދެކޭ ކަމަށެވެ.

އިނިއެސްޓާ ބުނީ ނޭމާއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، ކްލަބަށް ނޭމާ ވަރަށް ބޮޑު އެއްބާރުލުމެއް އަބަދު ވެސް ދޭ ކަމަށެވެ. އެގޮތުން އޭނާ ބުނީ 200 ނުވަތަ 300 މިލިއަން ޔޫރޯ އަށް ނޭމާ ވިއްކާލައިގެން ޓީމަށްވާ ފައިދާ އަށް ވުރެ ނޭމާ ޓީމުގައި ހުރުމުން ލިބޭ ފައިދާ މާ ބޮޑުވާނެ ކަމަށެވެ.

ބާސާ އިން ހުކުރު ދުވަހު ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި ނޭމާ އާއި ބާސާ އަށް އަލަށް ގެނައި ބެންފީކާގެ ނެލްސަން ސެމެޑޯއާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. އެ މަންޒަރުތައް ކެމެރާތަކަށް އަރާފައިވާއިރު، އެކަމާ ގުޅިގެން ބާސާ އިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ނޭމާ ބޭނުންވަނީ ބާސާ ދޫކޮށްލުމަށް ފަހު ކުރިޔަށް އޮތް ސީޒަނަށް އެހެން ކްލަބަކަށް ބަދަލުވާށެވެ. އެގޮތުން ނޭމާ ހޯދުމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން 222 މިލިއަން ޔޫރޯ ހުށަހަޅާފައިވާ ކަމަށް ވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ބްރެޒިލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނޭމާ ބާސާ އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލް މިދިޔަ އަހަރު ކާމިޔާބުކުރި ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުނު 77 މެޗުގައި 52 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް 2013 ވަނަ އަހަރު އަދި ސައުތް އެމެރިކަން ޔޫތް ޗެމްޕިއަންޝިޕް 2011 ވަނަ އަހަރު ބްރެޒިލްއާއެކު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

15 މެއި 2017

މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ

15 މެއި 2017
މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
11 އެޕްރީލު 2017

ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!

11 އެޕްރީލު 2017
ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!
10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު