Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެންސަރު ހޮސްޕިޓަލް

ގަމު ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ނިންމި ނިންމުން ބަދަލުކުރުމަށް ގޮވާލައިފި

މިއީ ހުރިހާ ބާރެއް މަރުކަޒު ކުރުމުގެ ސަގާފަތް އަލުން އިއާދަ ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2023 | ބުދަ 00:58
ގަމު ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތެއް މެންބަރު ވިސާމް އިފްތިތާހުކޮށްދެއްވަނީ

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތެއް މެންބަރު ވިސާމް އިފްތިތާހުކޮށްދެއްވަނީ

ލ. ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް އެ ނިންމުން އަލުން ބަދަލުކުރުމަށް، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ސަރުކާރަށް ގޮވާލައިފިއެވެ.

ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރާ މައްސަލަ ކުށްވެރިކޮށް، މެންބަރު ވިސާމް ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ލ. ގަމުގައި ގާއިމްކުރުމަށް ކަނޑައަޅައި ދިރާސާތައް ވެސް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރުމަށް ނިންމި ނިންމުން އެންމެ ހަރުކަށި އިބާރާ އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ރައީސް ޞާލިހުގެ ސަރުކާރުން ކެންސަރު ހޮސްޕިޓަލް ލ. ގަމުގައި އަޅަން ނިންމީވެސް ސިޔާސީ ބޭފުޅުންނާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ނުފޫޒު ގަދަ އެތަކެއް ބޭފުޅުންނެއް އެ ހޮސްޕިޓަލް މާލޭގައި އެޅުމަށް އެދެމުންދަނިކޮށް ކަމަށެވެ. އެ ނިންމުމާ އެކު އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ މަންދޫބުން ލ. ގަމަށް ވަޑައިގެން ހޮސްޕިޓަލް ގާއިމްކުރުމަށް ހުރަހެއް އޮތްތޯ ބެލުމަށް ފީސިބިލިޓީ ރިޕޯޓާއި ޑީޕީއާރު ރިޕޯޓް ހަދައި އިންޑިއާގެ ފޮރިން މިނިސްޓްރީން ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެ ރިޕޯޓްތަކާއި އެކު އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ އެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ވެސް ހަމަޖައްސައިދީފައި ކަމަށެވެ.

ކެންސަރު ހޮސްޕިޓަލް ބަދަލުކުރަން ނިންމީ ޓާޝަރީ ފަރުވާ ނުލިވޭ ސަރަހައްދެއްގައި ކެންސަރު ހޮސްޕިޓަލް އަޅަން ޖެހުމުން ކަމަށް ސަރުކާރުން ބުނާއިރު އެ ހޮސްޕިޓަލް ގަމުގައި އެޅުމުގެ ބޭނުމުގައި ނިމިދިޔަ ސަރުކާރުން ވަނީ 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް 16 ޖުލައި 2023 ގައި އެމްޓީސީސީއާއި ހަވާލުކޮށްފަ ކަމަށް މެންބަރު ވިދާޅުވެފައިވެއެވެ.

އަދި ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ހަވާލުކޮށްފައި އޮއްވާ އެ ހިދުމަތް ނުލިބޭކަމަށް ބުނެ ކެންސަރު ހޮސްޕިޓަލް ބަދަލުކުރުމުން ސަރުކާރުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭކަން ހާމަވާ ކަމަށް މެންބަރު ވިސާމް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ގަމުގައި އެޅުމަށް ހަވާލުކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލް ވެސް އެހެން ރަށަކަށް ބަދަލުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ވިދާޅު ވެފައިވެއެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މިދިޔަ ސަރުކާރުން ފަށާފައިވާ އެއްވެސް ތަރައްގީގެ މަޝްރޫއުއެއް ނުހުއްޓައި ރޭވިފައިވާ ގޮތަށް ކުރިއަށްގެންދާނެ ގޮތުގެ ވައުދާ އެކު ކަމަށްވާއިރު މިއީ ލ. ގަމުގައި ތަރައްގީއަށް ވަކިން ހާއްސަކޮށް ލ. އަތޮޅުގެ ކުރިއެރުމާ ނުހަނު ގުޅިފައިވާ އެންމެ ބޮޑު ޕްރޮޖެކްޓްކަމަށް ވިދާޅުވެފައިވެއެވެ.

ލ. އަތޮޅު ކައުންސިލާއި ލ. ގަމު ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި މިފަދަ ނިންމުމެއް ސަރުކާރުން ނިންމުމަކީ ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް އަދި ހިޔާލެއް ހޯދަން ސަރުކާރުން ބޭނުން ނުވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް މެންބަރު ވިދާޅުވިއެވެ. ހުރިހާ ކަމެއް ހަމެޖެހިފައިވާ މި ޕްރޮޖެކްޓް މާލެއަށް ބަދަލުކުރުމަކީ އަތޮޅުތަކާއި ރަށްތަކުގެ ތަަރައްގީއަށް މި ސަރުކާރުން އިސްކަން ނުދޭކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

އަދި ވެރިކަން ކުރާ ރަށަށް ހުރިހާ ބާރެއް މަރުކަޒު ކުރުމުގެ ސަގާފަތް އަލުން އިއާދަ ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ތޮއްޖެހިފައިވާ މާލެއަށް މި ޕްރޮޖެކްޓު ބަދަލުކުރީ މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ގަސްތުގައި ރޭވިގެން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ދެކޭ ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ލ. ގަމުގައި ގާއިމްކުރަން ނިންމާފައިވާ އޮތް ކެންސަރު ހޮސްޕިޓަލް މާލޭގައި އަޅަން ނިންމި ނިންމުން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވާފައިވެއެވެ.

ކެންސަރ ހޮސްޕިޓަލްކެންސަރ ހޮސްޕިޓަލް ލ. ގަންމާލެ ސިޓީރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު