Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ލާމަރުކަޒީ އިސްލާހުތަކުން ކައުންސިލްތައް ބަނދެލުން، މުއިއްޒުގެ ބަހާއި އަމަލާ ދިމާނުވުން!

ކައުންސިލް އިންތިޙާބު އައިސް ބޯމަތިވުމުން، ކައުންސިލްތަކަށް ލިބިދީފައިވާ ހުރިހާ ބާރެއް ހަނިވާގޮތަށް، ލާމަޒީ ގާނޫނަށް އިސްލާހު ގެނެސް އެ ބިލަށް އަމަލުކުރުމަށް ވެސް މިހާރުވަނީ ކައުންސިލްތަކަށް އަންގާފަ އެވެ.

ރައީސް މުއިއްޒު އިންތިޚާބުގައި ވެވަޑައިގަތް ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ވައުދާ ޚިލާފަށް ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް މަސައްކަތް ކުރައްވަނީއެވެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 23 އޯގަސްޓު 2025 | ހޮނިހިރު 06:11
ރައީސް ޑރ މުހައްމަދު މުއިއްޒު: ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު، ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ވަނީ ހަނިވެގެންގޮސްފަ

ރައީސް ޑރ މުހައްމަދު މުއިއްޒު: ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު، ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ވަނީ ހަނިވެގެންގޮސްފަ

އަޅުގަނޑު އެންމެ ފުރަތަމަ ވެސް މި ވާކަހަތައް ފައްޓާނީ ނިމިދިއަ ރިޔާސީ އިންތިޚާބުގެ ތެރޭގައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ބަސްފުޅުންނެވެ.

"ލާމަރުކަޒީ ނިޒާމު ހިންގާނީ ސަރުކާރުގެ އެހީތެރިކަމާ އެކީ، ރައްޔިތުންގެ ފުރިހަމަ ބާރާއި ތަމްސީލުކުރުމާއެކު. ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ކަމެއްގައިވިއްޔާ ފުރިހަމަ އެއްބާރުލުން ލިބޭނެ"

މިއީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި، އޭރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ވައުދުފުޅެވެ.

އެހެން ނަމަވެސް ރައީސް މުއިއްޒުގެ އެ ވައުދުފުޅާއި ބަހާ އަމަލާ ދިމާނުވެ، ވިދާޅުވި ގޮތާއި މުޅިން އިދިކޮޅަށް ކަންތްއްތައް ދާތީ މިއަދަ އެބަ ފެނެ އެވެ.

ރައީސް މުއިއްޒު އެ ވައުދު ފަނޑުވެ، ލާމަރުކަޒީ ނިޒާމުގެ މުޅި މަފުހޫމަށް ލޮޅުން އަރުވާލައި، ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފަށް ކައުންސިލްތަކުގެ ބާރު އަތުލަން މުއިއްޒު އެ ވަނީ މަސައްކަތް ފައްޓަވައިފަ އެވެ.

ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައި ވާއިރު، ކުއްލި ގޮތަކަށް ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން ހުށަހެޅި ބިލާމެދު ރައްޔިތުންނާއި ކައުންސިލްތަކުގެ ކަންބޮޑުވުން އޮއްވައި، އަދި އެ ބިލް ފާސްނުކޮށް އަނބުރާ ގެންދިޔުމަށް ގޮވާލަމުން ދަނިކޮށް، އެކަމަށް ބެލުމެއް ނެތި ބިލު ފާސްކޮށް، މިހާރު އެވަނީ އެ ބިލު ތަސްދީގުވެސް ކޮށްފަ އެވެ.

މާލޭ މޭޔަރަކަށް ވެވަޑައިގަތް ހިސާބުން ފެށިގެން ލާމަރުކަޒީ ނިޒާމުގެ މުހިންމު ކަމާއި ކައުންސިލްތަކުގެ ބާރުވެރިކުރުން މުހިންމު ކަމުގެ ވާހަކަ އާއި އޭރު އޮތް އެމްޑީޕީ ސަރުކާރުން ސިޓީ ކައުންސިލަށް ހުރަސްތައް ކުރިމަތިކުރާ ކަމަށް މުއިއްޒުގެ ދުލުން ވިދާޅުވަމުން ގެންދެވި އެވެ.

އެހެންވެ، ކެމްޕޭނުގައި ވައުދުވެވަޑައިގަތީ، އަދި ރައީސްކަމުގެ ހުވާ ﷲ ގަންދީ ކުރެއްވުމަށް ފަހު ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ކައުންސިލްތައް ބާރުވެރި ކުރުމާނެ ކަމާއި ލާމަރުކަޒީ ނިޒާމު ހިންގަވާނެ ކަމަށެވެ.

މިކަމަށް ބާރުދީ، މިދިޔަ އަހަރުގެ ލާމަރުކަޒީ ދުވަހު މުއިއްޒު ދެއްވި ހިތާބުގައި ވިދާޅުވީ ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ހިދުމަތް ރަނގަޅުކޮށް، ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ވުޒާރާތަކާއި ހުރިހާ މުއައްސަސާތަކުން ވެސް ކައުންސިލްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، ހާއްސަ ގޮތެއްގައި، ރައްޔިތުންނާ ގުޅޭ ކަންކަން ރާވައި ހިންގުމުގައި، ކައުންސިލްތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމަށެވެ.

ކައުންސިލް މިނިސްޓްރީ އުފެއްދުމުން ފާޑުކިޔުން އަމާޒު ވަމުންދިޔަ ނަމަވެސް މުއިއްޒު އޭރު ޔަގީންކަން ދެއްވަމުން ގެންދެވީ ކައުންސިލްތައް ބާރުވެރި ކުރުވާނެ ކަމަށެވެ. ނަމަވެސް ބަހާއި އަމަލުން ދިމާނުވާކަން ގަބޫލު ކުރެވޭ ސަބަބު މިއަދު އެއޮތީ ސާފުކޮށް ފެންނާށެވެ.

ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުގައި ކައުންސިލްތަކުން ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނެގުމުގެ ބާރު ވަނީ ހަނިކޮށްފަ އެވެ.

ކައުންސިލުތަކުގެ އުމުރުން ބާކީ އަހަރެއް އޮވެއްޖެ ނަމަ، މުވައްޒަފުން ނެގުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުން މަނާވާނެ އެވެ. އަދި އެ ބިލުގައިވާ ގޮތުން މިހާރު ކައުންސިލްތަކުން އިއުލާނުކޮށްފައިވާ މަޝްރޫއުތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އަދި ރަށުގައި އަމިއްލަ މީހަކު ކުރާ ވިޔަފާރިއެއް ކައުންސިލުތަކުން ކުރުން މަނާވެ އެވެ.

މާލެ އާއި ރަށްރަށުން އަސާސީ ހިދުމަތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނުނެގޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. މިހާރު ބިލުގައި ބުނެފައިވާ ގޮތުން ދިވެހިރާއްޖޭގެ އެންމެ ބޮޑު ބައެއް ވިޔަފާރިތަކަށް ވެސް ބިން ދޭންޖެހޭނީ ހިލެ އެވެ. އޭގެ ތެރޭގައި އަސާސީ މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ދިރާގު އަދި އުރީދޫ ހިމެނެ އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ހުށަހަޅުއްވާފައިވާ ބިލުން ކައުންސިލްތަކުގެ މާލީ މިނިވަންކަން ވެސް ގެއްލި، ފިނޭންސް މިނިސްޓްރީއަށް ކައުންސިލުތަކުގެ މައްޗަށް ބަސް ކިޔުމުގެ ބާރު ލިބޭނެ އެވެ. މި ބަދަލުތަކާއި ދެކޮޅަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ބަސްއިއްވި އެވެ.

އެގޮތުން މާލެ ސިޓީ މޭޔަރު އާދަމް އާޒިމް އާއި އަދްޑޫ ސިޓީ މޭޔަރު އަލީ ނިޒާރުގެ އިތުރުން ފުވައްމުލަކު ކައުންސިލު، ކުޅުދުއްފުށީ ކައުންސިލް، އަދި އިދިކޮޅު އެމްޑީޕީ އަދި ގިނަ ކައުންސިލްތަކަކުން ބަސް އިއްވި އެވެ. ނަމަވެސް އެކަމަށް ބެލުމެއް ނެތި، ރައީސް މުއިއްޒު ބޭނުންފުޅުވި ގޮތަށް ކަންކޮށް އެއޮތީ ނިންމާލާފަ އެވެ.

ރައްޔިތުންގެ ފަޅީގައި ހުރި ކަމަށް ވަކާލާތު ކުރައްވާ ރައީސް އަށް ރައްޔިތުންގެ ހިޔާލުތައް އަޑެއް އިވިވަޑައެއް ނުގެންނެވި އެވެ. އަޑު އިވޭނަމަ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގައި ރައީސް މުއިއްޒު "ތަޅު އަޅުވާފައި" ތިބި މެންބަރުން އެ މަނިކުފާނުގެ ލަފާފުޅާއި އިރުޝާދާ ދެކޮޅަށް މަސައްކަތެއް ނުކުރައްވާނެ އެވެ.

މުއިއްޒުގެ ވެރިކަން ފެށި ފަހުން ވެސް މަޑުމަޑުން އައީ ލާމަރުކަޒީ ގާނޫނަށް ގިނަ ބަދަލުތަކެއް ގެންނަމުންނެ އެވެ. ނަމަވެސް އިންތިހާބު ކައިރިވުމުން ކައުންސިލްތަކުގެ ބާރުތައް އަތުލުމުގެ އެއްވެސް ވިސްނުމެއް އޭރު ހިއްސާއެއް ނުކުރެ އެވެ.

ކައުންސިލް އިންތިޙާބު އައިސް ބޯމަތިވުމުން، ކައުންސިލްތަކަށް ލިބިދީފައިވާ ހުރިހާ ބާރެއް ހަނިވާގޮތަށް، ލާމަޒީ ގާނޫނަށް އިސްލާހު ގެނެސް އެ ބިލަށް އަމަލުކުރުމަށް ވެސް މިހާރުވަނީ ކައުންސިލްތަކަށް އަންގާފަ އެވެ.

އެހެންކަމުން މިކަމުން ފެނިގެން ދިޔައީ ރައީސް މުއިއްޒުގެ ބަހާއި އަމަލު ދިމާނުވުމާއި ލާމަރުކަޒީ ނިޒާމު ގަޑުބަޑު ކުރުމެވެ. މުއިއްޒުގެ މި އަމަލުން ފާޅުވީ ކެމްޕޭން ވައުދުތަކަކީ ހަމައެކަނި ރައްޔިތުންގެ އުއްމީދު އަތުލައިގަތުމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގަ އެވެ.

ރައީސް މުއިއްޒުލާމަރުކަޒީ ނިޒާމުކައުންސިލުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު