Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުކައްބަ ކެމްޕެއިން

ކާބޯތަކެތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވަން ހިންގާ "މުކައްބަ" ކެމްޕެއިން އިފްތިތާހްކޮށްފި

މި ކެމްޕެއިނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މައުލޫމާތު އާންމުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް މީސް މީޑިޔާ މެދުވެރިކޮށް ހިންގާ ކެމްޕެއިނެއް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 26 ޑިސެމްބަރު 2023 | އަންގާރަ 16:43
"މުކައްބަ" ކެމްޕެއިން އިފްތިތާހްކުރުން

"މުކައްބަ" ކެމްޕެއިން އިފްތިތާހްކުރުން

ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް މީސް މީޑިޔާ މެދުވެރިކޮށް ހިންގާ ކެމްޕެއިން "މުކައްބަ" އިފްތިތާޙްކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި، ޑަބްލިއުއެޗްއޯ ގުޅިގެން ކޮޑެކްސް ޓްރަސްޓް ފަންޑުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "މުކައްބަ" ކެމްޕެއިން އިފްތިތާހްކޮށްފައިވަނީ އަންގާރަ ދުވަހު މީރުމާ އިވެންޓް ހޯލުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން، ސިއްޙީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ވެސް ބައިވެރިވެވަޑައިގެންނެވިއެވެެ.

މި ކެމްޕެއިނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މައުލޫމާތު އާންމުންނަށް ފަސޭހައިން ފޯރުކޮށްދިނުމުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމާއެކު ފަރުދީގޮތުންވެސް އެކަމަށް އެއްބާރުލުން ދިނުމަށް ޚާއްސަކޮށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

އެގޮތުން މި ކެމްޕެއިން އިފްތިތާހްކުރި ޙަފުލާގައި ވާހަކަދައްކަވަމުން ސިއްޙީ ވަޒީރު ޚަލީލު ވިދާޅުވީ ސިއްޙީ ނިޒާމްގެ ތެރެއިން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދޭނެ ގޮތްގޮތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އޭގެ ތެރެއިން ކާބޯތަކެތި ޓެސްޓުކުރެވޭނެ ނިޒާމްތައް ރާއްޖޭގައި ދަނީ ފުޅާވަމުން ކަމަށެވެ.

އަދި ވަޒީރު ވިދާޅުވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިތުރަށް ހަރުދަނާކުރުމަށްޓަކައި ވުޒާރާގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމަށާއި، ބަލިތަކަށް ޓެސްޓުކުރެވޭނެ ޤާބިލުކަން ރަނގަޅުކުރުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރު ކުރަންޖެހޭނެ ކަންކަން ތަރުތީބު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި މިހާރު ފެނިގެންއުޅޭ ފައިލޭރިއާ ބައްޔަށް އިޝާރަތްކުރައްވަމުން ވަޒީރު ވިދާޅުވީ ފައިލޭރިއާ ބަލީގެ ކޯންޓްރޯލިން މެކޭނިޒަމް ރާއްޖޭގައި އޮތްކަމަށެވެ. އެގޮތުން އެ ބަލިޖެހިފައިވާ މީހުންނަށް ދޭން ޖެހޭ ބޭހާއި ބައްޔަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހުރިއިރު، އިތުރު ބޭހާއި ޓެސްޓިން ކިޓް ހޯދުމަށްޓަކައި އެމަޖެންސީ ފަންޑުތަކާ ވާހަކަދައްކައިގެން އެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"ބައްޔަށް ފަރުވާދެވޭނެ ގޮތް އެބައޮތް، އެހެންކަމުން ރައްޔިތުން މިކަމާ ކަންބޮޑުވެނުލައްވާ." ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ އެ ބައްޔަށް 155 ދިވެހިން ޓެސްޓުކުރި އިރު، އެންމެ ދިވެއްސަކު ވެސް އެ ބައްޔަށް ފައްސިވެފައި ނުވުމުން، އެކަމުން އިނގެނީ އެ ބައްޔަކީ ރާއްޖެއަށް "އިމްޕޯޓު" ވެފައިވާ ބައްޔެއް ކަމަށެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހެލްތު މިނިސްޓްރީފައިލޭރިއާ ދުނިޔޭގެ ކާނާގެ ރައްކާތެރިކަން

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު