Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ޗެލްސީގެ ނަތީޖާތައް ދަށްވެ، ޕޮޗެޓީނޯ އަށް ޕްރެޝަރު ބޮޑު ވަނީ!

ޗެލްސީގެ ނަތީޖާތައް ދަށްވެފައިވާ މައްސަލައިގައި އެ ކުލަބުގެ އިސްވެރިންގެ ކަންބޮޑުވުން އޮވޭ، އެކަމުގެ ޕްރެޝަރު ޕޮޗެޓީނޯ އަށް ކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2023 | އަންގާރަ 03:47
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ނަތީޖާތައް އިންތިހާ އަށް ދަށްވުމުގެ ސަބަބުން، އެ ޓީމުގެ ކޯޗު އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ އަށް ޕްރެޝަރު ބޮޑުވާން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޗެލްސީގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވީ ވެސް އެ ޓީމުގެ ނަތީޖާތައް ދަށްވެފައި ވަނިކޮށެވެ. ޗެލްސީގެ ކޯޗުކަމާ އޭނާ ހަވާލުވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އޭނާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޕޮޗެޓީނޯ އަށް ހަވާލުކޮށްފައި އޮތް އެންމެ ބޮޑު މަސައްކަތަކީ ނަތީޖާތައް ދަށްވެފައިވާ ޗެލްސީގެ ނަތީޖާ ރަނގަޅު ކުރުމެވެ.

އޭނާ ހަވާލުވި ފަހުން ޗެލްސީ އަށް ވަނީ ނަތީޖާ ނެރެވޭ ގޮތް ނުވެފަ އެވެ. އެގޮތުން މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމުގެ ނަތީޖާތައް ވަނީ އިންތިހާ އަށް ދަށްވެފަ އެވެ. މި ސީޒަންގެ ލީގުގައި މިހާތަނަށް ޗެލްސީން ވަނީ 18 މެޗެއް ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމަށް މޮޅުވެވިފައި ވަނީ އެންމެ ހަ މެޗުންނެވެ. ހަތަރު މެޗު އެއްވަރުވެފައިވާއިރު، އަށް މެޗުން ވަނީ ބަލިވެފަ އެވެ. ލީގުގައި އެ ޓީމު އޮތީ ވެސް ތާވަލްގެ 10 ވަނައިގަ އެވެ. ލީގުގައި އެންމެ ފަހުން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ޗެލްސީ ބަލިވެފައިވާއިރު، ޕޮޗެޓީނޯ އަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން ޗެލްސީގެ ނަތީޖާތައް ދަށްވެފައިވާ މައްސަލައިގައި އެ ކުލަބުގެ އިސްވެރިންގެ ކަންބޮޑުވުން އޮތް ކަމަށާއި، އެކަމުގެ ޕްރެޝަރު ޕޮޗެޓީނޯ އަށް ކުރާނެ ކަމަށް މީޑިއާ ތަކުން ބުނެ އެވެ.

ޗެލްސީގެ ނަތީޖާތައް ދަށްވާ މައްސަލައިގައި ޕޮޗެޓީނޯ ބުނީ، ކޮންމެ ކަމެއް ވެސް ކުރެވޭނީ އެކަށީގެންވާ ވަގުތު ލިބިގެން ކަމަށެވެ. އެގޮތުން ޗެލްސީ އާއެކު ކުރިއަށް ދިޔުމަށް، އޭނާ އަށް އެކަށީގެންވާ މިންވަރަށް ވަގުތު ބޭނުންވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެންމެ ފަހުންް ކުޅުނު މެޗަށްފަހު ޕޮޗެޓީނޯ ބުނީ، އެއީ ޗެލްސީ އަށް ހައްގު މިންވަރު ނޫން ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި ޗެލްސީގައި އޮތީ ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ސްކޮޑެކެވެ. އެހެންކަމުން، އެ ކުޅުންތެރިންނަށް ތަޖުރިބާ ބޭނުންވާނެ ކަމަށާއި، މިހާރު ވެސް އެ ކުޅުންތެރިން އަންނަނީ ކަންތައްތައް ދަސްކޮށް، ކުރިއަށް ދާން މަސައްކަތް ކުރަމުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ހަމައެހެންމެ، ޗެލްސީގެ ޓީމާމެދު ފުރިހަމަ އިތުބާރާއި، އުންމީދު އޮތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޗެލްސީމައުރީސިއޯ ޕޮޗެޓީނޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު