Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީނީ މަގު ތަރައްގީކުރުން

އަމީނީ މަގުގެ ފަހު ދެ ސެގްމެންޓް އިތުރަށް ފުޅާކޮށް، ސްކޫލު ޓާމް ފެށުމުގެ ކުރިން ހުޅުވާލުމަކީ އުންމީދެއް: މުއްތަލިބު

އަމީނީ މަގުގެ މަސައްކަތް ކުރިއަށްގެންދަނީ 13 ސެގްމަންޓަކަށް ބަހާލައިގެން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 23 ޑިސެމްބަރު 2023 | ހޮނިހިރު 16:43
އަމީނީމަގުގެ ފަހު ސެގްމަންޓްގެ މަސައްކަތް ކުރިއަށްދަނީ

އަމީނީމަގުގެ ފަހު ސެގްމަންޓްގެ މަސައްކަތް ކުރިއަށްދަނީ

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންދާ ބައިގައި، މަގު ފުޅާކޮށް ޖެނުއަރީގައި ސްކޫލު ފެށުމުގެ ކުރިން އެ މަގު ހުޅުވުމަކީ އުންމީދެއް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲަ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އަމީނީ މަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ފަށައިފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ.

Advertisement - newsAdvertisement

އެ މަސައްކަތް ބައްލަވާލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމީނީ މަގުގެ މިހާރު ހެދެމުންދާ ބަޔަކީ ބޮޑެތި ބަސް ދެކޮޅަށް ދުއްވާ ބަޔަކަށްވުމާއެކު މަގު ހެދިގެން ދަނީ އިތުރަށް ފުޅާކުރެވިގެން ކަމަށެވެ.

އަދި އެ މަސައްކަތުގައި ވަޒީރުގެ އުންމީދަކީ ކުރިއަށް އޮތް ސްކޫލް ޓާމް ފެށުމުގެ ކުރިން ތާރުއަޅާ މަގު ބޭނުންކުރަން ފެށުން ކަމަށް ވަޒީރު ވިދާޅުވި އެވެ.

އަމީނީ މަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މުޅި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 13 ސެގްމެންޓަކަށް ބަހާލައިގެންނެވެ. އެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހްގެ ސަރުކާރުގައި 22 ސެޕްޓެންބަރު 2022ގައި އެވެ.

ވިއްސާރަ މޫސުމުގައި މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވެ، ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވާ އެއް މަގުކަމަށްވާ އަމީނީމަގު ތަރައްގީކުރުމަށް ޕްލޭނިންގ މިނިސްޓްރީން އާރްޑީސީއެކު ސޮއިކުރީ، އެ މަގުގައި ތާރު އަޅައިގެން ހެދުމަށެވެ. 1.7 ކިލޯމީޓަރުގެ މި މަގު ހެދުމަށް ޚަރަދުވަނީ ޖުމްލަ 84 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.

މިމަޝްރޫއު ހަވާލުކޮށްފައިވަނީ 210 ދުވަސް ނުވަތަ ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އެހެން ނަމަވެސް މި މަގުގެ މަސައްކަތްތަކަށް ލަސްކަމެއް އައިސްފައިވަނީ މަގު ހެދުމަށް ބޭނުންވާ ބައެއް އާލާތްތައް ލިބުމުގައި ދަތިވުމާއި، ވިއްސާރަވުމާ ގުޅިގެން މަސައްކަތް ކުރިއަށް ނުގެންދެވުމާއި އަދި، އަދިވެސް ދިމާވި ބައެއް ސަބަބުތަކާ ގުޅިގެންނެވެ.

އަމީނީ މަގުމިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2025

ފުރަތަމަ އަހަރު ފަށާނެ ކަމަށް ބުނި އައްޑޫ ބުރިޖުގެ މަސައްކަތް ދެވަނަ ބަޔަކާ ހަވާލުކޮށްފި

26 އޮކްޓޯބަރު 2025
ފުރަތަމަ އަހަރު ފަށާނެ ކަމަށް ބުނި އައްޑޫ ބުރިޖުގެ މަސައްކަތް ދެވަނަ ބަޔަކާ ހަވާލުކޮށްފި
07 އޯގަސްޓު 2025

ފްލެޓުތަކާ ގުޅޭ ޝަކުވާތައް ހިފައިގެން އާންމުން ހައުންސިން މިނިސްޓްރީ އަށް

07 އޯގަސްޓު 2025
ފްލެޓުތަކާ ގުޅޭ ޝަކުވާތައް ހިފައިގެން އާންމުން ހައުންސިން މިނިސްޓްރީ އަށް
19 މެއި 2024

މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި

19 މެއި 2024
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
19 މެއި 2024

އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް މިނިސްޓްރީން އަންގައިފި

19 މެއި 2024
އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް މިނިސްޓްރީން އަންގައިފި
20 މާރިޗު 2024

ބުރިޖުގެ މެއިންޓަނަންސް ބަލަހައްޓަން ބުރިޖު ހެދި ކުންފުންޏަށް 3 އަހަރަށް

20 މާރިޗު 2024
ބުރިޖުގެ މެއިންޓަނަންސް ބަލަހައްޓަން ބުރިޖު ހެދި ކުންފުންޏަށް 3 އަހަރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު