Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިޔާ ސްކީމް

ވެރިފައި ކުރާނީ ފްލެޓު ލިބުނު 4000 މީހުންގެ ފޯމުތައް އެކަނި: ސަރުކާރު

ގެދޮރުވެރިޔާ ސްކީމަށް ހުށަހަޅާފައިވާ އެންމެންގެ ފޯމުތައް ވެރިފައި ނުކުރަން ވަނީ ނިންމާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 14 ޖެނުއަރީ 2025 | އަންގާރަ 11:03
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު

ދެން ވެރިފައި ކުރާނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު 4000 މީހުންގެ ފޯމުތައް އެކަނި ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިފަދައިން ހާމަކުރީ ފްލެޓް ލިސްޓުގެ ސައްޚަކަން ވެރިފައި ކުރާކަަމަށް ބުނިތާ އަހަރެއް ފާއިތުވިފަހުން، ރައީސް އޮފީހުގައި އަންގާރަ ދުވަހު ކުރިއަށް ދިއަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވީ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.

މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމަށް ހުށަހަޅާފައިވާ އެންމެންގެ ފޯމުތައް ވެރިފައި ނުކުރަން ނިންމާފައިވާ ކަމަށާއި ދެން ވެރިފައި ކުރާނީ ފްލެޓު ލިބުނު 4000 މީހުންގެ ފޯމުތައް އެކަނި ކަމަށެވެ.

ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރާނީ ފްލެޓު ދޫކުރާ އުސޫލާއި ގެދޮރުވެރިޔާ ޕޯޓަލްގައި ދީފައިވާ އިރުޝާދުތަކަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ފޯމުގައި ހުށަހަޅަން ބުނެފައިވާ ލިޔުންތައް ފިޔަވައި އިތުރު ލިޔުމެއް ހުށަހަޅާފައިވާ ނަމަ ފޯމު ވެރިފައި ކުރާއިރު އެ ލިޔުމަށް ނުބަލާނެ އެވެ.

މިނިސްޓަރ މުއްތަލި ވިދާޅުވީ މި ވެރިފިކޭޝަން ޕްރޮސެސް ކުރިއަށްދާއިރު ބަލާނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު، ގެޒެޓް ކުރެވުނު "ގެދޮރުވެރިޔާ" ސްކީމްގެ ފްލެޓް ދޫކުރާ އުސޫލު G20/2022 އަށްކަމަށާއި އަދި އެޕްލިކޭޝަން ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ގެދޮރުވެރިން ޕޯޓަލްގައި ދީފައިވާ އިރުޝާދުތަކަށްކަމަށެވެ.

ލިސްޓުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަރުޙަލާގައި، މާލޭގައި ދިރިއުޅުމުގެ މުއްދަތަށް އައި މެދުކެނޑުމެއްގެ ވާހަކަ ބަޔާންކޮށްފައި ނުވާތީ، އެފަދަ މެދުކެނޑުމެއް ކަމުގައި ބެލެވޭނީ އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް މެދުކެނޑިފައިވާނަމަ ކަމަށް މުއްތަލިބު ވިދާޅުވިއެވެ

މުއްތަލިބު ވިދާޅިގޮތުން ނަމަ އެގޮތަށް ނިންމެވީ، މާލޭގައި ދިރިއުޅުމުގެ މުއްދަތު މެދުކެނޑުމުގެ ސަބަބުން ބައެއް ފަރާތްތަކުގެ ޝަރުތު ފުރިހަމަ ނުވެދާނެކަމަށް ފެންނާތީ، ވީހާވެސް ގިނަ ބަޔަކަށް ލިސްޓުން ފުރުސަތު ދިނުމުގެ މަޤްޞަދުގައި އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފްލެޓު ދިނުމަށެވެ. އަދި ފުރަތަމަ ނިމޭ 4،000 ފްލެޓު ހަވާލުކުރަން ބުނީ އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު މީހުންނަށެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު