Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް

ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވަރަށް ބޮޑަށް ހޯދާނަން: މެންބަރު ޔާސިރު

23 ޑިސެމްބަރު 2023 | ހޮނިހިރު 08:47

އެމްޑީޕީގެ ތެރޭގައިވެސް މަޝްވަރާތައް ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޑިސެމްބަރު 2023 | ހޮނިހިރު 08:47
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު، ޔާސިރު އަބްދުއްލަތީފު

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު، ޔާސިރު އަބްދުއްލަތީފު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ވަރަށް ބޮޑަށް ހޯދަމުންދާ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ، މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި، އެމްޑީޕީގެ ތެރޭގައިވެސް މަޝްވަރާތައް ކުރިއަށްދާކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން ވަކި ސްޓޭންޑެއް ނުނަންގަވާކަމަށް ޔާސިރު ވިދާޅުވިއެވެ. ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ދެއްވާ އިރުޝާދަށް އިޝާރަތް ކުރައްވައި ޔާސިރު ވިދާޅުވީ، ދިވެހި ގައުމަށް އެންމެ ރަނގަޅު ގޮތަށް ކަންކަން ނިންމުމަށް އަންގަވާފައިވާކަމަށެވެ.

ޔާސިރު ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ގާތް ރައްޓެހިންނާއި، ދާއިރާގެ ރައްޔިތުންނާވެސް މަޝްވަރާ ކުރަމުންދާކަމަށާއި، ޚިޔާލުތައް ހޯދަމުންދާކަމަށެވެ. މި ކެބިނެޓުގައި ތިއްބެވި ބައެއް ވަޒީރުންނަކީ ގާބިލް ބޭފުޅުން ނޫންކަމަށާއި، ކޮލިޓީ ނެތް ބޭފުޅުންނަށް ރުހުންދިނުމަކީ މަޖިލިސް މެންބަރުން ކުރައްވައިގެން ވާނެ ކަމެއް ނޫންކަމަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުން ބުނަމުންދާ ކަމަށް ޔާސިރު ވިދާޅުވިއެވެ.

މީގެ އިތުރުން ކެބިނެޓްގެ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށްފަހު، މައްސަލަތައް އުޅޭނަމަ މަޖިލީހުގެ ތެރެއިން މަގާމުން ދުރުކުރާ ގޮތަށްވެސް ޚިޔާލު ހުށަހަޅާފައިވާކަމަށް ޔާސިރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މަސައްކަތުގައި ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އިސްކުރައްވާނެ ކަމަށެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު، ޔާސިރު އަބްދުއްލަތީފް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2024

"ފެހި ޤާނޫނުއަސާސީގެ ދަށުން ހޯދި ހައްގުތަކުން މިހާރު ލިބެނީ ކިހާ މިންވަރެއްތޯ މިއަދު ސުވާލު އުފެއްދުން މުހިންމު"

06 ޑިސެމްބަރު 2024
"ފެހި ޤާނޫނުއަސާސީގެ ދަށުން ހޯދި ހައްގުތަކުން މިހާރު ލިބެނީ ކިހާ މިންވަރެއްތޯ މިއަދު ސުވާލު އުފެއްދުން މުހިންމު"
06 ފެބުރުއަރީ 2024

މަސްދޯނިތަކަށް ސިފައިން އަރާ ވާހަކަދެކެވޭއިރު، މިއަދުގެ ރައީސަށް އެކަމާ ބަހެއް ވިދާޅުވާން ކެރިވަޑައިނުގެންނެވި: ޔާސިރު

06 ފެބުރުއަރީ 2024
މަސްދޯނިތަކަށް ސިފައިން އަރާ ވާހަކަދެކެވޭއިރު، މިއަދުގެ ރައީސަށް އެކަމާ ބަހެއް ވިދާޅުވާން ކެރިވަޑައިނުގެންނެވި: ޔާސިރު
20 ޑިސެމްބަރު 2023

މުސާރައިގެ ބަދަލަކީ އެމްޑީޕީގެ ފައިދާއަށް ކުރި ކަމެއްނަމަ އެކަން ކުރާނީ ދައުރު ނިމެންވީމައެއް ނޫން: ޔާސިރު

20 ޑިސެމްބަރު 2023
މުސާރައިގެ ބަދަލަކީ އެމްޑީޕީގެ ފައިދާއަށް ކުރި ކަމެއްނަމަ އެކަން ކުރާނީ ދައުރު ނިމެންވީމައެއް ނޫން: ޔާސިރު
10 ޑިސެމްބަރު 2023

ސަރުކާރު ހިންގުމުގެ ހަރަދުކުޑައެއް ނުކުރޭ، ފެންނަނީ ކޯޅިކޯޅިއަށް ސްޓޭޓް މިނިސްޓަރުން އައްޔަންކުރާ މަންޒަރު: މެންބަރު ޔާސިރު

10 ޑިސެމްބަރު 2023
ސަރުކާރު ހިންގުމުގެ ހަރަދުކުޑައެއް ނުކުރޭ، ފެންނަނީ ކޯޅިކޯޅިއަށް ސްޓޭޓް މިނިސްޓަރުން އައްޔަންކުރާ މަންޒަރު: މެންބަރު ޔާސިރު
10 ޑިސެމްބަރު 2023

ފުށިދިއްގަރުފަޅު ހިއްކުމަށްވުރެ ނިންމަންޖެހޭ މުހިންމު މަޝްރޫޢުތައް މިވަގުތަށް އެބަހުރި: ޔާސިރު

10 ޑިސެމްބަރު 2023
ފުށިދިއްގަރުފަޅު ހިއްކުމަށްވުރެ ނިންމަންޖެހޭ މުހިންމު މަޝްރޫޢުތައް މިވަގުތަށް އެބަހުރި: ޔާސިރު
28 އޮކްޓޯބަރު 2023

އިންތިޚާބީ ރައީސް، މުއިއްޒުއަށް މިނިވަންކަމާއެކު ވެރިކަން ކުރެއްވިދާނެކަމަށް ގަބޫލެއްނުކުރެވޭ: މެންބަރު ޔާސިރު

28 އޮކްޓޯބަރު 2023
އިންތިޚާބީ ރައީސް، މުއިއްޒުއަށް މިނިވަންކަމާއެކު ވެރިކަން ކުރެއްވިދާނެކަމަށް ގަބޫލެއްނުކުރެވޭ: މެންބަރު ޔާސިރު
28 އޮކްޓޯބަރު 2023

ޓްރާންސިޝަން މަރުހަލާގައި އެއްބާރުލުން ނުލިބޭކަމަށް ބުނާނަމަ، އެއްބާރުލުން ނުލިބޭ މުއައްސަސާގެ ނަން ބުނަންޖެހޭ: މެންބަރު ޔާސިރު

28 އޮކްޓޯބަރު 2023
ޓްރާންސިޝަން މަރުހަލާގައި އެއްބާރުލުން ނުލިބޭކަމަށް ބުނާނަމަ، އެއްބާރުލުން ނުލިބޭ މުއައްސަސާގެ ނަން ބުނަންޖެހޭ: މެންބަރު ޔާސިރު
27 އޮކްޓޯބަރު 2023

އެމްޑީޕީގެ ގިނި މަޑުވެއްޖެކަމުގެ މަންޒަރު ދެއްކުމަށް ބަޔަކު މީހުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއްނުވާނެ: މެންބަރު ޔާސިރު

27 އޮކްޓޯބަރު 2023
އެމްޑީޕީގެ ގިނި މަޑުވެއްޖެކަމުގެ މަންޒަރު ދެއްކުމަށް ބަޔަކު މީހުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއްނުވާނެ: މެންބަރު ޔާސިރު
25 އޮކްޓޯބަރު 2023

ދިވެހިރާއްޖޭގެ ޗާޓަށް ސިޔާސީ ގޮތުން ކުޅުދުއްފުށީ އައުން ވެގެންދިޔައީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކަށް: ޔާސިރު

25 އޮކްޓޯބަރު 2023
ދިވެހިރާއްޖޭގެ ޗާޓަށް ސިޔާސީ ގޮތުން ކުޅުދުއްފުށީ އައުން ވެގެންދިޔައީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކަށް: ޔާސިރު
24 އޮކްޓޯބަރު 2023

މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ ކުރިއަށް ގެންދަވަނީ ސިލެކްޓިވްކޮށް: ޔާސިރު

24 އޮކްޓޯބަރު 2023
މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ ކުރިއަށް ގެންދަވަނީ ސިލެކްޓިވްކޮށް: ޔާސިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް