Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައޫދީ ޕްރޯ ލީގު

މޮޅާއެކު އަލް އަހްލީ ސައޫދީ ތިންވަނައިގަައި

ސީޒަންގެ ކުރީކޮޅު އަލް އަހްލީ ސައޫދީގެ ކުޅުން ދަށްވިނަމަވެސް، ފަހަކަށް އައިސް އެ ޓީމު އަންނަނީ ތިންވަނައިގައި ހިފަހައްޓަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޑިސެމްބަރު 2023 | ހޮނިހިރު 04:57
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އަހްލީ ސައޫދީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އަހްލީ ސައޫދީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސައުދީ ޕްރޯ ލީގުގައި އަލް ހަޒްމާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް އަހްލީ ސައުދީން ލީގު ތާވަލްގެ ތިން ވަަނައިގައި ދެމިއޮވެއްޖެއެވެ.

ލީގުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 4-0ންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލް އަހްލީ ސައޫދީއަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ، ރިޔާދު މާރޭޒްއެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ ދެވަނަ ހާފުގައެވެ. މެޗުގެ 58 ވަނަ މިނެޓުގައި އަލް އަހްލީ ސައޫދީގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ ގަބްރީ ވިއެގާއެވެ. އޭގެ ފަހުން މެޗުގެ 81 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ ފެރާން އަލްބްރިކާންއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އެ ޓީމުގެ ފަހު ލަނޑު ޖެހީ މެރިހް ޑެމިރަލްއެވެ.

އަލް ހަޒްމް އަތުން ހޯދި މޮޅާއެކު އަލް އަހްލީ ސައުދީ ލީގު ތާވަލްގެ ތިން ވަނައިގައި އޮތީ، މިހާތަނަށް ކުޅުނު 18 މެޗުން 37 ޕޮއިންޓު ހޯދައިގެންނެވެ. ސީޒަންގެ ކުރީކޮޅު އަލް އަހްލީ ސައޫދީގެ ކުޅުން ދަށްވިނަމަވެސް، ފަހަކަށް އައިސް އެ ޓީމު އަންނަނީ ތިންވަނައިގައި ހިފަހައްޓަމުންނެވެ.

ސައުދީ ޕްރޯ ލީގުއަލް އަހްލީ ސައުދީ

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
28 ޖެނުއަރީ 2025

ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި

28 ޖެނުއަރީ 2025
ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި
28 ޖެނުއަރީ 2025

އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

28 ޖެނުއަރީ 2025
އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި
07 ޑިސެމްބަރު 2024

އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި

07 ޑިސެމްބަރު 2024
އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު