Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް އަހްލީ

އިވާން ޓޯނޭ ސައުދީ ލީގުގެ އަލް އަހްލީ އަށް

އެ ކުލަބާ އެކު އޭނާ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 އޯގަސްޓު 2024 | ހޮނިހިރު 05:15
ބްރެންޓްފޯޑަށް ކުޅެމުން އައި އިވާން ޓޯނޭ

ބްރެންޓްފޯޑަށް ކުޅެމުން އައި އިވާން ޓޯނޭ

ބްރެންޓްފޯޑަށް ކުޅެމުން އައި އިންގްލެންޑުގެ ސްޓްރައިކަރ އިވާން ޓޯނޭ، ސައުދީ ޕްރޯ ލީގުގެ އަލް އަހްލީ ސައުދީ އަށް ބަދަލު ވެއްޖެ އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ބްރެންޓްފޯޑަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ، އޭނާ ވަނީ އަލް އަހްލީ އަށް ބަދަލުވެފަ އެވެ. އޭނާ ހޯދުމަށް އަލް އަހްލީން ވަނީ 40 މިލިއަން ޔޫރޯ ދައްކައިފަ އެވެ.

އަލް އަހްލީ އާއެކު ޓޯނޭ ސޮއި ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަލް އަހްލީ އަކީ ޓޯނޭގެ ސީނިއާ ކެރިއަރުގައި އޭނާ ކުޅޭނެ ދިހަ ވަނަ ކުލަބެވެ.

ޓޯނޭ ވަނޯ ބްރެންޓްފޯޑުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 141 މެޗުގައި 72 ލަނޑު ޖަހައިފަ އެވެ. ޓޯނޭ އަށް ވަނީ، 2023 ވަނަ އަހަރު އިންގްލެންޑުގެ ޤައުމީ ޓީމުން ވެސް ޖާގަ ލިބިފަ އެވެ. އޭނާ ވަނީ ޤައުމީ ޓީމަށް ހަ މެޗު ކުޅެދީ އެއް ލަނޑު ޖަހައިފަ އެވެ.

ބްރެންޓްފޯޑު އިވާން ޓޯނޭއަލް އަހްލީ ސައުދީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
28 ސެޕްޓެމްބަރު 2025

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

28 ސެޕްޓެމްބަރު 2025
ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް
14 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި

14 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި
16 ޖުލައި 2025

ހެންޑަސަން ބްރެންޓްފޯޑަށް ބަދަލުވެއްޖެ

16 ޖުލައި 2025
ހެންޑަސަން ބްރެންޓްފޯޑަށް ބަދަލުވެއްޖެ
03 ފެބުރުއަރީ 2025

ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

03 ފެބުރުއަރީ 2025
ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު