Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް ފެތުރެނީ

ކޮވިޑް 19 އަނެއްކާވެސް ފެތުރެން ފަށައިފި

22 ޑިސެމްބަރު 2023 | ހުކުރު 17:27

އިންޑިޔާގައި 142 އައު ކޮވިޑް ކޭސް ވަނީ ފެނިފައެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 22 ޑިސެމްބަރު 2023 | ހުކުރު 17:27
ކޮވިޑް 19 ގެ ވައިރަސް

ކޮވިޑް 19 ގެ ވައިރަސް

ކޮވިޑް 19ގެ އައު ވޭރިއަންޓަކާއެކު ކޮވިޑް އަލުން ފެތުރެން ފަށާފައި ވާކަމަށް ޚަބަރު ލިބެއެވެ. މިއާއެކު ވަރލްޑްހެލްތު އޯގަނައިޒޭޝަނުން ވަނީ މިއައު ވައިރަސް ފެތުރިގެން ދިޔަ ނުދިނުމަށްޓަކާ ފިޔަވަޅުތައް އަޅަން ގައުމުތަކަށް ގޮވާލާފައެވެ.

އިންޑިޔާގައި 142 އައު ކޮވިޑް ކޭސް ވަނީ ފެނިފައެވެ. ކެރަލާއިން އެކަނިވެސް 115 ކޭސް ފެނިފައިވާއިރު އެކަކުވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. މީގެ އިތުރުން ކަރަނާޓަކާގައިވެސް ވަނީ އެކަކު މަރުވެފައެވެ. އަދި އެސްޓޭޓްގައިވަނީ ފަސްދޮޅަސް އަހަރުން މަތީގެ މީހުންނަށް މާސްކް އެޅުން މަޖްބޫރު ކޮށްފައެވެ.

ކޮވިޑް ފެތުރެމުންދާ އެހެން ގައުމު ތަކަށް ބަލާއިރު، ސިންގަޕޫރުގައި ޑިސެމްބަރ 9 ވަނަ ދުވަހާ ހަމަޔަށް 56،000 އިތުރު ކޮވިޑް ކޭސް ވަނީ ރިކޯޑް ކޮށްފައެވެ. އޭގެ ކުރީ ހަފްތާގައި 32 ހާސް ކޭސް ރިކޯޑް ކޮށްފައި ވާއިރު، 56ހާސް ކޭހަށް އިތުރު ވެފައިވަނީ އެއްހަފްތާ  ތެރޭގައި ކަމަށް ވެއެވެ. މީގެ ތެރޭން ގިނަ މީހުން ނަށް ޖެހިފައިވަނީ އައު ވޭރިއަންޓް ކަމަށްވާ ޖޭއެން ޕޮއިންޓް ވަން ވޭރިއަންޓެވެ.

ޔޫރަޕަށް ބަލާއިރު އިގިރޭސިވިލާތުންވެސް މިހާރު ކޮވިޑް ފެތުރިދާނެ ހާލަތަކަށް ތައްޔާރުވާ ކަމަށް ޚަބަރުލިބެއެވެ. ޑިސެމްބަރ 9ވަނަ ދުވަހާ ހަމަޔަށް އިންގލަންޑުން ހަ-ހާހެއްހާ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ ކުރީ ހަފްތާއަށް ވުރެ 38 އިންސައްތައިގެ އިތުރު ވުމެކެވެ.

ޖަރމަނީގައިވެސް 2022 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުން ބަލިޖެހޭ މިންވަރު އެންމެ މައްޗަށް ގޮސްފައިވަނީ މިހާރު ކަމަށް ވެއެވެ. ޖަރމަނީގައިވެސް ބަލިޖެހޭ ގިނަ މީހުންނަށް ޖެހިފައި ވަނީ ޖޭއެން ޕޮއިންޓް ވަން ސަބް ވޭރިއަންޓެވެ. މިއާއެކު ސަރުކާރުން ވަނީ ވެކްސިން ޖެހުން އިތުރު ކުރުމަށް އަންގާފައެވެ.

އެމެރިކާއަށް ބަލާ އިރު 17 ސްޓޭޓެއްގައި ނޭވާހިއްލާ ނިޒާމަށް ޖެހޭބަލިފެތުރޭ މިންވަރު މަތި، ނުވަތަ ވަރަށް މަތިކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. އަދި ކޮވިޑް 19 ގެ 23،432 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް ވެއެވެ. އެއާއެކު ސަރުކާރުން ވަނީ ކޮވިޑް 19 އަދި ފްލޫ ވެކްސިން ޖެހުމަށް އަންގާފައެވެ.

ޗައިނާއިން ވެސް މަހެއްހާދުވަހުގެ ތެރޭ ޖޭ.އެން.ޕޮއިންޓް.ވަން ވޭރިއަންޓް ގެ 7 ކޭސް ފެނިފައިވާ ކަމަށް ވެއެވެ.

 ކޮވިޑް 19ގެ އައު ވޭރިއަންޓް ޖެހުމުން ފެންނަ އަލާމާތްތަކަކީ ހުން އައުން، ނޭފަތުން ރޯގާއައުން، ކަރުތެރެ އިންފެކްޓްވުން މައިގްރެއިން އަދި ބަނޑުގެ ބައެއްކަހަލަ މައްސަލަ ތައްކަމަށް ވެއެވެ.

ކޮވިޑް-19

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް