Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފުލުހުން ހިންގި ޖަރީމާ

ޗިސްޗިސް ކޮށްލިއަސް، މިނިވަން ނޫސްވެރިކަން ހުއްޓައެއް ނުލާނަން

ތަކުރާރުކޮށް އަނިޔާކުރަނީ ނޫސްވެރިއަކަށްވީތީ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 29 ޖުލައި 2017 | ހޮނިހިރު 07:18
ނޫސްވެރިންތަކެއް ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އަރުވާފައި

ނޫސްވެރިންތަކެއް ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އަރުވާފައި

ފުލުުހުންގެ ބައެއް މީހުންގެ ހިތުގައި ނޫސްވެރިންނާ މެދު އޮތް ރުޅިވެރިކަމާ ހިތްހަމަ ނުޖެހުން މީގެ ކުރިން ވެސް އެތައް ފަހަރަކު ވަނީ ފެނިގެން ގޮސްފަ އެވެ. މި ފަހަރު އެ ރުޅިވެރިކަން ފިލުވާލީ ތަފާތު ގޮތަކަށެވެ. ހައްދު ފަހަނާ އަޅާފައިވާ ފުލުހެއް ސީދާ އަޅުގަނޑުގެ މެޔަށް އޭނާގެ ފައިގެ ދަށްފުށް ހިތްޕާލީ އެވެ. ހީވީ މޭޗިސް ޗިސްވި ހެންނެވެ. އަޅުގަނޑަށް ކުރި އަނިޔާއާ މެދު އެއްވެސް ޝަކުވާއެއް ނެތެވެ. ކަންބޮޑުވަނީ އަޅުގަނޑަށް އަނިޔާ ކުރީ ނޫސްވެރިއަކަށް ވާތީ ކަމެވެ. އެތައް ނޫސްވެރިއަކު އަނިޔާވެރި ގޮތަކަށް ހައްޔަރުކޮށްގެން ގެންދިޔައިރު އެ މަންޒަރުތައް ގާތުން ބަލަން ހުރި މީހަކީ އަޅުގަނޑު ކަމަށް ވުމެވެ. އެމީހުންނާ މެދު އަމަލުކުރި ބޭއިންސާފުގެ މަންޒަރުތައް ވީވަރަކުން ނަގަން މަސައްކަތް ކުރީތީ އެވެ. މީގެ ކުރިން ވެސް ފުލުހުން ވަނީ ގޭގެއިން މީހުން ހައްޔަރުކޮށްގެން ނެރެ ފުލުހުންގެ ވެހިކަލަށް އަރުވާފަ އެވެ. ނޫސްވެރިންނާ ކެމެރާމަނުން ގާތުން އެ މަންޒަރުތައް ފޮޓޯ ނަގާފައިވާއިރު ފުލުހުން އެކަން މަނާކޮށްފައި ނުވެއެވެ. ވީއިރު އެމްޑީޕީ ހަރުގެ ތެރެއިން ނެރެގެން ނޫސްވެރިން ގެންދިޔަ މަންޒަރު ނެގުމަށް އޭހާ ބޮޑަށް ފުލުހުން ހުރަސް އެޅީ ކޮން ކަމަކާތޯ އެވެ.

ފުލުހުން މަސައްކަތް ކުރީ އަޅުގަނޑުގެ އަތުގައި ހުރި ހެކި ނައްތާލުމަށެވެ. ތަކުރާރުކޮށް އެދުނީ ފޮޓޯ ނުނެގުމަށާއި ނަގާފައިހުރި ފޮޓޯތައް ޑިލިޓް ކުރުމަށެވެ. ނޫނީ ފޯނު އެމީހުންގެ އަތަށް ދިނުމަށާއި ނުދީފިއްޔާ ފޯނުއަތުލާނެ ކަމުގެ އިންޒާރު ވެސް ދިނީ އެވެ. ރައްދުގައި ކޯޓު އަމުރެއްގެ ދަށުން ނޫނީ ފޯނު އަތުނުލެވޭނެ ކަމަށާއި ފޯނުގައި ހުރި ފޮޓޯތައް ޑިލިޓް ވެސް ނުކުރުވޭނެ ކަމަށް އަޅުގަނޑު ގެންދިޔައީ ބުނަމުންނެވެ. އޭގެ ނަތީޖާއަކަށްވީ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ދާން ޖެހުމެވެ. ފުލުހުންގެ ޕިކަޕަށް އަޅުގަނޑު އެރުވިއިރު އަޅުގަނޑާއެކު ރާއްޖެޓީވީގައި މަސައްކަތް ކުރާ މުހައްމަދު ވިސާމާއި މަމްދޫހް ވެސް އަދި އެހެން ސްޓޭޝަންތަކުގެ ނޫސްވެރިން ވެސް އެ ޕިކަޕްގައި ތިއްބެވެ. އޭރުވެސް ފުލުހުން އެދެނީ އެ ފޮޓޯތައް ޑިލިސްޓް ކުރުމަށެވެ. އިތުރަށް އެއްވެސް ފޮޓޯއެއް ނުނެގުމަށެވެ. އެ ވަގުތު އަޅުގަނޑު ބޭނުންވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާތީ ފޯނު އެހެން މީހެއްގެ އަތަށް ދީފައި ދާށެވެ. އެހެން ކަމުން ޕިކަޕާއި ހުރި ކެފޭއެއްގައި ތިބި މީހުން ގާތު ފޯނާ ހަވާލުވުމަށް މީހަކު އައުމަށް އެދުނީމެވެ. ޕިކަޕް ތެރޭގައި ހުއްޓާ ޕިކަޕަށް އަރައިގެން އައި އެސްއޯ ފުލުހަކު އޭނާ އަރައިގެން ހުރި ބޫޓުން ޖެހުނުހާ ބާރަކަށް މޭގައި ކޮޅުފައިން ޖެހީ އަޅުގަނޑު އެމީހުން ކުރި ޣައިރު ގާނޫނީ އަމުރަށް ތަބާނުވީމަ އެވެ.

އޭގެ ކުރީ ދެ ރޭ ވެސް މާލޭ ތެރޭގައި ހިނގި މުޒަހާރާ ލައިވް ކުރަމުންދިޔައިރު ފުލުހުން ވަނީ އަޅުގަނޑުގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހާފަ އެވެ. އަދި ފުލުހަކު އައިސް ރާއްޖެ ޓީވީގެ މައިކް ނިވާލަން އެދުމަށް ފަހު ނިވާ ނުލީމަ ކައިރިވެލާފައި އެ ގޮވި އައުގުރާނައަކީ މިހެން ކިޔާލަން ފަސޭހަ އެއްޗެއް ނޫނެވެ.

ރާއްޖެޓީވީން މަސައްކަތް ކުރަމުންދަނީ ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުންކޮށްގެންނެވެ. މަގުސަދަކީ ގައުމުގައި ހިނގާ ނުހިނގާ ކަންކަން ސާފުކޮށްދިނުމެވެ. ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ޚަބަރުތައް އެންމެ ތާޒާކަންމަތީ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ 24 ގަޑިއިރު މި ޗެނަލް ހިންގުމުގެ ބޭނުމެވެ. ސިޔާސީ ޕާޓީތަކުގެ މަސައްކަތްތަކާއި ގާނޫނާ ހިލާފަށް ހިންގާ ކަންކަމާ މެދު ފުލުހުން ދެކޭ ގޮތް ތަފްސީލްކޮށް ތަކުރާރުކޮށް ގެނެސްދިނުމަކީ ވެސް އަޅުގަނޑުމެންގެ މަސައްކަތެވެ. އަދި ދައުލަތުގެ އެކި މުއްސަސާތަކުން ނިންމާ ނިންމުގެ ސަބަބުންނާއި ފުލުހުންގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބިދޭ ގެއްލުންތަކުގެ ވާހަކަ ގެނެސްދެނީ ބިރެއް ނެތި އެވެ. އެ ޝަރީއަތް ހިނގާދާ ގޮތް ރިޕޯޓް ކުރުމުން އެ ޝަރުއީ ނިޒާމްގެ ބޭއިންސާފު ކަމަށް ބަޔަކު ދެކުމަކީ އަޅުގަނޑުމެންގެ ކުށެއް ހެއްޔެ އެވެ؟

ފުލުހުންނަށް ނޭނގޭ އެއްޗަކީ އަޅުގަނޑުމެން މި ތިބީ މިކަން ހުއްޓާލާކަށް ނޫން ކަމެވެ. މޭ ޗިސްކޮށްލިޔަސް ފިސް ފިސް ކޮށްލިޔަސް ގާނޫނު އަސާސީން ލިބިދޭ ނޫސްވެރިކަމުގެ ހައްގު ބޭނުން ކުރާނަމެވެ. އަޅުގަނޑަށް އަނިޔާކުރި ފުލުސް މީހާގެ ފޮޓޯ އާއި ވަނަވަރު ވެސް އާންމު ކުރާނަމެވެ. ދެވަނަ ފަހަރަށް އެއަށްވުރެ ބޮޑުވަރުކޮށްލަފާނެތީ ފަރުވާލެއް ނެތެވެ. ތެދު މައުލޫމާތާއި ޚަބަރު ފަތުރުވައިގެން ޖަލުގައި އޮންނަ ޖެހިދާނެތީ އެއްވެސް ބިރެއް ނުގަނެވެ. އަޅުގަނޑުމެން މި ތިބީ ގައުމީ މަސައްކަތެއްގަ އެވެ. ހައްދުފަހަނާ އަޅާފައިވާ އަނިޔާވެރި ފުލުހުން ހިމާޔަތްކުރާކަށް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

02 ސެޕްޓެމްބަރު 2017
މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

26 ޖުލައި 2017
މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

26 ޖުލައި 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު