Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
241 ކޮމިޓީ

ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވި މައްސަލައާއި، އެމްއެންޑީއެފްގެ ޖެނެރަލުން މަޖުބޫރުން ރިޓަޔަރވާކަމަށް ފާހަގަކުރެވޭ މައްސަލަ ބަލާ 241 ކޮމިޓީ ސިއްރުކޮށްފި

ނިމިދިޔަ ވެރިކަމުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނަމުންދާ މައްސަލަވެސް ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2023 | ބުރާސްފަތި 10:59
ކުރީގެ ނައިބު ރައީސް، މާލޭ އޭރިޔާގެ ފްރަންޓްލައިން ޕޮލިސް އޮފިސަރުންނާ ބައްދަލުކުރެއްވުން

ކުރީގެ ނައިބު ރައީސް، މާލޭ އޭރިޔާގެ ފްރަންޓްލައިން ޕޮލިސް އޮފިސަރުންނާ ބައްދަލުކުރެއްވުން

ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވި މައްސަލައާއި، އެމްއެންޑީއެފްގެ ޖެނެރަލުން މަޖުބޫރުން ރިޓަޔަރ ވާކަމަށް ފާހަގަކުރެވޭ މައްސަލަ ބަލަމުން އަންނަ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ސިއްރުކޮށްފިއެވެ.

ކޮމިޓީ ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 2:00ގައެވެ. ކޮމިޓީ ސިއްރުކޮށްފައިވާއިރު، ކޮމިޓީގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމަނާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގެ މަސައްކަތް ހުއްޓުވަން މަސައްކަތްކޮށްފައި ވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމެވެ.

Advertisement - newsAdvertisement

މި މައްސަލައަކީ ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ސިވިލް ކޯޓުގައި އެދުނު މައްސަލައެކެވެ.

މީގެ އިތުރުން ސިފައިންގެ މަތީ މަގާމުތަކުގައި ތިއްބެވި ޖެނެރަލުން ރިޓަޔަރކުރައްވަމުން ދަނީ މަޖުބޫރުން ކަމަށް ފާހަގަކުރެވޭތީ، އެކަން ބައްލަވައިދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުން ހިމެނެއެވެ. މި މައްސަލަ ބަލަމުންދަނީ ސަރުކާރު ބަދަލުވިފަހުން އެމްއެންޑީއެފްގެ އިސް ޖެނެރަލުންތަކެއް އަމިއްލައަށް ރިޓަޔަރވަމުންދާ މައްސަލައެވެ. ވެރިކަން ބަދަލުވިފަހުން މޭޖަރ ޖެނެރަލް ހާމިދު ޝަފީގު, މޭޖަރ ޖެނެރަލް ވައިސް ވަހީދު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަނީ ރިޓަޔަރ ކުރައްވާފައެވެ.

އަދި ނިމިދިޔަ ވެރިކަމުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނަމުންދާތީ، އެކަމުގެ ހަގީގަތް ދެނެގަތުމަށް ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ހުށަހަޅާފައިވާ ގަރާރާމެދު މަޝްވަރާކުރުން ހިމެނެއެވެ.

މި މައްސަލައަކީ އެމްޑީޕީ ސަރުކާރާ ގުޅުވައިގެން އިދިކޮޅުން ދައްކަމުންދިޔަ ވާހަކަތަކުގެ ޕަބްލިކް އިންކުއަރީއެއް ހެދުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގައި އެދުމަށް، އެ ޕާޓީން ގައުމީ މަޖިލީހުން ފާސްކުރި މައްސަލައިގެ ޕަބްލިކް އިންކުއަރީއެއް ހަދަން ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އިންކުއަރީ ހެދުމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވާ މައްސަލައެވެ.

މި މައްސަލައިގެ ތެރޭގައި؛ ނިމިދިޔަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގައި އެތައްހާސް އިންޑިއާ ސިފައިން ހަތިޔާރާއެކު ބައިތިއްބައިގެން، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގައިލުމަށް ސަރުކާރުން މަސައްކަތްކޮށްފައި ވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ހާމަކޮށް، ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ކަނޑައެޅި މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖެއަށް ގެންލުންވާގޮތަށް ކަމަށް ބުނެފައިވާ މައްސަލައާއި، އެފަދައިން އެކަން ހިނގާފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަރާތުން ގަސްތުގައި ނުކޮށް ދޫކޮށްލި ކަންތައްތަކަކާއި، ގަސްތުގައި ދިވެހި ގައުމަށް ގެއްލުންވާގޮތަށް އަޅާފައިވާ ފިޔަވަޅުތަކެއްގެ ސަބަބުންކަމާއި، އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އެއިރުގެ ސަރުކާރުން ވިއްކާލާފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ބަލައި، މި ކަންކަމުގެ ތެދު ދޮގު ދެނެގަނެ ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީމޯލްޑިވްސް ޕޮލިސް ސަރވިސްދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު