Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޕިޓަލް އަށް ދިން ހަމަލަ

ކެޕިޓަލް އަށް ދިން ހަމަލާގެ ކުށް ސާބިތުވެ ޕްރައުޑް ބޯއީސްގެ ކުރީގެ ލީޑަރު ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

21 ޑިސެމްބަރު 2023 | ބުރާސްފަތި 08:41

މިހަމަލަ ދިނުމުގެ ފަހަތުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވި ކަމަށް ވަނީ ތުހުމަތު ކޮށްފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 21 ޑިސެމްބަރު 2023 | ބުރާސްފަތި 08:41
އެމެރިކާގެ ކެޕްޓަލް އަށް ދިން ހަމަލައިގެ ތުހުމަތުގައި ޓްރަމްޕަށް ވެސް ވަނީ ދައުވާކޮށްފައި

އެމެރިކާގެ ކެޕްޓަލް އަށް ދިން ހަމަލައިގެ ތުހުމަތުގައި ޓްރަމްޕަށް ވެސް ވަނީ ދައުވާކޮށްފައި

އެމެރިކާގެ ހައްދުފަހަނައަޅާފައިވާ ޕްރައުޑް ބޯއީސް ހަރުކަށި ފިކުރުގެ ޖަމާއަތުގެ ކުރީގެ ލީޑަރަކު މީގެ ތިން އަހަރު ކުރިން އެމެރިކާގެ ކެޕިޓަލް އިމާރާތަށް ހަމަލާ ދިނުމުގެ ރޭވުމުގައި ބައިވެރިވި ކަމަށް ބުނެ ތިން އަހަރުހެ ޖަލު ހުކުމެއް އިއްވައިފިއެވެ. 

ޗާލްސް ޑޮނޯހޯ އަކީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ކޮންގްރެސްގެ ޖޮއިންޓް ސެޝަންގައި ރައީސް ޖޯ ބައިޑަން ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއަށް ހުރަސް އެޅުމަށް އެ ޖަމާއަތުގެ އެހެން މެންބަރުންނާ ގުޅިގެން ރޭވިކަމުގެ ކުށަށް އިއުތިރާފުވި އެ ޖަމާޢަތުގެ ދެވަނަ މެންބަރެވެ.

ނޯތު ކެރޮލައިނާގެ ކެނަރސްވިލްއަށް ނިސްބަތްވާ ޑޮނޯހޯ، 35، އާއި އޭނާގެ އާއިލާއިން ވަނީ ޖެނުއަރީ ހަވަނަ ދުވަހު އޭނާ ކުރި އަމަލުތަކަށް ގާނޫނު ތަންފީޒުކުރާ އޮފިސަރުންނާއި މުޅި އެމެރިކާގެ ކިބައިން މައާފަށް އެދިފައެވެ. 

އެމެރިކާގެ ޑިސްޓްރިކްޓް ގާޒީ ޓިމޮތީ ކެލީ ވަނީ އޭނާ ތިން އަހަރާއި ހަތަރު މަހަށް ޖަލަށް ލުމަށް އަންގާރަ ދުވަހު ހުކުމްކޮށްފަ އެވެ.

2021 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ޑޮނޯހޯ ހައްޔަރުކުރި ފަހުން އޭނާ މިހާރު ވެސް ޖަލުގައި ހޭދަކޮށްފައިވާތީ އޭނާގެ ހުކުމުން ކެނޑޭނެތީ މަހެއް ނުވަތަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އޭނާ ދޫކޮށްލުމުގެ ހައްގު ލިބިދާނެއެވެ.

ގާޒީ ވިދާޅުވީ ޑޮނޯހޯ އޭނާގެ ކުށްތަކަށް އިސްލާހު ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ތަން ފެންނަ ކަމަށެވެ. 

ޑޮނޯހޯ އަކީ ނޯތު ކެރޮލައިނާގެ ލޯކަލް ޕްރައުޑް ބޯއީސް ޗެޕްޓަރުގެ ރައީސެވެ. އޭނާ އަކީ ޕްރައުޑް ބޯއީސްގެ ކުރީގެ ގައުމީ ޗެއާމަން އެންރީކޭ ޓަރިއޯގެ ލެފްޓިނެންޓެކެވެ. 

އެމެރިކާގެ ރިޔާސީ ބާރުތައް ޑޮނަލްޑް ޓްރަމްޕްގެ އަތްޕުޅުން ބައިޑަންއަށް ސުލްހަވެރިކަމާއެކު ބަދަލުކުރުން ހުއްޓުވަން ރޭވި ކަމުގެ ކުށް ސާބިތުވެ، ޓެރިއޯ އާއި ޕްރައުޑް ބޯއީސްގެ ކުރީގެ ތިން ލީޑަރުންގެ މައްޗަށް މިދިޔަ މެއި މަހު ޖޫރީއަކުން ވަނީ ގައުމިއްޔަތާ ހިލާފު ރޭވުމެއް ރޭވި ކަމުގެ ކުށް ސާބިތުވެފައެވެ.

2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފެޑެރަލް އޮތޯރިޓީތަކަށް އެއްބާރުލުން ދޭން ޑޮނޯހޯ އެއްބަސްވީ، ރަސްމީ މަރުހަލާއަކަށް ހުރަސް އެޅުމަށް ރޭވުމާއި، ފުލުހުންނަށް ހަމަލާދިނުމާއި، ދެކޮޅު ހެދުމާއި، ހުރަސް އެޅުމުގެ ކުށުގެ ދެ ދައުވާއަށް އިއުތިރާފުވުމުންނެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅު ޓަރިއޯ އާއި އެހެނިހެން ޕްރައުޑް ބޯއީސްގެ ޝަރީއަތުގައި ހެކިބަސް ދިނުމަށް އޭނާ ހާޒިރުކޮށްފައެއް ނުވެއެވެ.

ޕްރޮސެކިއުޓަރުން ލަފާ ދިނީ ޑޮނޯހޯއަށް 35 މަހާއި 43 މަހާ ދެމެދުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ހުކުމް އިއްވުމުގެ ގައިޑްލައިންގައި ލަފާދީފައި ވަނީ 70 މަހާއި 87 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ.

އެމެރިކާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް