Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިމްރާން ޚާންގެ ސިޔާސީ ހަޔާތްޕުޅު

އިމްރާން ޚާން އޭއައި ބޭނުންކުރައްވައިގެން ޖަލުން ސަޕޯޓަރުންނާ މުޚާތަބުކުރައްވައިފި

އިމްރާން ޚާން ކޯޓުގައި ނުވަތަ ޖަލުގައި ހުންނެވި އެއްވެސް ފޮޓޯއެއްވެސް އާންމުވެފައެއް ނުވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2023 | ބުދަ 09:27
އިމްރާން ޚާން - ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު

އިމްރާން ޚާން - ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އާޓިފިޝަލް އިންޓެލިޖަންސް ނުވަތަ އޭއައި ބޭނުން ކުރައްވައިގެން ޖޯޝު ކައްކުވާލާފަދަ ގޮތަކަށް ސަޕޯޓަރުންނާ މުޚާތަބު ކުރައްވައިފިއެވެ.

މިކަމަށްޓަކައި އިމްރާންގެ ސޯޝަލް މީޑިއާ ޓީމުން ވަނީ އޭނާގެ އަޑުގެ ކްލޯން އެއް އުފައްދާފައެވެ. އެއާއެކު އާންމު އިންތިޚާބަށް ތައްޔާރުވެފައިވާ މިދަނޑިވަޅުގައި ސަޕޯޓަރުންނާ މުޚާތަބު ކުރެއްވުމުގެ ފުރުސަތު އިމްރާނަށް ވަނީ ލިބިވަޑައިގެންފައެވެ.

ކޮރަޕްޝަންގެ ކުށް ސާބިތުވުމަށްފަހު އޮގަސްޓު މަހުން ފެށިގެން އިމްރާން ހުންނެވީ ޖަލުގައެވެ. ކޮރަޕްޝަންގެ ދައުވާގެ އިތުރުން އޭނާގެ މައްޗަށް ވަނީ ދައުލަތުގެ މުހިންމު ޑޮކިއުމަންޓުތަކެއް ލީކް ކުރެއްވިކަމުގެ ދައުވާކޮށްފައެވެ. މިކަމަށް އިމްރާންވަނީ ތަކުރާރުކޮށް ދެކޮޅުހައްދަވާފައެވެ. އަދި އެއީ އަންނަ ފެބްރުއަރީ މަހު އޮންނަ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ގޮތް ހެދުމަށް ކުރި ކަމެއްކަމަށް ދަނީ ވިދާޅުވަމުންނެވެ.

ޕާކިސްތާނުގެ މީޑިއާގެ ކަންކަން ރެގިއުލޭޓް ކުރާ އިދާރާއިން ވަނީ އިމްރާން ޚާންގެ ތަގުރީރުތައް ބްރޯޑްކާސްޓްކުރުން ހުރިހާ ޓީވީ ސްޓޭޝަންތަކަށް މަނާކޮށްފައެވެ. އެއީ މޭމަހު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ސަޕޯޓަރުން ހަރުކަށިކަން ދައްކަން ފެށުމުން ތިންދުވަސް ވަންދެން އިންޓަރނެޓް ކަނޑާލަން ޖެހުމާއި ގުޅިގެންނެވެ.

އިމްރާންގެ ޝަރީއަތް ވެސް ކުރެވުނީ ދޮރުތައް ބަންދުކޮށްގެންނެވެ. އަދި ކޯޓުގައި ނުވަތަ ޖަލުގައި ހުންނެވި އެއްވެސް ފޮޓޯއެއް ވެސް އާންމުވެފައެއް ނުވެއެވެ.

އިމްރާންގެ ޕާޓީ ތަހްރީކޭ އިންސާފުން އާދީއްތަ ދުވަހުވަނީ ހަތް ގަޑިއިރެއްހާއިރުގެ އޮންލައިން ރެލީއެއް ބާއްވާފައެވެ. އަދި އިމްރާންގެ ހަތަރު މިނެޓެއްހާއިރުގެ ވާހަކަފުޅު ގެނެސްދީފައިވަނީ މި ރެލީގެ ތެރޭގައެވެ. އޭއައި އޯޑިއޯއަށް ވަނީ ކުރީގެ ފުޓޭޖްތަކާއި ފޮޓޯތައް ހިމަނާފައެވެ.

އިމްރާން ޚާންގެ އޭއައި ސްޕީޗްގައި އެ ތާރީޚީ މަސައްކަތަށްޓަކައި ސޯޝަލް މީޑިއާ ޓީމަށް ޝުކުރު އަދާކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ ޖަލުގައި އޭނާ ހުންނެވި ހާލަތާމެދު ސަޕޯޓަރުން ވިސްނާނެކަން އެނގިވަޑައިގަންނަވާކަމަށެވެ. އަދި ހަގީގީ މިނިވަންކަން ހޯއްދެވުމަށް ވަރަށް ވަރުގަދަ އަޒުމާއެކު ހުންނެވި ކަމަށް ވިދާޅުވެފައިވެއެވެ. މީގެއިތުރުން ޕާޓީ އަށް އާންމު އެއްވުންތައް ބޭއްވުން މަނާކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އަދި ސަރުކާރުން އިމްރާންއަށް ވަފާތެރި ފަރާތްތައް ކިޑްނެޕްކުރުމާއި އާއިލާތަކަށް ދުއްތުރާ ކުރުން ކުރިއަށްގެންދާކަން ފާހަގަކުރައްވާފައިވެއެވެ.

ތަހްރީކޭ އިންސާފުން ބެއްވި ވަރޗުއަލް ރެލީ 1.4 މިލިއަން މީހުން ޔޫޓިއުބުން ބަލާފައިވެއެވެ. އަދި ސޯޝަލްމީޑިޔާ ޕްލެޓްފޯމްތައް ހަތް ގަޑިއިރެއްހާރަށް ބަންދުކޮށްފައި ވީނަމަވެސް ލައިވްކޮށް އެހެން ޕްލެޓްފޯމްތަކުން ވެސް އެތައްހާސްބަޔަކު ވަނީ ބަލާފައެވެ.

2018ވަނަ އަހަރު އިމްރާން ޚާނަށް މަގާމު ލިބިވަޑައިގެންނެވީ ކޮރަޕްޝަނާ ދެކޮޅަށް ކެމްޕެއިން ކުރައްވައިގެންނެވެ. މިކަންވީ އާއިލީ ވެރިކަމާއި މިލިޓަރީ ބާރުވެރިކަން އެކަނި ފެނުނު ޒުވާން ޖީލުތަކަށް ވަރަށް ކަމުދިޔަ ކަމަކަށެވެ. އެހެން ކަމުން އެމީހުން އިމްރާނަށް ވޯޓުދިނެވެ.

ނަމަވެސް ހަތަރު އަހަރު ފަހުން ގައުމު އިގްތިސާދީ އަނދަވަޅަކަށް ވައްޓާލައްވައިފި ކަމަށް ބުނެ އިދިކޮޅު މެންބަރުން ހަރަކާތްތައް ފަށާފައިވެއެވެ.

އިމްރާން ޚާން މަގާމުން ވަކިކޮށްފައިވަނީ 2022 ވަނަ އަހަރު މަޖިލީހުގައި ނެގި އިތުބާރުނެތްކަމުގެ ވޯޓަކުންނެވެ.

ޕާކިސްތާންޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު