Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިމްޕޯޓާއި އެކްސްޕޯޓް

އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް މިދިޔަ މަހު ލިބުނު އާމްދަނީ 21 އިންސައްތަ އިތުރުވެއްޖެ

ރޯޔަލްޓީގެ ގޮތުގައި 11،792،128.26 ރުފިޔާ ލިބުނު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2023 | އަންގާރަ 11:36
އެމްޕީއެލް ސްޓޯރޭޖް ފެސިލިޓީ

އެމްޕީއެލް ސްޓޯރޭޖް ފެސިލިޓީ

މިއަހަރުގެ ނޮވެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 21 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސުން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހު، އިމްޕޯޓާއި އެކްސްޕޯޓުން ދައުލަަށް ވަނީ 429 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދައުލަތަށް ލިބުނީ 355 މިލިއަން ރުފިޔާއެވެ.

Advertisement - newsAdvertisement

ރާއްޖެއިން މި ނޮވެމްބަރު މަހު އެކްސްޕޯޓުކުރި މުދާވެސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 165 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓު ކޮށްފައިވާއިރު، މިއަހަރުގެ ނޮވެމްބަރު މަހު 216 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފައެވެ. މިއީ 32 އިންސައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީއާއި އެކްސްޕޯޓު އިތުރުވިނަމަވެސް، މިއަހަރުގެ ނޮވެމްބަރު މަހު އިމްޕޯޓު ވަނީ ދޭއް އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކުރިއިރު، މިއަހަރު އެތެރެކުރީ 4.3 ބިލިއަން ރުފިޔާގެ މުދަލެވެ.

މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރީ ޔޫއޭއީއާއި، އިންޑިއާއާއި، އޮމާނާއި، ސިންގަޕޫރު އަދި ޗައިނާއިންނެވެ. އެގޮތުން، ޔޫއޭއީން 664 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު، އިންޑިއާއިން 651 މިލިއަން ރުފިޔާގެ މުދާ، އޮމާނުން 513 މިލިއަން ރުފިޔާގެ މުދާ، ސިންގަޕޫރުން 421 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާއިން 420 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއިން ބޭރުން 131 އުޅަނދު އައިސްފައިވާއިރު، 139 އުޅަނދު ވަނީ ރާއްޖެއިން ފުރާފައެވެ.

މީގެ އިތުރުން މި އަހަރުގެ ނޮވެމްބަރު މަހު ރޯޔަލްޓީގެ ގޮތުގައި 11،792،128.26 (އެގާރަ މިލިއަން ހަތްލައްކަ ނުވަދިހަ ދެހާސް އެއްސަތޭކަ އަށާވީސް ރުފިޔާ، ސައްބީސް ލާރި) ލިބުނު ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

އިމްޕޯޓާއި އެކްސްޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަނާކުރުމަށް ނިންމާފައިވާ ވޭޕާއި، ދުންފަތުގެ އެހެން ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ފާސްކޮށްފި

މަނާކުރުމަށް ނިންމާފައިވާ ވޭޕާއި، ދުންފަތުގެ އެހެން ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ފާސްކޮށްފި

31 އޮކްޓޯބަރު 2024
ބޭނުންކުރުމާއި، އެތެރެކުރުން އަދި ވިއްކުން މަނާކުރުމަށް ނިންމާފައިވާ ވޭޕުން ޑިއުޓީ ބޮޑު ކުރަނީ

ބޭނުންކުރުމާއި، އެތެރެކުރުން އަދި ވިއްކުން މަނާކުރުމަށް ނިންމާފައިވާ ވޭޕުން ޑިއުޓީ ބޮޑު ކުރަނީ

21 އޮކްޓޯބަރު 2024
ސައިކަލާއި ހަތަރުފުރޮޅުލީ އުޅަނދަށް ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލައިފި

ސައިކަލާއި ހަތަރުފުރޮޅުލީ އުޅަނދަށް ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލައިފި

06 ޖުލައި 2024
މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މާޗް މަހުގެ އިމްޕޯޓް އެކްސްޕޯޓް އާމްދަނީ ދަށަށް

މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މާޗް މަހުގެ އިމްޕޯޓް އެކްސްޕޯޓް އާމްދަނީ ދަށަށް

24 އެޕްރީލު 2024
އިމްޕޯޓް އެކްސްޕޯޓް އާމްދަނީ ދަށަށް

އިމްޕޯޓް އެކްސްޕޯޓް އާމްދަނީ ދަށަށް

19 މާރިޗު 2024

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު