Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިމްޕޯޓާއި އެކްސްޕޯޓް އާމްދަނީ

މެއި މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ

ރޯޔަލްޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ލިބުނު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 24 ޖޫން 2023 | ހޮނިހިރު 07:15
ރާއްޖޭގެ ޝިޕިން ލައިނަރގައި މުދާ އެތެރެކުރަނީ

ރާއްޖޭގެ ޝިޕިން ލައިނަރގައި މުދާ އެތެރެކުރަނީ

މިއަހަރުގެ މެއި މަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި, މިދިޔަ މެއި މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 19 އިންސައްތަ އިތުރުވެފައެވެ. އެގޮތުން 2022 ވަނަ އަހަރުގެ މެއި މަހު 300 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިއަހަރުގެ މެއި މަހު 357 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ވަނީ ލިބިފައެވެ.

އާމްދަނީގެ އިތުރުން އިމްޕޯޓާއި އެކްސްޕޯޓުވެސް މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު ވަނީ މިއަހަރުގެ މެއި މަހު އިތުރުވެފައެވެ. މިދިޔަ އަހަރުގެ މެއި މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު މިއަހަރުގެ މެއި މަހު އެތެރެކޮށްފައިވަނީ 4.6 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ ފަހެއް އިންސައްތައިގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން 901 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު ޔޫއޭއީން 645 މިލިއަން ރުފިޔާގެ މުދާ، ޗައިނާއިން 642 މިލިއަން ރުފިޔާގެ މުދާ، އޮމާނުން 551 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 419 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މިދިޔަ މެއި މަހު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ފިއުލްގެ އެކިއެކި ބާވަތްތަކެވެ. އެއީ މުޅި ޖުމްލަ 834 މިލިއަން ރުފިޔާގެ މުދަލެވެ. ދެވަނައަށް އެންމެ ގިނައިން މެޝިނަރީއާއި، އިލެކްޓްރިކް އެކިއެކި ސާމާނު އެތެރެކޮށްފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ކެއިންބުއިމަށް ބޭނުންކުރާ ބާވަތްތަކެވެ.

ރާއްޖެއިން މިދިޔަ މެއި މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގު ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 37 އިންސައްތަ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ މެއި މަހު 208 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރަށް ފޮނުވާފައިވާއިރު, މިއަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 285 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖޭން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑާއި ގްރޭޓް ބްރިޓެންއާއި ޖަރުމަނާއި ބަންގްލަދޭޝް އަދި އިޓަލީއަށެވެ. މެއި މަހުވެސް ރާއްޖޭން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ.

އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މެއި މަހު ލިބުނު އާމްދަނީ އިތުރުވެފައިވާއިރު ރޯޔަލްޓީގެގޮތުގައި 2،403،174.36 (ދެ މިލިއަން ހަތަރު ލައްކަ ތިންހާސް ސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ، ތިރީސް ހަ ލާރި) ވަނީ ލިބިފައެވެ.

އިމްޕޯޓާއި އެކްސްޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަނާކުރުމަށް ނިންމާފައިވާ ވޭޕާއި، ދުންފަތުގެ އެހެން ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ފާސްކޮށްފި

މަނާކުރުމަށް ނިންމާފައިވާ ވޭޕާއި، ދުންފަތުގެ އެހެން ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ފާސްކޮށްފި

31 އޮކްޓޯބަރު 2024
ބޭނުންކުރުމާއި، އެތެރެކުރުން އަދި ވިއްކުން މަނާކުރުމަށް ނިންމާފައިވާ ވޭޕުން ޑިއުޓީ ބޮޑު ކުރަނީ

ބޭނުންކުރުމާއި، އެތެރެކުރުން އަދި ވިއްކުން މަނާކުރުމަށް ނިންމާފައިވާ ވޭޕުން ޑިއުޓީ ބޮޑު ކުރަނީ

21 އޮކްޓޯބަރު 2024
ސައިކަލާއި ހަތަރުފުރޮޅުލީ އުޅަނދަށް ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލައިފި

ސައިކަލާއި ހަތަރުފުރޮޅުލީ އުޅަނދަށް ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލައިފި

06 ޖުލައި 2024
މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މާޗް މަހުގެ އިމްޕޯޓް އެކްސްޕޯޓް އާމްދަނީ ދަށަށް

މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މާޗް މަހުގެ އިމްޕޯޓް އެކްސްޕޯޓް އާމްދަނީ ދަށަށް

24 އެޕްރީލު 2024
އިމްޕޯޓް އެކްސްޕޯޓް އާމްދަނީ ދަށަށް

އިމްޕޯޓް އެކްސްޕޯޓް އާމްދަނީ ދަށަށް

19 މާރިޗު 2024

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު