Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފުށިދިއްގަރުފަޅު ހިއްކުން

ބޮޑު ޖައްރާފުގެ ފަހަތުގައި ފޮރުވިފައި އޮތީ ކޮރަޕްޝަނުގެ ބޮޑު އަމަލެއް!

19 ޑިސެމްބަރު 2023 | އަންގާރަ 10:39

އެމްޓީސީސީން ކުއްޔަށް ގެނައި ޖައްރާފު ސަބްލީސްކުރަން ހެދިކަަމަށް ބުނާ އެއްބަސްވުމުގެ ތަފްސީލް ދޭން ވަނީ ދެކޮޅުހަދާފައި

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 19 ޑިސެމްބަރު 2023 | އަންގާރަ 10:39
ފުށިދިއްގަރުފަޅު ހިއްކަންފެށުން

ފުށިދިއްގަރުފަޅު ހިއްކަންފެށުން

ރަސްމާލޭގެ ނަމުން ނަންދެއްވައިގެން ކުރިއަށްގެންދާ ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަސައްކަތް ހޯމަ ދުވަހު ވަނީ ފަށާފައެވެ. ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން ހިންގާ މި މަސައްކަތް ހޯމަ ދުވަހު ފަށާފައިވާއިރު، ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ބަލާނަމަ، މި މަޝްރޫއަށް ފަންޑު ހޯދާ ގޮތާއި، މަޝްރޫއުގެ އެއްބަސްވުމާ ގުޅުންހުރި މުހިންމު ތަފްސީލުތައް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މި މަޝްރޫއުގެ ބޭނުމަށް ރައީސް ވަނީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ޚާއްސަ ބާރުގެ ބޭނުންކުރައްވާ ގަރާރެއް ނެރުއްވާފައެވެ. އެ ގަރާރަކީ ފުށިދިއްގަރުފަޅު، ކ. ގުޅީގެ އިޚްތިސާސުން އުނިކުރެއްވުމުގެ ގޮތުން ނެރުއްވި ގަރާރެކެވެ. ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެކަމަށާއި، އެ ތަނުން 11،900އަށްވުރެ ގިނަ ގޯތި ދީ، 26،000 ފްލެޓް އިމާރާތް ކުރާނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ އެ މަޝްރޫއަށް 400 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ.

ކަންމިހެން ހުރިއިރު، ފުށިދިއްގަރުފަޅުގެ މަސައްކަތް ފެށުމާއެކު މި މަޝްރޫއުގެ ކަންކަމުގެ ދެފުށް ފެނުން ކުޑަކަމާއި، މަޝްރޫއާ ގުޅުންހުރި މައުލޫމާތުތައް ސަރުކާރުން ސިއްރުކުރާކަން ފާހަގަކުރެވެއެވެ. ބޮޑެތި އެގްރީމެންޓްތައް ހަދާއިރު، އެ މަސައްކަތުގެ ތެރޭގައި ހިމެނޭ ސްކޯޕް ސާފުކޮށް ބަޔާންކުރަމުން އައިނަމަވެސް، މި މަޝްރޫއާމެދު އެ މޭރުމުން އަމަލުކުރަމުން ދާތަނެއް ނުފެނެއެވެ. އަދި ހަމައެއާއެކު، ސީއެމްސީއާ މަސައްކަތް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ބިން ހިއްކުން ފެށިއިރު، އެމްޓީސީސީގެ ވަސީލަތްތައް ބޭނުންކުރަން ޖެހުނު ސަބަބާމެދު ސުވާލު އުފެދެއެވެ.

ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރާ ވަސީލަތްތަކާއި، އެކަމާ ގުޅުންހުރި ތަފްސީލުތަކަށް ޖެހިލުމުގެ ކުރިން، ފުށިދިއްގަރުފަަޅު ހިއްކަން ވެފައިވާ އެއްބަސްވުމަށް ބަލައިލާނަމެވެ. މި އެއްބަސްވުމާމެދު ސަރުކާރުން މިހާތަނަށް ހާމަކުރީ ވަރަށް ކުޑަ މައުލޫމާތެކެވެ. 13 ޑިސެމްބަރުގައި ފުށިދިއްގަރުފަޅު ހިއްކަން ހަވާލުކުރީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން (ސީއެމްސީ)އާއެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި އާބަންކޯއާ ސީއެމްސީސީއާ ދެމެދު ސޮއިކުރިނަމަވެސް، އެއްބަސްވުމާ ގުޅޭގޮތުންނާއި، މަޝްރޫއުއާ ގުޅޭގޮތުން ސަރުކާރާއި އާބަންކޯއިންވެސް މައުލޫމާތެއް އަދި މިހާތަނަށްވެސް ހާމައެއް ނުކުރެއެވެ. އެގޮތުން ސީއެމްސީސީއާ މަޝްރޫއު ހަވާލުކުރަނީ ކޮން ޝަރުތުތަކަކަށް ކަމެއް، އަދި ކޮން އަގަކަށްކަމެއް ސާފުކޮށެއް ނުދެއެވެ. ހަމަ އެހެންމެ، މިއީ ސަރުކާރުގެ އެންމެ ބިޔަ ޕްރޮޖެކްޓްކަމަށް ބުނާއިރު، މި ޕްރޮޖެކްޓަށް ފައިސާ ހޯދަނީ ކިހިނެއް ކަމެއް ހާމައެއްނުކުރެއެވެ. ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭގޮތުން، ސީއެމްސީސީއާ މަޝްރޫއު ހަވާލުކުރަނީ ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާ އެކުއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ރައީސް ކުރިން ވިދާޅުވެފައިވަނީ، ފުށިދިއްގަރުފަޅު ހިއްކަން ގެންނާނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތައް ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށްގެންދާނީ ދައުލަތުން ބޮޑު ޚަރަދެއް ކުރަން ނުޖެހޭ ފޯމިއުލާއެއް ބޭނުންކޮށްގެން ކަމަށްވެސް ރައީސް މުއިއްޒު ވަނީ އޭރު ވިދާޅުވެފައެވެ. އެހެންނަމަވެސް ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ އެމްޓީސީސީން ކުއްޔަށް ގެނެސްފައިވާ ޖައްރާފުގެ އެހީގައެވެ. ސީއެމްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއްގައި އެމްޓީސީސީން ކުއްޔަށް ހިފާފައިވާ ވަސީލަތެއް ބޭނުންކުރަން ޖެހުނު ސަބަބު، ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ވަސީލަތްތައް ބޭނުންކުރަނީ ކޮން އުސޫލެއްގެ ދަށުންކަން އާއްމުންނަށް ސާފުކޮށް ބުނެދީފައެއްވެސް ނުވެއެވެ.

ރާއްޖެޓީވީއަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޓީސީސީން ކުއްޔަށް ހިފާފައިވާ މި ޑްރެޖަރު، ރާޖްކިޔާ މީހަކަށް، 7 ދުވަހުގެ މުއްދަތަށް ވަނީ ދޫކޮށްފައެވެ. އަދި އެ ޑްރެޖަރު ދީފައިވަނީ ސީއެމްސީގެ ޑްރެޖަރު ރާއްޖެ ގެނެވުމާ ހަމައަށް ބޭނުންކުރުމަށް ކަމަށްވެސް އެނގިފައިވެއެވެ. އަގަކާނުލައި އެ މަސައްކަތްތައް ކުރާނަމަ، އެކަމުގެ ސަބަބުން އެ 7 ދުވަހު އެކަނިވެސް އެމްޓީސީސީއަށް ލިބޭ މާލީ ގެއްލުމުގެ އަގު 2 މިލިއަން ޑޮލަރަށް އަރައެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ދެންނެވުމުން، އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވަނީ، އެމްޓީސީސީން ފުށިދިއްގަރުފަޅު ހިއްކަން ޑްރެޖަރު ދޫކޮށްފައިވަނީ ސަބްލީސްކުރާ އުސޫލުން ކަމަށް ވިދާޅުވެފައެވެ. އެކަމަށްޓަކައި ސީއެމްސީއާއެކު އެއްބަސްވުމެއް ވެފައިވާކަމަށާއި، އެ އެއްބަސްވުން ވެފައިވަނީ މި ފާއިތުވި ހަފުތާގެ ތެރޭގައި ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ ޑްރެޖަރު ސަބްލީސްކުރީ 7 ދުވަހުގެ މުއްދަކަށް ކަމަށް ވާއިރު، އެ މުއްދަތަށް ޑްރެޖަރު ސަބްލީސްކުރާނަމަ ދައްކަންޖެހޭ އަގު ބޮޑުވެގެން ސީއެމްސީން އެކަން ފާހަގަކޮށްފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެގްރީމެންޓަށް ބަދަލުގެންނަން މަސައްކަތްކުރާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޒިޔާދު އެހެން ވިދާޅުވުމުން، އެއްބަސްވުމުގެ އަގާއި އަދި އެއްބަސްވުމާގުޅޭ އިތުރު ތަފްސީލު ހޯދުމަށް ރާއްޖެޓީވީން އެދުނުނަމަވެސް، އެ މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި ސީއެމްސީން އެއްބަސްނުވެ، އެކަމާއި ގުޅުންހުރި މުހިންމު ތަފްސީލްތައް ހާމަނުކުރެވޭނެ ކަަމަށް ޒިޔާދު ވިދާޅުވިއެވެ. އެ ޑްރެޖަރު ފުށިދިއްގަރުފަޅު ހިއްކަން ގެންދިޔައީ އެހެން މަޝްރޫއަކަށް ބުރޫނާރާގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒިޔާދު މިހެން ވިދާޅުވިނަމަވެސް، މިހާތަނަށް އައިއިރު ރަސްމީ އެއްބަސްވުމެއް ސީއެމްސީއާ އެމްޓީސީސީއާ ދެމެދު ވެފައި ނުވާކަން ރާއްޖެޓީވީއަށް ވަނީ އިތުބާރުހުރި ގޮތަކަށް ކަށަވަރުވެފައެވެ. އަދި އެ ޑްރެޖަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެދުނީ ސީއެމްސީގެ ފަރާތުންކަން ވެސް ވަނީ އެނގިފައެވެ. އެހެންނަމަވެސް ދެ ކުންފުނީގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިނުލެވި އޮތީ، އެމްޓީސީސީން އެކަށައަޅާ އަގަށް އެ ކުންފުނިން އެއްބަސްނުވާތީކަން ރާއްޖެޓީވީއަށް ވަނީ އެނގިފައެވެ. އެހެންކަމުން ފުށިދިއްގަރުފަޅު ހިއްކުމަށް އެމްޓީސީސީގެ ވަސީލަތްތައް ބޭނުންކޮށްފައިވަނީ އެމްޓީސީސީގެ ޕޮލިސީއާ ކަނޑައެޅިގެން ޚިލާފަށެވެ. ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ސީއެމްސީއަށް ޑްރެޖަރު ދޫކޮށްފައިވަނީ ރަސްމީ އެއްބަސްވުމަކާނުލައި ކަމަށް ވުމާއެކު، އެކަމުގެ ސަބަބުން އެމްޓީސީސީއަށް މާލީ ބޮޑު ގެއްލުމެއް ވާނެއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، ފުށިދިއްގަރުފަޅު ހިއްކަން ބޭރު ބަޔަކާ ހަވާލުކުރަން ނިންމުމުގެ ކުރިން، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާދަމް އާޒިމް ވަނީ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިނަމަ ދައުލަތުގެ މާލިއްޔަތުން 100 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ ބަދަލުގައި ސަރުކާރުން ނިންމީ އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަށެވެ.

އެހެންކަމުން ދައުލަތަށް ގެއްލުންވާގޮތަށް ދައުލަތުގެ ވަަސީލަތްތައް ބޭނުންކުރާއިރު އެކަން ސިއްރުކުރުމަކީ ވަރަށް ބޮޑަށް އާއްމުން އެކަމަކާމެދު ކަންބޮޑުވާ ކަމެކެވެ. އަދި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތުގައި އެމްޓީސީސީގެ ވަސީލަތްތައް ބޭނުންކުރާ އުސޫލު ސާފުކޮށް ބަޔާންކޮށްފައި ނުވުމަކީ މިފަދަ މައުލޫމާތުތައް ފޮރުވަން މަސައްކަތްކުރުން ކަމަށްވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. މިހުރިހާ ކަމެއް ހުރިއިރު، މިކަމުގެ ސައްހަ މައުލޫމާތު ހާމަކުރާނެ ފަރާތެއް ސަރުކާރަކު ނެތެވެ. އަދި އާއްމުންގެ ޝަކުވާތަކާމެދު ފަރުވާލެއްވެސް ނެތެވެ. އަދި ސިއްރުކަން ބޮޑު ގޮތަކަށް މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށްގެންދާއިރު، އެންޓިކޮރަޕްޝަން ކޮމިޝަނާއި ކަމާ ގުޅުންހުރި އެހެން އިދާރާތަކުންވެސް އެކަމަށް މާބޮޑު އަޅާލުމެއް ބަހައްޓާ މަންޒަރެއް ނުފެނެއެވެ.

ފުށިދިއްގަރުފަޅުގެ މަޝްރޫއަށް 400 މިލިއަން ރުފިޔާ ކަނޑައަޅައި، އެ އަދަދު އަންނަ އަހަރުގެ ބަޖެޓުގައި މި ސަރުކާރުން ހިމެނިއެވެ. ނަމަވެސް އެ މަޝްރޫއުގެ ފައިނޭންސާގުޅޭ ތަފްސީލެއް ނެތުމާއެކު، މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ ބަޖެޓުން އެ 400 މިލިއަން އުނިކޮށް، އެމްޑީޕީ ސަރުކާރުން ފެށި ގިރާވަރު، ގުޅީފަޅު އަދި ހުޅުމާލެއިން ގޯދި ދޭ ސަރަހައްދުގައި ވަސީލަތްތައް ގާއިމުކުރަން 200 މިލިއަން ރުފިޔާއަށް ބަދަލުކޮށްފައެވެ. އަނެއް 200 މިލިއަން ރުފިޔާ ވަނީ އެކި މަޝްރޫއުތަކަށް ބަހާލާފައެވެ. އެބަދަލާ ގުޅޭގޮތުން ސަރުކާރުން ރަސްމީގޮތެއްގައި އެއްވެސް ބަހެއް ނުބުނެ، މަޝްރޫއު ބަޔަކާ ހަވާލުކުރަން އެ ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ބަޖެޓް ކޯޑުވެސް އުނިކޮށްފައި ވަނިކޮށެވެ.

ފުށިދިއްގަރު ފަޅުރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

3

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

4

ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށް!

5

އެމެރިކާއިން އެއްގަމު މަގުން އަރައިފިނަމަ އަސްކަރީ މަރުކަޒުތަކާއި އާގުބޯޓުފަހަރަށް ހަމަލާދޭނަން: އީރާން

އިތުރަށް ކިޔާލަން

04 ޖުލައި 2026

ސްޓެލްކޯއިން ވައްކަން ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް!

04 ޖުލައި 2026
ސްޓެލްކޯއިން ވައްކަން ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް!
27 މެއި 2026

ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް

27 މެއި 2026
ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް
13 އެޕްރީލު 2026

ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާ ބޭފުޅުން ވެސް މިސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަނީ ލަދުވެތިކަމާއެކު!

13 އެޕްރީލު 2026
ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާ ބޭފުޅުން ވެސް މިސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަނީ ލަދުވެތިކަމާއެކު!
27 މާރިޗު 2026

ޚަރަދު ކުޑަ ކުރަން ސަރުކާރުގެ ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ-ފިޔަވަޅުތައް އިއުލާން ކުރާނީ އިންތިޚާބަށް ފަހު

27 މާރިޗު 2026
ޚަރަދު ކުޑަ ކުރަން ސަރުކާރުގެ ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ-ފިޔަވަޅުތައް އިއުލާން ކުރާނީ އިންތިޚާބަށް ފަހު
21 ފެބުރުއަރީ 2026

"ރަމަޟާން މަހު ފަހު 10 އެއްގައި އިތުރުގަޑީގެ ފައިސާ ލިބޭ އުސޫލަށް ބަދަލު ގެންނަކަން އަންގަނީ އަނގަބަހުން، މެމޯ އެއް ނުދޭ"

21 ފެބުރުއަރީ 2026
"ރަމަޟާން މަހު ފަހު 10 އެއްގައި އިތުރުގަޑީގެ ފައިސާ ލިބޭ އުސޫލަށް ބަދަލު ގެންނަކަން އަންގަނީ އަނގަބަހުން، މެމޯ އެއް ނުދޭ"
21 ފެބުރުއަރީ 2026

މި ވެރިކަން އައި 15 ދުވަހުގެ ކާބޯތަކެތި ގަންނާނެ ފަދަ އެއް ނެތް ނަމަ ތިޔަ ކުރެއްވިހާ ޚަރަދުތައް ކުރެވޭނެތޯ؟

21 ފެބުރުއަރީ 2026
މި ވެރިކަން އައި 15 ދުވަހުގެ ކާބޯތަކެތި ގަންނާނެ ފަދަ އެއް ނެތް ނަމަ ތިޔަ ކުރެއްވިހާ ޚަރަދުތައް ކުރެވޭނެތޯ؟
20 ފެބުރުއަރީ 2026

ރަމަޟާން މަހު ފަހު 10 އެއްގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުންނަށް ދޭ އޯޓީ މަދުވުމުން މުވައްޒަފުންގެ ކަންބޮޑުވުން

20 ފެބުރުއަރީ 2026
ރަމަޟާން މަހު ފަހު 10 އެއްގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުންނަށް ދޭ އޯޓީ މަދުވުމުން މުވައްޒަފުންގެ ކަންބޮޑުވުން
16 ފެބުރުއަރީ 2026

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި އަލަށް ހުޅުވި ޓާމިނަލުގެ ސީލިންގ އިން ބައެއް ވެއްޓި، އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ

16 ފެބުރުއަރީ 2026
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި އަލަށް ހުޅުވި ޓާމިނަލުގެ ސީލިންގ އިން ބައެއް ވެއްޓި، އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ
06 ފެބުރުއަރީ 2026

އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން: ޝުއާއު

06 ފެބުރުއަރީ 2026
އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން: ޝުއާއު
06 ފެބުރުއަރީ 2026

އަނެއްކާ އަނެއް ވައުދު! މިފަހަރު ފަތުރުވެރިކަމުގެ ވިޔަފާރި ތެރެއަށް ވަންނަންވީ؟

06 ފެބުރުއަރީ 2026
އަނެއްކާ އަނެއް ވައުދު! މިފަހަރު ފަތުރުވެރިކަމުގެ ވިޔަފާރި ތެރެއަށް ވަންނަންވީ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް