Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވަޒީފާއާބެހޭ ގާނޫނާ ހިލާފުވުން

ގާނޫނާ ހިލާފަށް އަމަލުކުރައްވާތީ އިކޮނޮމިކް މިނިސްޓަރާއި ހޯމް މިނިސްޓަރުގެ މައްސަލަ ބަލައިދިނުމަށް އެދިއްޖެ

ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ދެ މިނިސްޓްރީ ދެމެދު ބަހާލައިގެން އަދާނުކުރެވޭނެކަމަށް ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2023 | އަންގާރަ 09:51
ވަޒީފާއާއި ބެހޭ ގާނޫނާ ހިލާފުވާތީ ސައީދު އަދި އިހްސާންގެ މައްސަލަ ބަލައިދިނުމަށް މެންބަރު ހިސާން ވަނީ ހުށަހަޅުއްވާފައި

ވަޒީފާއާއި ބެހޭ ގާނޫނާ ހިލާފުވާތީ ސައީދު އަދި އިހްސާންގެ މައްސަލަ ބަލައިދިނުމަށް މެންބަރު ހިސާން ވަނީ ހުށަހަޅުއްވާފައި

ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި، ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އަމަލުކުރައްވަމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. މެންބަރު ހިސާން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެ މިނިސްޓަރުންގެ މައްސަލަ ބަލައިދިނުމަށް އެދިފައިވަނީ ވަޒީފާއި ބެހޭ ގާނޫނާއި ހިލާފަށް އަމަލުކުރައްވަމުން ގެންދަވާތީއާއި، ވަކި ގައުމަކުން ބިދޭސީ މަސައްކަތްތެރިން ގެންނަން ނިންމާ އެހެން ގައުމުތަކުން ބިދޭސީ މަސައްކަތްތެރިން ގެނައުން މަނާކޮށްފައިވާތީކަމަށެވެ. އަދި ބިދޭސީންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބަންގުލަދޭޝްގެ ބިދޭސީ މަސައްކަތްތެރިންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެފައިވާ އިރު، އެކަން ދޮގުކޮށް އިތުރު ބަޔަކު ގެންނަން ނިންމާފައިވާތީ، އެއީ ގާނޫނާއި ހިލާފުކަމެއް ކަމަށް ކަމަށް މެންބަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެންބަރު ހިސާން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބިދޭސީން ވަޒީފާއަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި، ދިވެހިރާއްޖޭގައި ބިދޭސީން ވަޒިފާ އަދާކުރުމަށް ހުއްދަ ދިނުމާއި، ވަޒިފާއަދާކުރާ މުއްދަތަށް ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ދިނުމުގެ އިހްތިޔާރު އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ ގޮތެއްގެ މަތިން، ކަމާ ގުޅޭ މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.

ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި، ބިދޭސީން ގެނައުމަށް ހުއްދަ ދިނުމާއި، އެކަމާއިގުޅިގެން ކުރަންޖެހޭ ކަންތައތްައް ރާވައި ހިންގުމަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓްކްނޮލޮޖީގެ މެންޑޭޓުގައި ހިމަނާފައިވާ ކަމެއްކަމަށް، ނަމަވެސް ވަޒިފާއާ ބެހޭ ގާނޫނު ތަންފީޒުކުރުމަށްޓަކައި، މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުމަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވަލަޕްމަންޓުގެ މެންޑޭޓުގައި ހިމެނޭ ކަމެއްކަމަށް ބަޔާންކޮށް 17 ނޮވެމްބަރު 2023 ވަނަ ދުވަހު ސަރުކާރުން އިއުލާންކޮށްފައިވާ ކަމަށް މަޖިލީހަށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވަޒީފާއާބެހޭ ގާނޫނުގެ 96 ވަނަ މާއްދާގައި އެ ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތެއްގައި، އެ ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދާނީ މިނިސްޓަރުކަމަށާއި، އެ ގާނޫނުގެ 97 ވަނަ މާއްދާގައި ވަޒީފާއާއި ބެހޭ ކަންތައްތައް ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެވަގުތަކަށް ހަވާލުވެ ކުރެވިފައިވާ މިނިސްޓްރީން ކަމަށް ބަޔާންކޮށްފައިވާއިރު، އެ ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އެ ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ދެ މިނިސްޓްރީ ދެމެދު ބަހާލައިގެން އަދާނުކުރެވޭނެކަމާއި، ވަޒީފާއާބެހޭ ކަންތައްތައް ރެގިއުލޭޓްކުރުމުގެ މަސްއޫލިއްޔަތު އެވަގުތަކަށް ހަވާލުކުރެވިފައިވާ މިނިސްޓްރީއަށާއި މިނިސްޓަރަށް ގާނޫނުން ދީފައިވާ ބާރުގެ ބައެއް އެހެން މިނިސްޓްރީއަކަށް ނުވަތަ މިނިސްޓަރަކަށް ރައިސުލްޖުމްހުރިއްޔާއަށް ހަވާލު ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

އަދި ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާ ތަންފީޒުކުރުމުގެ ބާރު ލިބިގެންވާ މިނިސްޓްރީކަމުގައިވާ މިނިސްޓްރީ އޮފް ހަަޔަރ އެޑިއުކޭޝަން ފިޔަވައި އެހެން މިނިސްޓްރީއަކަށް ނުވަތަ މިނިސްޓަރަކަށް އެ ގާނޫނުގެ ދަށުން ނިންމަންޖެހޭ ނިންމުމެއް ނުނިންމޭނެ ކަމާއި، ހޯމްލޭންޑް މިނިސްޓްރީއަށް ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ބާރު ލިިބިގެން ނިންމަންޖެހޭ ނިންމުމެއް ނުވަތަ ހަދަންޖެހޭ ގަވާއިދެއް ނުހެދޭނެކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވަޒީފާއާއި ބެހޭ ގާނޫނުގެ 1-65 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމަށްޓަކައި، އެއްގައުމުން އެންމެ ގިނައިން ދިވެހިރާއްޖެއަށް ގެނެވޭ އަދަދަކީ 100،000 މީހުން ކަމަށް ބަޔާންކޮށްފައި ވާއިރު، ސަރުކާރުން އާންމުކޮށްފައިވާ އެންމެ ފަހުގެ ފޮރިން ލޭބަރ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓް 2023ގެ ތަފާސް ހިސާބުތަކުން ރާއްޖޭގައި މިވަގުތު 139،220 ބަންގްލަދޭޝްގެ އެކްޓިވް ވަރކް ޕާމިޓް ހޯލްޑަރސް ތިބިކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވެއެވެ.

އަދި ވަޒީފާއާއި ބެގޭ ގާނޫނުގެ 1-65 ވަނަ މާއްދާގެ މަގްސަދަކީ އެއްވެސް ގައުމެއްގެ ރައްޔިތުން ދިވެހިރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު، ރާއްޖޭގައި އިތުރުވެގެން ނުދިޔުމާއި، އެގޮތަށް އިތުރުވެއްޖެނަމަ ދިވެހި މުޖްތަމައުއަށް ދިމާވެދާނެ އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތަކަށާއި، ގައުމީ ސަލާމަތަށް އޭގެން ކޮށްފާނެ އަސަރު ކުޑަކުުރުން ކަމަށް ބުނެފައިވެއެވެ.

އަދި ވަކި ގައުމެއްގެ ރައްޔިތުންނަށް ރާއްޖެއަށް މަސައްކަތްކުރުމަށް އައުމުގެ ހުއްދަދީ، އެހެން އެއްވެސް ގައުމެއްގެ ރައްޔިތުންނަށް އެ ހުއްދަ ނުދޭގޮތަށް ސަރުކާރުން ނިންމާފައިވަނީ އެއްވެސް ދިރާސާއެއް ކުރުމަކާ ނުލާ އަދި ވަޒީފާއާއި ބެހޭ ގާނޫނުގެ 1-65 ވަނަ މާއްދާގެ މަގުސަދު ގެއްލޭގޮތަށް، ގާނޫނުގެ އެ މާއްދާއިން ހާސިލްކުރަން ބޭނުންވާ އެއްވެސް މަގްސަދެއް ހާސިލުނުވާނޭގޮތަށް، ގާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި އިތުރަށް ބުނެފައިވަނީ ސަރުކާރުގެ ފަރާތުން މިގޮތަށް އަމަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބައެއް ފަރާތްތަކުން އާންމުކޮށް ތުހުމަތުކުރުމުން، ސަރުކާރުން އާންމުކޮށްފައިވާ ފޮރިން ލޭބަރ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓް 2023 އިކޮނަމިކް މިނިސްޓްރީގެ އިކޮނަމިކް ޑިވަލަޕްމަންތް އެންޑް ޓްރޭޑް ނުނިޔަތެއް އޮވެގެން ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށް ބުނެފައިވެއެވެ.

އަދި ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު ގާނޫނު އަސާސީއާއި ގާނޫނަށް ތަބާވާންޖެހޭ ބަޔަކަށް ވާންޖެހޭނެކަމަށް ގާނޫނޫ އަސާސީގައި ބަޔާންކޮށްފައި އޮތުމާއި ހިލާފަށް މިނިސްޓަރުން އަމަލުކުރައްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ވަޒީފާއާއި ބެހޭ ގާނޫނުތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިންމިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދުމިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ ޢިޙްސާން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ބަންކަރިން އިން އިހަވަންދިއްޕޮޅަށް ލިބުނު އާމްދަނީ ވަޒީރަށް ބުނެ ނުދެވުނު، އުޅުއްވީ އޮޅުވާލައްވަން!

ބަންކަރިން އިން އިހަވަންދިއްޕޮޅަށް ލިބުނު އާމްދަނީ ވަޒީރަށް ބުނެ ނުދެވުނު، އުޅުއްވީ އޮޅުވާލައްވަން!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު