Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީ

މިނިސްޓަރު އިޙުސާާންގެ މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ޑީއެންއާރު ތެރޭގައި ފުރި ޕީއެންސީގެ ފޯމުތަކުގައި ހެކިވެރިންގެ ގޮތުގައި ސޮއި ކޮށްފައި ވަނީ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ކަމަށް މިނިސްޓަރު އިޙުސާން ވިދާޅުވެފައިވާ ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 މެއި 2025 | އަންގާރަ 09:12
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ޖަވާބުދާރިވުމަށް މަޖިލީހަށް ވަޑައިގެން ތުހުމަތުތަކަށް ދިފާއުވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ލިސްޓް ޗެކްކުރާ ފޮޓޯއެއް ދައްކަނީ - 25 ފެބްރުއަރީ 2025

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވަގަށް މައުލޫމާތު ނަގައިގެން ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރު ކުރުމަށް ޑީއެންއާރު ތެރޭގައި މަސައްކަތް ކުރި ކަމަށް ހޯމް މިނިސްޓަރު އަލީ އިޙުސާން އެއްބަސްވެފައި ވާތީ އެ މައްސަލަ އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

މި މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ޤައުމީ މަޖިލީހުގެ މެމްބަރު އަޙުމަދު ސަލީމް (މާޒް ސަލީމް) އެވެ.

Advertisement - newsAdvertisement

އެ މައްސަލައިގައި މާޒް ސަލީމް ބުނެފައި ވަނީ، ޑީއެންއާރުގެ ތެރޭގައި ޕީއެންސީ އަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް، މިނިސްޓަރު އިޙުސާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން 2025 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ އަށް ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން، ޑީއެންއާރު ތެރޭގައި ފުރި ޕީއެންސީގެ ފޯމުތަކުގައި ހެކިވެރިންގެ ގޮތުގައި ސޮއި ކޮށްފައި ވަނީ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ކަމަށް މިނިސްޓަރު އިޙުސާން ވިދާޅުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އަދި އެ ފޯމުތަކުގައި ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާފައި ވަނީ އެ ފޯމުތަކުގައި ތަފުސީލު ދީފައިވާ ފަރާތްތަކުގެ ޣައިރު ޙާޟިރުގައި ކަމަށް މިނިސްޓަރު އިޙުސާން ވިދާޅުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އަންގާރަ ދުވަހުގެ މެންދުރު ފަހު މި މައްސަލަ އޭސީސީ އަށް ހުށަހެޅުމަށް ފަހު ރާއްޖެ ޓީވީ އާއި ވާހަކަ ދައްކަވަމުން މާޒް ސަލީމް ވިދާޅުވީ، މިނިސްޓަރު އިޙުސާން އިސްވެ ހުންނަވައި، ޑީއެންއާރުގެ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީ އަށް މެމްބަރުން ވެއްދުމަކީ، މަގާމުގެ ނާޖާއީޒް ފައިދާ ނެގުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އިޙުސާން މަޤާމުގެ ނުފޫޒު ބޭނުން ކުރައްވާ އެންޓި ކަރަޕްޝަންގެ ޤާނޫނާއި ޚިލާފަށް ދައުލަތުގެ ތަކެއްޗާއި، ވަސީލަތްތަކާއި، މީހުންގެ ޒާތީ މަޢުލޫމާތާ އަދި ދައުލަތުގެ ޢިމާރާތެއް ބޭނުން ކުރައްވައިގެން ފޯމުތައް އިލެކްޝަން ކަމިޝަނަށް ހުށަހަޅައި، އަދި އިލެކްޝަން ކަމިޝަނުން ވަނީ އެ ފޯމުތައް ބަލައިގަނެ، އެ ފޯމު ތަކުގައިވާ މީހުން ޕީއެންސީގެ މެމްބަރުންގެ ދަފުތަރުގައި ރެޖިސްޓުރީ ކޮށްދީފައި ކަމަށް ވެސް އެ މައްސަލައިގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އަދި ހަމަ އެހެންމެ، އިލެކްޝަން ކަމިޝަނަށް އެ ފޯމުތައް ހުށަހެޅުމުން، އިލެކްޝަން ކަމިޝަނުން ނިންމީ، އެހެން ޕާޓީ ތަކުގައި ހިމެނޭ މެމްބަރުންނަށް ފައިސާ ލިބޭ ގޮތަށް، ޕީއެންސީގެ ދަފުތަރުގައި ހިމެނޭ ކޮންމެ މެމްބަރަކަށް ވެސް ދައުލަތުގެ ބަޖެޓުން 193.23 ދިވެހި ރުފިޔާ (ސަތޭކަ ނުވަދިހަ ތިނެއް ރުފިޔާ ތޭވީސް ލާރި) ދޫކުރާ ގޮތަށް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އަދި އެ މައްސަލައިގައި ބުނެފައި ވަނީ މިނިސްޓަރު އިޙުސާން ވަޒީފާގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނުވަތަ ވަކި މީހަކަށް މަންފާ ހޯދައި ދިނުމުގެ ނިޔަތުގައި ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ލިބިދޭ ގޮތަށް މަގު ފަހި ކޮށްދީފަައިވާ ކަމަށެވެ.

އެގޮތަށް މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެ އަމަލު ކުރެއްވުން އެއީ އެންޓި ކޮރަޕްޝަން ކަމިޝަންގެ ޤާނޫގައި ކުށެއް ކަމަށް ސާފުކޮށް އެގެން އޮންނަ އޮތުމުގެ އިތުރަށް، ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތު ގައި އަދަބު ކަނޑައެޅިގެންވާ ކުށެއް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އެހެންކަމުން ހޯމް މިނިސްޓްރީގެ ތެރޭގައި މިނިސްޓަރު އިޙުސާން ހިންގާފައިވާ މިޢަމަލަކީ ކޮރަޕްޝަންގެ ޢަމަލެއް ކަމަށްވާތީވެ، އޭސީސީ އިން އެ މަސްއަލަ ޖިނާއީ މަސްއަލައެއްގެ ގޮތުގައި ތަޙުޤީގު ކޮށްދިނުމަށް އެދި ވަނީ ހުށަހަޅައިފަ އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑީއެންއާރު ތެރޭގައި ޕީއެންސީ އަށް މެމްބަރުން ވެއްދުމަށް ފޯމު ފުރައި، ފޮޓޯތައް ޖަހައި އަދި އެ މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެންނަ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ލީކުވެފަ އެވެ.

އެ ފޮޓޯ ތަކުގައި މިނިސްޓަރު އިޙުސާންގެ އިތުރުން، ހޯމް މިނިސްޓްރީގެ އެހެން ސިޔާސީ ވެރިން އަދި ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު ވެސް އިންނެވި އެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން މިނިސްޓަރު އިޙުސާން އަށް އަމާޒުވީއިރު، ގިނަ ބަޔަކު ވަނީ މިނިސްޓަރުގެ އިސްތިއުފާ އަށް ވެސް ގޮވާލާފައި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު