Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީންނާއި ގުޅުންހުރި ރަސްމީ ރެކޯޑުތައް

ބިދޭސީންނާއި ގުޅުންހުރި ރަސްމީ ރެކޯޑުތައް ޑިލީޓްކުރުން - ދެ ވަޒީރުންގެ ވާހަކަ ބޮޑުތަނުން ދިމާނުވޭ!

19 ޑިސެމްބަރު 2023 | އަންގާރަ 03:20

އެ މައުލޫމާތު އުނިކުރިކަން އިހުސާނަށް އެނގިވަޑައިގަންނަވާއިރު އެ މައުލޫމާތު އުނިކުރީ ސައީދަށް އެނގިވަޑައިނުގަންނަވާތޯ ވެސް ވަނީ ސުވާލު އުފެދިފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ޑިސެމްބަރު 2023 | އަންގާރަ 03:20
މިނިސްޓަރު އިހުސާން އަދި މިނިސްޓަރު ސައީދު

މިނިސްޓަރު އިހުސާން އަދި މިނިސްޓަރު ސައީދު

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ އަދަދާގުޅޭ ރެކޯޑްތައް ސަރުކާރުން ޑިލީޓްކުރުމާމެދު އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު އާއި ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާންގެ ވާހަކަފުޅު ދިމާނުވާކަން ހާމަވެއްޖެއެވެ.

މި މަހުގެ 17 ވަނަ ދުވަހު މި ސަރުކާރުން ވަނީ ބަންގްލަދޭޝްގެ އަންސްކިލްޑް ލޭބަރުން ރާއްޖެ އަށް އެތެރެވުން ހުއްޓާލާފައި އޮތްއޮތުން ނިމުމަކަށް ގެނެސްފައެވެ. އަދި އެހެން ޤައުމުތަކުން ރާއްޖެ އަށް ބިދޭސީން ގެނައުމުގެ މަސައްކަތް ވަނީ މެދުކަނޑާލާފައެވެ. އެކަމަކީ ޤަވާއިދާއި ޚިލާފަށް ކުރާ ކަމެއް ކަމަށް ފާހަގަކޮށް އިދިކޮޅު ފަރާތްތަކާއި އާއްމުންގެ ފާޑުކިޔުން މި ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް، ސަރުކާރުން އިކޮނޮމިކް މިނިސްޓްރީން ކުރިން ބިދޭސީންނާއި ގުޅޭގޮތުން އާއްމުކޮށްފައިވާ މައުލޫމާތުތައް ޑިލީޓްކުރަން ފަށާފައިވާކަން ވަނީ ހާމަވެފައެވެ.

Advertisement - newsAdvertisement

އިކޮނޮމިކް މިނިސްޓްރީން މި އަހަރު ނެރުނު ފޮރިން ލޭބަރ ސްޓެސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓުގައި ވާގޮތުން، ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށް 139،220 ބަންގްލަދޭޝް މީހުން ރާއްޖޭގައި މަސައްކަތް ކުރަމުން އެބަދެއެވެ. އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ކުރިން އެ މައުލޫމާތު ފެންނަން ހުއްޓެވެ. އެ މައުލޫމާތު ޑިލީޓްކުރުމާއި ގުޅިގެން އާއްމުންގެ ފާޑުކިޔުން ސަރުކާރަށް އިންތިހާ އަށް އަމާޒުވަމުން ދަނިކޮށް އިކޮނޮމިކް މިނިސްޓްރީގެ ފޮރިން ލޭބަރ ސްޓެސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓެއް ފުހެލާފައިވަނީ އަންގަވައިގެން ނޫންކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

އެކްސް މެދުވެރިކޮށް ސައީދު ވިދާޅުވީ މިނިސްޓްރީގެ ރަސްމީ އެއްވެސް ޕޯސްޓެއް އޭނާ އަންގަވައިގެން ޑިލީޓްކޮށްފައި ނުވާނެ ކަމަށެވެ. އަދި އެކަންކުރި ސަބަބު ތަޙްޤީޤްކުރަން މިހާރު އަންގަވާފައިވާނެކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

އެ މައުލޫމާތުތައް އިކޮނޮމިކް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓާއި ވެބްސައިޓުން އުނިކުރީ މިނިސްޓަރުގެ އިރުޝާދާއި އެކުގައި ނޫންކަން ސާފުކޮށް ސައީދުގެ ވާހަކަފުޅުތަކުން އެނގެއެވެ. އަދި އެކަން ކުރި ސަބަބު ތަހުގީގުކުރަން އެމަނިކުފާނު އަންގަވާފައިވާނެކަން ސައީދު ހާމަކުރައްވާފައިވާތީ، މި މައްސަލައިގައި ކަން ހިނގި ގޮތް އޭނާއަށް ވެސް އެންމެ ރަނގަޅަށް ސާފުވެވަޑައިގަންނަވާކަމާ މެދު ސުވާލު އުފެދެއެވެ.

އާއްމުން ދަނީ އެ މައުލޫމާތުތައް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ޑިލީޓްކޮށްލުމުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައިގައި މިނިސްޓަރު އިހުސާންގެ ވާހަކަފުޅާއި މިނިސްޓަރު ސައީދުގެ ވާހަކަފުޅު އެއްވެސް ވަރަކަށް ދިމާނުވާކަން ފާހަގަކުރެވެއެވެ. ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ އެއްވެސް މައުލޫމާތެއް ގެއްލިގެން އުޅޭކަން އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި ކުރިން ޝާއިއުކޮށްފައިވާ ރިޕޯޓް އިންގޮތަށް ހޯމްލޭންޑް ސެކިއުރިޓީގެ ވެބްސައިޓުން ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ މައުލޫމާތު އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައިކަމަށް އިހުސާންގެ ވާހަކަފުޅުތަކުން ދޭހަވެއެވެ.

އިހުސާން ވަނީ ކުރިން ބިދޭސީ މަސައްކަތްތެރިންނާއި ގުޅުން ހުރި މަސައްކަތްތައް ކުރަމުން އައީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށާއި އެ މަސައްކަތްތައް މިހާރު ކުރަމުންދަނީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާގެ ދަށުންކަމަށް ވިދާޅުވެފައެވެ. އަދި ޑިލީޓްކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭ ރިޕޯޓު އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން އުނިކޮށްފައިވީ ނަމަވެސް، ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާގެ ވެބްސައިޓުގައި އެ މައުލޫމާތު ހިމަނުއްވާނެ ކަަމަށް އިހުސާން ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރެއްވީ އެ ވުޒާރާއެއްގެ ވެބްސައިޓުގައި ލިޔެފައިވާ މައުލޫމާތަކަށް އެ ވުޒާރާއަކުން ޖަވާބުދާރީވާން ޖެހޭތީ ކަމަށް އިހުސާން ވިދާޅުވިއެވެ. ހަމައެހެންމެ މިހާރު އެ މަސައްކަތާއި ގުޅޭ ފަންނީ މުވައްޒަފުން ވެސް ތިބީ ފަންނިއްޔަތާބެހޭ ވުޒާރާގައި ކަމަށާއި އެ ރިޕޯޓު ވެސް މިނިސްޓްރީން ޝާއިއުކޮށްދޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެ ރިޕޯޓުގައި ދައްކާ 139،220ގެ އަދަދަކީ އެެއީ އެކްޓިވް ވަރކް ޕަރމިޓުގެ އަދަދު ކަަމަށް ވެސް އިހުސާން ވަނީ ވިދާޅުވެފައެވެ. އިހުސާން މިހެން ވިދާޅުވުމާ އެކު ސައީދު ކުރިން އެ މައްސަލަ ތަހުގީގުކުރަން އެންގެވި ސަބަބާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެ މައުލޫމާތު އުނިކުރިކަން އިހުސާން އަށް އެނގިވަޑައިނުގަންނަވާއިރު އެ މައުލޫމާތު އުނިކުރީ ސައީދަށް އެނގުމަކާއި ނުލާތޯ ވެސް ވަނީ ސުވާލު އުފެދިފައެވެ. އަދި އެއްވެސް މައުލޫމާތެއް ހާމަކުރުމަކާއި ނުލާ ރަސްމީ އިދާރާއެއް ލިޔުންތައް ޑިލީޓްކުރެއްވުމަށް ފަހު އޭގެ ދެ ދުވަސް ފަހުން އިހުސާން އެފަދައިން ވިދާޅުވެފައިވާތީ، މައުލޫމާތުތައް ޑިލީޓްކުރުމުގެ ކުރިން އެކަން ސާފުކޮށް ހިއްސާނުކުރެއްވީ ކީއްވެތޯ ވެސް ސުވާލު އުފެދެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޕާކިސްތާނަށް ވަޑައިގަންނަވަނީ

23 އެޕްރީލު 2017
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޕާކިސްތާނަށް ވަޑައިގަންނަވަނީ
17 އެޕްރީލު 2017

ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

17 އެޕްރީލު 2017
ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު
05 އެޕްރީލު 2017

ކޯޑިނޭޓަރުން ސޯޓުލައިގެން އައިސް ސޮއި ކޮށްލުމުން ރަސްމީ އޮފީސް ނިމުނީ!

05 އެޕްރީލު 2017
ކޯޑިނޭޓަރުން ސޯޓުލައިގެން އައިސް ސޮއި ކޮށްލުމުން ރަސްމީ އޮފީސް ނިމުނީ!
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
09 މާރިޗު 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި

09 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި
27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
16 ފެބުރުއަރީ 2017

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް