Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ މަގާމުތައް

ކޯޑިނޭޓަރުން ސޯޓުލައިގެން އައިސް ސޮއި ކޮށްލުމުން ރަސްމީ އޮފީސް ނިމުނީ!

ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެއް ގޮތަކަށް އޮފީހުގައި ނޫޅުއްވާ

ރާއްޖެ އެމްވީ | 5 އެޕްރީލު 2017 | ބުދަ 23:09
ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް - ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތަކަށް ގިނަ އަދަދެއްގެ ސިޔާސީ މަގާމުތަކައް މީހުން ގެންދަވަނީ ހަމަޖައްސަވަމުން.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް - ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތަކަށް ގިނަ އަދަދެއްގެ ސިޔާސީ މަގާމުތަކައް މީހުން ގެންދަވަނީ ހަމަޖައްސަވަމުން.

ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގައި ސިޔާސީ މަގާމްތަކަށް ހަމަޖައްސަވާފައިތިބި ބައެއް ކޯޑިނޭޓަރުންނާއި، ޕޮލިސީ އެކްޒެކެޓިވުންނަކީ ހެނދުނު ސޮއި ކޮށްލުމަށްފަހު އޮފީހުގެ މަސައްކަތް ނިންމާލާ ބައެއް ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދިން ސަރުކާރުގެ މިނިސްޓްރީއެއްގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގެ ވަޒީފާގައި މިފަދަ މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކަކީ ކޮންމެ ދުވަހަކުވެސް ހެނދު އޮފީހަށް އައިސް ސޮއިކޮށްލުމަށްފަހު އޮފީހުން ގެއްލޭ ބައެއް ކަމަށެވެ. އަދި މިކަން ފަސޭހަ ކުރަމުން އައިސް އޭގެ ތެރޭން ބައެއް މީހުން ސޮއިކޮށްލުމަށް އޮފީހަށް އަންނަނީ ސޯޓުލައިގެންކަން މުވައްޒަފުންނަށް ފާހަގަ ވެގެން ހިތްހަމަ ނުޖެހުމާއެކު އޮފީހުގައި އެވާހަކަ ދައްކަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ސަރުކާރު އޮފީހެއްގެ އެހެން ވެރިޔަކު ވިދާޅުވީ، އެއް ގޮތަކަށްވެސް އޮފީހުން ނުފެންނަ ފަރާތްތައްވެސް އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި އެބަތިބި ކަމުގައެވެ. އޭގެ ތެރެއިން ބައެއް ފަރާތްތައް ރަސްމީ ގަޑީގައި އަމިއްލަ ވިޔަފާރީގައި އުޅެމުންދާކަން އެނގިފައިވާ ކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ.

ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް، ވަޒީފާގެ ބިރަށް ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް، ކިޔައިދިން ގޮތުގައި އެކުންފުނީގައިވެސް ސިޔާސީ ގޮތުން ވަޒީފާއަށް ލައްވާފައި ތިބި އެތައް ބަޔަކީ ސޮއި ކޮށްލުމަށްފަހު ގެއްލޭ ބައެކެވެ.

ސޮއިކޮށްލުމަށްފަހު އޮފީހުންދާ ބައެއް މިފަދަ ފަރާތްތަކުން ދުވާލުގެ ބާކީ ބައި މަސައްކަތް ކުރަނީ ނުފޫޒުގަދަ އަންހެން ބޭފުޅެއްގެ އޮފީހާ ގުޅޭ މަސައްކަތްކުގައި ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ސަރުކާރުގެ އޮފީހެއްގެ ވެރިޔަކު ވިދާޅުވިއެވެ.

ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކުގައި މީގެ ކުރިން ހަމަ ނުޖައްސާހާ ގިނަ އަދަދަކަށް ސިޔާސީ މަގާމްތަކަށް މުވައްޒަފުން ހަމަޖައްސާ ދައުލަތުގެ ބަޖެޓުން އަންނަނީ މުސާރައާއި އިނާޔަތްތައް ދެމުންނެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
13 ފެބުރުއަރީ 2017

މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

13 ފެބުރުއަރީ 2017
މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު