Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް

އިސްރާއީލުން ފުނޑުފުނޑުކޮށްލީ އިމާރާތް އެކަންޏެއް ނޫނެވެ، އެތައް ޖީލެއްގެ ހުވަފެންތައްވެސްމެއެވެ!

އަމިއްލަ ގެދޮރުން ނެރެލެވިފައިވާ ޣައްޒާގެ ރަށްވެހިން ބުނާ ގޮތުގައި، ޣައްޒާ ތެރެއިން މިހާރު ހިޔާވަހިކަމާއި ސަލާމަތް ލިބޭނެ އެންމެ ތަންފުކެއްވެސް ނެތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2023 | އަންގާރަ 02:20
ޣައްޒާގައި ފުނޑުފުނޑުކޮށްލާފައިވާ ސަރަހައްދެއްގައި ކުޑަ ދެކުދިން

ޣައްޒާގައި ފުނޑުފުނޑުކޮށްލާފައިވާ ސަރަހައްދެއްގައި ކުޑަ ދެކުދިން

ކިތަންމެ ހިތްދަތި ޙާލެއްގައި ޙަޔާތުގެ ދުވަސްތައް ހޭދަ ކުރަން ޖެހިފައި އޮތެއް ކަމަކު، ފޮނި ހުވަފެންތައް ދެކި، އެ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެހޭނެ ކަމުގެ އުންމީދު، ހަމަ ކޮންމެ މީހަކުމެހެން ކުރާނެއެވެ. ފަލަސްޠީނުގައި ހިނގާދިޔަ ސިޔާސީ ދެބަސްވުންތަކަކަށްފަހު ޙަމާސް ޖަމާޢަތުން ޣައްޒާގެ ކޮންޓްރޯލް ނެގުމާއެކުގައި ހެން ހުރިހާ ކޮޅަކުން ފިއްތާލެވުނު އެ ރަށުގެ ވަޒަންވެރިންނަކީވެސް ހަމަ މި ދެންނެވި ފަދަ ބައެކެވެ. އުފަން ވަޒަނުގައި ޤައިދީންތަކެއްގެ ގޮތުގައި ދުވަސްތައް ގުނަމުން ގޮސް ވިއްސަކަށް އަހަރު ވަނީއެވެ. 21 ވަނަ ޤަރުނުގެ ތަރައްޤީގެ ރޭހުގެ ބޮންތީގައި ހިފުމަށް ބަޔަކު އަރުވާޖަހާފައި ތިބި އިރު، ޣައްޒާގެ ރައްޔިތުންނަށް މިއަދު ތިބެން ޖެހިފައި ވަނީ އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤާއި، ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތައްވެސް ކަށަވަރު ނުވާ ޙާލުގައެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ ޔަހޫދީ އިޒްރޭލުން އޮކްޓޯބަރ 7 ވަނަ ދުވަހު ޤަތުލުޢާންމު ހިންގަން ފެށިފަހުން ޣައްޒާއިން މަރުވެދިޔަ މީހުންގެ ޢަދަދު 19000 އަށް އަރައެވެ. ޒަޚަމްވީ މީހުންގެ ޢަދަދު ބައި ލައްކައަށް އަރައެވެ. އާބާދީގެ 90 ޕަސެންޓް މީހުންނަކީ މިއަދު ގެދޮރު ގެއްލިފައި ވާ މީހުންނެވެ. ޢާއިލާތަކުގެ އެތައް ޖީލެއް މި ދުނިޔެއާ ވަކިވެ ހިނގައްޖެއެވެ. ބައެއް ޢާއިލާތަކުގެ ނަންވެސް ފޮހެވި ހިނގައްޖެއެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި އެންމެ ބޮޑު ތަކުލީފެއް އުފުލަމުން ދަނީ ޣައްޒާގެ ކުޑަކުދިންނެވެ.

ޔަހޫދީ ޤަތުލުޢާންމު ފެށުމާ ހިސާބަށް، ޢުމުރުން 12 އަހަރުގެ ޔުސްރާ އަބޫ ތާއިމް ދެކެމުން އައި ފޮނި ހުވަފެނެއް އޮތެވެ. އެއީ ބޮޑުވެގެން، ސްކޫލު ޓީޗަރަކަށް ވުމަށްޓަކައި އޭނާ ދެކެމުން ދިޔަ ފޮނި ހުވަފެންތަކެވެ. ނަމަވެސް މިއަދު، އެއީ މާޒީއެވެ. ޔުސްރާ މިއަދު އެދޭހާވެސް ކަމަކީ، ހެޔޮ ޙާލުގައި ސަލާމަތުން ދިރިހުރެވުމެވެ.

ޢުމުރުން 14 އަހަރުގެ ހިންދު އަލް-ދޫޖީގެ ވާހަކަވެސް ހުރީ ހަމަ އެފަދަ ގޮތަކަށެވެ. ހިންދުގެ ހުވަފެންތައްވެސް ފުނޑުފުނޑުވީ ފަދައެވެ.

ޢުމުރުން އެންމެ 10 އަހަރުގެ އިޚްލާސް ހަނޫނުގެ ވާހަކަތަކުން، އެ ކުއްޖާފުޅު ގަނެފައި ހުރި ބިރު، ހިސާބަކަށް ވަޒަން ކޮށްލެވެއެވެ. ނަމަވެސް، އެ މައުސޫމު ސިކުނޑިއަށް ކުރާނެ ބާރާއި، ހިތަށް ކުރާނެ އަސަރު އެހެން މީހަކަށް ބަޔާން ކޮށްދެވޭނީ ކިހިނެއް ހެއްޔެވެ؟

އިޒްރޭލުން ހިންގާ ނަސްލު ދޮވެލުމުގެ ޤަތުލުޢާންމަކީ ހަމަ އެކަނި ޣައްޒާ ނުވަތަ ފަލަސްޠީނުގެ ބޯޑަރު ތެރޭގައި އޮވެދާނެ ކަމެއް ނޫން ކަން މިހާރު ކިތަންމެހާވެސް ސާފެވެ. ޣައްޒާއިން ޛަރޫރީ ހުރިހާ އެއްޗެއް ހުސްވެ، މުޅި ރަށް ބަނޑަށް ޖެހިއްޖެއެވެ. ޣައްޒާ ދޫކޮށް މިޞްރަށް ހިޖުރަ ކުރާ މީހުންގެ ޢަދަދު ކޮންޓްރޯލުން ނެއްޓިދާނެ ކަމުގެ ބިރުވެސް އެހާމެ ބޮޑެވެ. އަމިއްލަ ގެދޮރުން ނެރެލެވިފައިވާ ޣައްޒާގެ ރަށްވެހިން ބުނާ ގޮތުގައި، ޣައްޒާ ތެރެއިން މިހާރު ހިޔާވަހިކަމާއި ސަލާމަތް ލިބޭނެ އެންމެ ތަންފުކެއްވެސް ނެތެވެ.

މި ދުވަސްވަރަކީ ޣައްޒާއަށް ފިނި މޫސުމުގެ ދުވަސްވަރެވެ. އިޒްރޭލުގެ ނިރުބަވެރި އަސްކަރިއްޔާގެ ޢުދުވާނީ ޙަމަލާތަކުގެ ޝިކާރައަކަށް ވުމުގެ އިތުރަށް، ބަނޑުހައިހޫނުކަމާއި، ގަދަ ފިނީގެ ސަބަބުން ޣައްޒާއިން މަރުވާ މީހުންގެ ޢަދަދުވެސް ދަނީ އިތުރު ވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރީފެވެ. ދުލާއި ޤަލަމުގެ މިނިވަންކަމަކީ ދޮގު ބުހުތާނު ވާހަކަ ފެތުރުމެއްނޫނެވެ.

ޝަރީފެވެ. ދުލާއި ޤަލަމުގެ މިނިވަންކަމަކީ ދޮގު ބުހުތާނު ވާހަކަ ފެތުރުމެއްނޫނެވެ.

20 މާރިޗު 2020
އާދަނާ. ހެނދުނުގެ ނާސްތާއަކީ އިސްރާފެއް ނޫނެވެ، އެއީ އިންވެސްޓެކެވެ!

އާދަނާ. ހެނދުނުގެ ނާސްތާއަކީ އިސްރާފެއް ނޫނެވެ، އެއީ އިންވެސްޓެކެވެ!

01 ފެބުރުއަރީ 2020
ރައީސް ޔާމީން އެވެ، ދައުލަތް 'ކޮރު' ވީ އެކަންޏެއް ނޫނެވެ. އޮތީ 'ވާގި' ވެސް ނެތިފަ އެވެ!

ރައީސް ޔާމީން އެވެ، ދައުލަތް 'ކޮރު' ވީ އެކަންޏެއް ނޫނެވެ. އޮތީ 'ވާގި' ވެސް ނެތިފަ އެވެ!

17 އޮކްޓޯބަރު 2018
އިދިކޮޅު ކެންޑިޑޭޓް ކަނޑައަޅާނީ އިދިކޮޅު ފަރާތްތަކުންނެވެ. ސަރުކާރަކުން ނޫނެވެ.

އިދިކޮޅު ކެންޑިޑޭޓް ކަނޑައަޅާނީ އިދިކޮޅު ފަރާތްތަކުންނެވެ. ސަރުކާރަކުން ނޫނެވެ.

15 މެއި 2018
ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.

ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.

03 މެއި 2018

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު