Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ބައްސާމް ވާދަނުކުރުމަކީ ކާމިޔާބީއެއް، ދުރަށް އެ ދަނީ މަޖުބޫރުވުމުން: އާޒިމް

ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ނުކުރައްވަން ބައްސާމް ނިންމެވީ މަޖުބޫރުވެގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޑިސެމްބަރު 2023 | އަންގާރަ 02:32
އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އަދި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އަދި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް

ކުރިއަށް އޮތް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަނުކުރެއްވުމަށް އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ނިންމެވުމަކީ ފުޓުބޯޅަ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި އަލީ އާޒިމް ސިފަކުރައްވައިފި އެވެ.

އަންނަ އަހަރުގެ މެދު ތެރޭގައި މިހާރު ހިނގަމުންދާ ބައްސާމްގެ ދައުރުގެ މުއްދަތު ހަމަވާނެ އެވެ. ނަމަވެސް އޭގެ އެތައް ދުވަހެއް ކުރިން، އަންނަ ޖަނަވަރީ މަހު އެފްއޭއެމްގެ އިންތިޚާބު ބާއްވަން ބައްސާމް ވަނީ ނިންމަވާފަ އެވެ. އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފްއޭއެމުން އެ ފުރުސަތު ހުޅުވާލާފައިވާއިރު، ބައްސާމް ނިންމެވީ އިންތިޚާބުގައި ވާދަނުކުރެއްވުމަށެވެ. 2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސްކަމަށް އިންތިޚާބުވި ބައްސާމް މިހާރު ފުރުއްވަމުން އެ ގެންދަވަނީ ދެ ވަނަ ދައުރެވެ.

ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް އާޒިމް ވިދާޅުވީ، އެފްއޭއެމްގެ ހިންގާ ކޮމެޓީގައި ތިއްބެވި ބައެއް މެންބަރުން އިސްތިއުފާ ވެސް ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ނުކުރައްވަން ބައްސާމް ނިންމެވީ މަޖުބޫރުވެގެން އަދި އެ ނޫން އެހެން ގޮތެއް ނެތިގެން ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ. ނުބައި ހިސާބެއްގައި ދިވެހި ފުޓުބޯޅައިގެ ޙާލަތު އޮތްއިރު، އިންތިޚާބުގައި ވާދަނުކުރައްވަން ބައްސާމް ނިންމެވި ނިންމެވުމަކީ، ދިވެހި ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އިތުރަށް އާޒިމް ވިދާޅުވި ގޮތުގައި ފުޓުބޯޅަ ދެން ފަށަން ޖެހޭނީ ކޮން ހިސާބަކުން ކަމެއް ވެސް ނޭންގޭ ކަމަށެވެ.

ބައްސާމާއި އޭނާގެ ޓީމުން އެފްއޭއެމުގެ އަސާސީ ގަވާއިދާ ހިލާފަށް ކަންތައްތައް ކުރަމުންދާތީވެ، ދިވެހި ފުޓުބޯޅަ އަށް ދެން ރަނގަޅު ވާނީ ސަސްޕެންޝަނެއް އައުން ކަމަށް މީގެ ކުރިން އާޒިމް އޮތީ ވިދާޅުވެފަ އެވެ. އާޒިމް ވިދާޅުވީ އެފްއޭއެމްގެ ހިންގުމުގައި ޤަވާއިދާ ޚިލާފަށް އެތައް ކަމެއް ހިންގަން ފުރުސަތު ލިބުނީ އެކަން ހުއްޓުވަން ޖެހޭ ބެލެނިވެރި ފަރާތްތަކަށް ވެސް ފަރުވާކުޑަކޮށްލުމުން ކަމަށެވެ.

އާޒިމް ވިދާޅުވީ މިކަންކަން މިހާރު ދެން ރަނގަޅު ކުރެވޭނީ ފުޓުބޯޅަ ކުލަބުތަކަށް ކަމަށެވެ.

ބައްސާމް ދުރަށް ވަޑައިގަންނަވަމުން ނިންމެވިއިރު އެފްއޭއެމްގެ ހިންގުމުގައި ގިނަގުނަ މައްސަލަތަކެއް ދިމާވެ، އެ އިދާރާ އޮތީ ބަނގުރޫޓުވުމާ ކައިރީގަ އެވެ. އެގޮތުން އެފްއޭއެމްގެ އިސްވެރިންނާ ދެކޮޅަށް ވަނީ މަނީ ލޯންޑަރިންގެ ތުހުމަތުކޮށްފަ އެވެ. އެ މައްސަލަ ދިވެހި ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލަ މިހާރު އޮތީ ދައުވާ ކުރާ ހިސާބުގަ އެވެ. ޕީޖީ ޙުސެއިން ޝަމީމް ވިދާޅުވީ، އެ މައްސަލައިގެ މައިގަނޑު ސަސްޕެކްޓަކީ އެފްއޭއެމްގެ ރައީސް ބައްސާމް ކަމަށެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ

13 މާރިޗު 2017
ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ
07 މާރިޗު 2017

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
26 ފެބުރުއަރީ 2017

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

26 ފެބުރުއަރީ 2017
ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު