Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ގަވާއިދު

ރާއީސުލްޖުމްހޫރިއްޔާ އާއި ނައިބު އަޒުލުކުރުމާއި ގުޅުން ހުރި މާއްދާތަކަށް ގެނައި އިސްލާހުތައް ފާސްކޮށްފި

18 ޑިސެމްބަރު 2023 | ހޯމަ 10:04

މަޖިލީހުގެ ގަވާއިދުގެ 202 އަދި 203 ވަނަ މާއްދާއަށް ވަނީ އިސްލާހު ގެނެސްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 ޑިސެމްބަރު 2023 | ހޯމަ 10:04
މަޖިލީހުގެ ވޯޓުގެ ތަފްސީލް

މަޖިލީހުގެ ވޯޓުގެ ތަފްސީލް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާއާއި 203 ވަނަ މާއްދާ އަދި 49 ވަނަ މާއްދާ އިސްލާހުކުރުމަށް އާންމު ކޮމިޓީން ނިންމި ގޮތަށް އިތުރު އިސްލާހަކާ އެކު، މަޖިލީހުގެ ގަވާއިދު ފާސްކުރަން ފާސްކޮށްފިއެވެ.

އާއްމު ކޮމިޓީ އަށް ކޮމިޓީއަށް ހުށަހެޅީ 202 އަދި 203 ވަނަ މާއްދާ އިސްލާހުކުރުމަށާއި 49 ވަނަ މާއްދާއަށް ހުށަހެޅުމަށެވެ. ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވަނީ މަޖިލީހުގެ ގަވާއިދުގެ 202 އަދި 203 ވަނަ މާއްދާއަށް ހުށަހަޅާފައެވެ. އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވަނީ މަޖިލީހުގެ ޖުމްލަ އަދަދު މާނަ ކުރާ ގޮތަށް އިސްލާހުގެނައުމަށް ހުށަހަޅުއްވާފައެވެ. އެގޮތުން، އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނަނީ މަޖިލީހުގެ ޖުމްލަ އަދަދު ގުނުމުގައި ބަލާނީ، އެ ވަގުތަކު މަޖިލީހުގެ މެމްބަރުންގެ ގޮތުގައިތިއްބެވި މެންބަރުންގެ އަދަދަށް ކަމަށެވެ. މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދަކީ 80އެވެ. އެހެންކަމުން ޝިފާއުގެ އިސްލާހާއި އެކު މަޖިލީހުގެ ތިން ބައިކުޅަ ދެ ބަޔަކަށް ވާނީ 54 މެންބަރުންގެ ވޯޓެވެ. ޝިފާއު ހުށަހެޅުއްވާފައި ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާއިރުގައި އިސްތިއުފާ ދެއްވާފައިވާ މެންބަރުން ނުގުނައި ގޮތަށެވެ.

Advertisement - newsAdvertisement

އެ މާއްދާތައް އިސްލާހުކޮށް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމުގެ ކުރީގައި ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިން އެ ރިޕޯޓަށް އިސްލާހެއް ހުށަހެޅުއްވިއެވެ. އެ އިސްލާހަކީ މައްސަލަ ތަހުގީގުކުރަމުންދާއިރު ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ލިބޭގޮތަށް ހުށަހެޅި އިސްލާހެކެވެ. އެ އިސްލާހުގައި ބުނާގޮތުން ކޮމިޓީއަށް ހާޒިރުވެ، ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ލިބޭނެއެވެ. އަދި، ކޮމިޓީއަށް ހާޒިރުކުރުމުގެ ކުރީގައި މަދުވެގެން ދެ ގަޑިއިރުގެ ނޯޓިސް އެއް ދޭންވާނެއެވެ. ހަމައެހެންމެ ކޮމިޓީން މައްސަލަ ދިރާސާކުރުމަށް ފަހު، ފަސް ދުވަހުގެ ތެރޭގައި ރިޕޯޓެއް އެކުލަވައިލާ މަޖިލީހުގެ ރައީސަށް ފޮނުވަންޖެހޭނެ ކަމަށާއި އެ ރިޕޯޓަށް ލިޔުމުން ޖަވާބުދާރީވާން ވެސް ރައީސާއި ނައިބު ރައީސަށް ދެ ދުވަހުގެ ފުރުސަތެއް ދޭން ހުށަހަޅާފައިވެއެވެ. އެހެންކަމުން އެ މައްސަލައިގައި އެކުލަވައިލާ ރިޕޯޓަށް ހަފުތާއެއް ތެރޭގައި ވޯޓަށް އަހަންވާނެ ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ.

މަޖިލީހުގައި މިއަދު އެންމެ ފުރަތަމަ ވޯޓަށް އަހާފައި ވަނީ ހިސާން ހުށަހެޅުއްވި އިސްލާހުތައް ފާސްކުރުމާއި މެދު ގޮތެއް ނިންމުމަށެވެ. އެ އިސްލާހުތައް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެން 55 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ވޯޓާއި އެކުގައެވެ. އަދި އެއިސްލާހު ބަލައިގަތުމާ ދެކޮޅަށް 10 މެންބަރަކު ވޯޓުދެއްވިއެވެ.

ހިސާންގެ އިސްލާހާ އެކު މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމާ މެދު ނެގި ވޯޓުގައި އެ އިސްލާހު ފާސްވެފައި ވަނީ ވޯޓުގެ ބައިވެރިވެވަޑައިގެން 55 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ ވޯޓާއި އެކުގައެވެ. އެ އިސްލާހާ ދެކޮޅަށް ވޯޓުދެއްވީ 10 މެންބަރުންނެވެ. އެ އިސްލާހު ފާސްކުރުމާއި މެދު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ. އެހެންވެ، މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާއާއި 203 ވަނަ މާއްދާއަށް އާންމު ކޮމިޓީން ގެނައި ބަދަލާ އެކު މަޖިލީހުން ހުށަހެޅި އިސްލާހު އިތުރުކުރުމަށް ފަހު ވަނީ ފާސްކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް