Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވަޒީރުންނަށް ރުހުންދިނުން

ވަޒީރުންނަށް ރުހުންދިނުން - ކޮމިޓީ ރިޕޯޓް އޮތީ މަޖިލީހުގެ ޤަވާއިދާއި އެއްގޮތަކަށް ނޫން!

އެ މައްސަލަ ގަވާއިދާއި އެއްގޮތް ކުރުމަށް ކޮމިޓީ އަށް އަނބުރާ ފޮނުވާލެއްވިކަން ވަނީ އިޢުލާންކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2023 | ހޯމަ 06:12
މަޖިލިސް އަދި ކެބިނެޓް

މަޖިލިސް އަދި ކެބިނެޓް

ސަރުކާރުން އަލަށް އުފެއްދި ވުޒާރާތަކުގެ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ފޮނުވާފައި ނުވާތީ، މަޖިލީހަށް ހުށަހެޅި ނިޒާމީ ނުކުތާ ބަލައިގަނެ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާއިން ނެގުމަށްފަހު ރުހުން ދިނުން އަނބުރާ ކޮމިޓީ އަށް ފޮނުވަން މަޖިލީހުގެ ރިޔާސަތުން ވަނީ ނިންމާފައެވެ.

ހޯމަ ދުވަހު މަޖިލިސް ފެށުމާއި އެކު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަނީ ނިޒާމާއި ބެހޭ މައްސަލަ އެއް ނަންގަވާފައެވެ. އޭނާ އެ ނިޒާމީ ނުކުތާ ނެންގެވީ ހޯމަ ދުވަހުގެ އެޖެންޑާގައި ހިމަނާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ)ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި ގުޅޭގޮތުންނެވެ. އެ ނިޒާމީ ނުކުތާ ބަލައިގަތީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި މަޝްވަރާކުރުމަށް ފަހުގައެވެ. އެގޮތުން ކުރި މަޝްވަރާތަކަށް ފަހު އެ މައްސަލަ ގަވާއިދާއި އެއްގޮތް ކުރުމަށް ކޮމިޓީ އަށް އަނބުރާ ފޮނުވާލެއްވިކަން ވަނީ އިޢުލާންކުރައްވާފައެވެ.

ހޯމަ ދުވަހު މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާގައި ހިމަނާފައި ވަނީ މަޖިލީހުގެ ޤަވާއިދުގެ 200ވަނަ މާއްދާގެ ވ އަދި ރ، ކ އަދި އ ގައި ބަޔާންކުރާ ހަމަތަކާއި ޚިލާފަށް ކަމަށް ފާހަގަކުރައްވާ ނިޒާމީ ނުކުތާއެއް ނަންގާފައެވެ. އެ މައްސަލަ އެޖެންޑާގައި ހިމަނާފައި ވަނީ މަޖިލީހުގެ ޤަވާއިދުގެ 200ވަނަ މާއްދާގެ ވ އަދި ރ، ކ އަދި އގައި ބަޔާންކުރާ ހަމަތަކާއި ޚިލާފަށް ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އެ މާއްދާތަކުގައިވާ ކަންކަން އެ މައްސަލައިގައި ފުރިހަމަ ނުވާތީ އެ ރިޕޯޓަށް ވޯޓަށް އެހިދާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވުޒާރާތަކުގެ މަސައްކަތްތައް މަޖިލީހަށް ހުށަހަޅާ ފާސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހިސާން ވިދާޅުވީ ކޮމިޓީ އަށް މެންޑޭޓް ފޮނުވާފައި ނުވާތީ އެކަން ދިރާސާކުރެވިދާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

ހަމައެހެންމެ އެ ބޭފުޅުންނަށް ރުހުން ދެނީ ކޮންކަމެއްގެ ޤާބިލިއްޔަތުކަން ހުރެގެންކަން ނުވަތަ ނޫންކަން ވެސް ސާފު ނުވާ ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ ރުހުމަށް އެދި ފޮނުވާކަންކަމުގައި ކޮމިޓީން ރުހުން ދިނުމަށް ފެންނަކަމަށް ނުވަތަ ނުފެންނަކަމަށް ކަނޑައަޅަންވާނެ ކަމަށާއި އެކަން ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ރިޕޯޓަށް ވޯޓަށް އެހޭނެކަމަށް ޤަބޫލުނުކުރާ ކަމަށް ހިސާން ވިދާޅުވިއެވެ. އަދި މެންޑޭޓް ދިރާސާނުކޮށް އެ ބޭފުޅުންނަށް ރުހުން ދެނީ އެ ބޭފުޅުން ކޮން މެންޑޭޓެއް ފުރިހަމަކުރަންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

އެ ނިޒާމީ ނުކުތާ ވަނީ ބަލައިގަނެފައެވެ. މިހާރު ރިޕޯޓް އޮތީ އެ އުސޫލާއި ޚިލާފަށް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަދި ރިޕޯޓްގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރުހުންދިނުމުގެ މައްސަލަތަކުގައި އަމަލުކުރަން ޖެހޭ ގޮތް މަޖިލީހުގެ ހިންގާ ޤަވާއިދުގެ 200 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ މާއްދާގެ (ރ)ގައި ކޮމިޓީގެ ރިޕޯޓް އޮންނަންޖެހޭ ގޮތް ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ. އެ މާއްދާގެ (ރ)ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމަށް އެދި، ނުވަތަ މަޝްވަރާ އަށް އެދި، ނުވަތަ ލަފައަށް އެދި ފޮނުވާކަމަކާއި ގުޅޭގޮތުން، ކޮމިޓީ އަށް 2 ގޮތަކަށް ގޮތް ނިންމިދާނެކަމަށެވެ. އެއީ

1. ރައްޔިތުންގެ މަޖިލީހުން ރުހުންދިނުން ފެންނަކަމަށް

2. ރައްޔިތުންގެ މަޖިލީހުން ރުހުންދިނުން ނުފެންނަކަމަށް

މީގެ އިތުރުން މަޖިލީހުގެ ހިންގާ ޤަވާއިދުގެ 200 ވަނަ މާއްދާގެ (ޅ)ގައި ރުހުން ދިނުމުގެ މައްސަލަ އާއި ބެހޭ ގޮތުން ވޯޓަށް އެހުމާއި ބަސްކުރުމާއި ގުޅޭ ތަފްސީލް ވަނީ ހިމަނާފައެވެ. ހަމައެޖެންމެ އެ މާއްދާގެ (ކ)ގައި ބުނެފައި ވަނީ ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ، މަޖިލީހުގެ ކޮމިޓީން ހުށަހަޅާގޮތް ފާސްވުންކަމަށް ވާނީ މަޖިލީހަށް ހާޒިރުވާ މެމްބަރުންގެ އަޢުލަބިއްޔަތުން އެކަން ފާސްވުމުންކަމަށެވެ. އަދި އެ މާއްދާގެ (އ)ގައި ބުނެފައި ވަނީ މަޖިލީހުން ފެންނަކަމަށް ނުވަތަ ނުފެންނަކަމަށް ބަޔާންކޮށް ލިޔެފައިވާ ކޮމިޓީގެ ރިޕޯޓަކާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވޯޓެއް ނަގަންވާނީ އެ ރިޕޯޓް މަޖިލީހަށް ފޮނުވުމަށް ފަހު 3 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައި ކަަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން މަޖިލީހުގެ ހިންގާ ޤަވާއިދުގެ 200 ވަނަ މާއްދާގެ (ރ) އާއި އެ މާއްދާގެ (އ)ގައި ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމުގެ މައްސަލަތަކުގައި އެކުލަވާލާ ކޮމިޓީ ރިޕޯޓްގައި ރުހުން ދިނުމަށް ފެންނަކަން ނުވަތަ ނުފެންނަކަށް ކަނޑައަޅާފައިވާންވާނެކަން ސާފުކޮށް ބަޔާންކޮށްފައި އެބައޮތެވެ.

ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އާއި މެދު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްުޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ގޮތެއް ނިންމާފައި ވަނީ 10 ޑިސެމްބަރު 2023ގައި އޮތް އެ ކޮމިޓީގެ 09 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ ނޮވެމްބަރ 17 2023ގައި އައްޔަންކުރި ވަޒީރުންގެ ކިބައިގައި، ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގައި ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ)ގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ކުރުން މަނާކަންކަމުގެ ގޮތުގައި ބަޔާންކުރާ ކަމެއް އެއިން ބޭފުޅަކު ކުރައްވަމުންވެސް ނުގެންދަވާ ކަމަށެވެ.

އެހެންކަމުން އެ ބޭފުޅުންނަށް ރުހުންދިނުމަށް ވަކިވަކިން ވޯޓަށް އަހާ ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމަށް ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް އެ ރިޕޯޓްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 22 ވަޒީރުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ރުހުންދިނުމަށް ފެންނަ ކަމަށް އަދި ނޫންކަމަށް ފާހަގަކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ކޮމިޓީ ރިޕޯޓްގައި ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަކަން ނުވަތަ ނޫންކަން ސާފުކޮށް ނެތުމުން ރުހުން ދިނުމުގެ މައްސަލަތަކުގައި ކޮމިޓީން އެކުލަވާލާ ރިޕޯޓުގައި ހިމެނެންޖެހޭ ކަންކަން ކޮމިޓީގެ ނިންމުމުގައި ސާފުކޮށް ނިންމާފައިނުވާކަން ފާހަގަކޮށްލެވެއެވެ. އަދި މަޖިލީހުގެ ހިންގާ ޤަވާއިދުގައި ކަނޑައެޅިގެން އެފަދަ މައްސަލަތަކުގައި އަމަލުކުރަން ޖެހޭ ގޮތް ލިޔެފައިވުމާއި އެކު އެ މައްސަލަ އަށް ވޯޓަށް އެހޭނީ ކޮމިޓީގެ ރިޕޯޓް އިސްލާހުކޮށްގެން ފާހަގަކޮށްލެވެއެވެ. އަދި މަޖިލީހުގެ ހިންގާ ޤަވާއިދަށް ބަލާލުމުން ރުހުންދިނުމުގެ މައްސަލަތައް ކުރިއަށް ގެންދާގޮތް ސާފުކޮށް އެނގެން އޮތް އިރު، އެ މައްސަލަ ކޮމިޓީ އިން ނިންމާފައިވާ ގޮތުގެ ރިޕޯޓަށް އިސްލާހުގެންނަންޖެހޭކަން ސުވާލެއް ނެތް މިންވަރަށް ސާފުވެއެވެ.

ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް ތިއްބަވައެވެ. އެހެންކަމުން ކޮމިޓީގެ ރިޕޯޓުގައި ވަޒީރުންނަށް ރުހުންދޭން ފެންކަން ނުވަތަ ނުފެންނަކަން ބަޔާންކޮށްފައި ނުވާކަން އެ މެމްބަރުންނަށް ވެސް ސާފުކޮށް އެނގިވަޑައިގަންނަވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

18 އެޕްރީލު 2018
އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

19 މާރިޗު 2018
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

24 ނޮވެމްބަރު 2017
ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

24 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު