Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޓަޔަރޑް ބޭފުޅުން މަގާމުތަކަށް

ރިޓަޔަރޑް ބޭފުޅުން މަގާމުތަކަށް، އެއީ ސިފައިންނާ ފުލުހުންގެ ކޮންޓްރޯލް ނެގުމަށް ގެންގުޅޭ އުކުޅެއްތަ؟

މިފަހުން ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް މުޅިން ވެސް ރައީސް މުއިއްޒު އައްޔަން ކުރައްވަމުން ގެންދަވަނީ ރިޓަޔަރޑް ސިފައިންގެ ބޭކަލުންނާއި، ފުލުހުންނެވެ. މީގެ އިތުރުން ސަރުކާރުގެ އިސްމަގާމުތަކާއި، އެމްބަސީތަކުގައި ވެސް ސިފައިންގެ ބެކްގްރައުންޑް ބޭފުޅުން ވަރަށް ގިނަ އެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 24 މާރިޗު 2025 | ހޯމަ 09:24
ސަރުކާރަށް އެއްއަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ސަރުކާރަށް އެއްއަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދަނީ އެހެން ވެރިކަންތަކާ ހިލާފަށް ތަފާތު ވެރިކަމެއް ކުރައްވަމުންނެވެ. އެއީ މިވެރިކަމަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް ކެބިނެޓް އެކުލަވާލުމާއި، ކުންފުނިތަކަށް ބޭފުޅުން އައްޔަން ކުރެއްވުމަކަށް ނިމުމެއް ނާދެއެވެ. ބޭފުޅުން މަގާމުތަކުން ދުރު ކުރެއްވުމާއި އައްޔަން ކުރެއްވުމުގައެވެ.

ކަން މިހެން އޮތްއިރު، އެހެން މަންޒަރެއް މިހާރު ދަނީ ފެންނަމުންނެވެ. އެއީ މިފަހުން ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް މުޅިން ވެސް ރައީސް މުއިއްޒު އައްޔަން ކުރައްވަމުން ގެންދަވަނީ ރިޓަޔަރޑް ސިފައިންގެ ބޭކަލުންނާއި، ފުލުހުންނެވެ. މީގެ އިތުރުން ސަރުކާރުގެ އިސްމަގާމުތަކާއި، އެމްބަސީތަކުގައި ވެސް ސިފައިންގެ ބެކްގްރައުންޑް ބޭފުޅުން ވަރަށް ގިނަ އެވެ.

އެގޮތުން އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ސައުދީ، މިފްކޯގެ ސީއީއޯއަކަށް ބްރިގޭޑިޔަރ ޖެނަރަލް ރިޓަޔަރޑް ފަރުހަތު ޝަހީރު، ފެނަކާގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ސިފައިން ގޭގައި 21 އަހަރު ހޭދަކުރެއްވި މޭޖަރ ރިޓަޔަރޑް މުހައްމަދު ނަޖާހް، މިފަހުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަހުމަދު ފަސީހް އަދި ތުރުކީވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ލެފްޓިނެޓް ޖެނެރަލް ރިޓަޔަރޑް އަބްދުއްރަޙީމް އަބްދުއްލަތީފް ވަނީ އައްޔަން ކުރައްވާފައެވެ.

މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ރިޓަޔަރޑް ބޭފުޅުން
މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ރިޓަޔަރޑް ބޭފުޅުން

މީގެ އިތުރުން މި ސަރުކާރުގެ މަތީފަޑިން ރިޓަޔަރޑް މިފަދަ ބޭފުޅުން އިތުރުވަމުންދާތީ ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. އެއީ ސަރުކާރު ބޮޑުތަނުން ފެއިލްވަމުންދާއިރު، ގައުމު ކޮންޓްރޯލްކޮށް، ސިފައިންނާ ފުލުހުންގެ ބާރު އެންމެ ބޮޑަށް ނެގުމަށް ސަރުކާރުން ގެންގުޅޭ އުކުޅެއް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. އަދި އާއްމު ރައްޔިތުންނާ ޑީލް ކުރުމަށް ސަރުކާރަށް އެތައް ގުނައެއް ފަސޭހަވާނެ ކަމަށާއި، 7 ފެބްރުއަރީ 2012 ގައި ހިނގާދިޔަ ހާދިސާއަކަށް ފުރުސަތު ނުދީ، މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް މިހާރުން ފެށިގެން ސަރުކާރުން ފަށާފައިވާ މަސައްކަތެއް ކަމަށް ވެސް ބެލެވެއެވެ.

ކުންފުނިތައް ހިންގެވުމަށާއި، ސަރުކާރުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގައި އެކަމަކަށް އެންމެ ގާބިލް ތަޖުރިބާހުރި އިލްމީ ބޭފުޅުންނަށް ފުރުސަތު ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ކުންފުނިތަކަށް ރައީސް މުއިއްޒު އައްޔަން ކުރެއްވި ރިޓަޔަރޑް ބޭފުޅުންނަކީ ކުންފުނިތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި ބޭފުޅުންނެއް ނޫނެއެވެ.

އެކަމުގެ ހިތި ނަތީޖާ މިހާރު ވެސް ކުންފުނިތަކުން ދަނީ ފެންނަމުންނެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބޮޑު ފައިދާއެއް ނަގާފައިވާ ކުންފުނިތައް މިއަދު ވަނީ ވެއްޓިފައެވެ. ހިންގަމުންދަނީ ފައިދާއާ ނުލައި ގެއްލުމުގައެވެ. އެގޮތުން އެމްޓީސީސީއަކީ ފައިދާގައި ހިންގި ކުންފުންޏެއް ނަމަވެސް މިސަރުކާރުގެ ފުރަތަމަ އަހަރު އެ ކުންފުންޏަށް އެއްވެސް ފައިދާއެއް ލިބިފައިނުވެއެވެ.

ކުންފުނިތަކާ ހަވާލުވާންޖެހޭނީ ކޮންމެވެސް ވަރަކަށް ފައިނޭންޝަލް ބެކްގްރައުންޑް ހުރި ތަޖުރިބާ ހުރި ބޭފުޅުން ކަަމަށްވާއިރު، ނަތީޖާއިން ވެސް ރިޓަޔަރޑް ބޭފުޅުންނާއެކު ކުންފުނިތައް ނުހިންގޭނެކަން ނަތީޖާއިން މިދަނީ ފެންނަމުންނެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ސަރުކާރުން ބަހެއް ވެސް ބުނެފައިނުވާއިރު، އެއްވެސް ކަހަލަ ސްޓޭންޑެއް ވެސް ނަގާފައިނުވެއެވެ.

އެހެންކަމުން ކުންފުނިތަކަށް ފައިދާވާ ގޮތަށް ކުންފުނިތައް ހިންގުމަކީ ސަރުކާރުގެ މަގުސަދު ނޫންކަން މިވަނީ ހާމަވެފައެވެ. ކުންފުނިތައް ހިންގެވުމަށް އެއްވެސް ވަރަކަށް ފައިނޭންޝަލް ބެކްގްރައުންޑް ހުރި ތަޖުރިބާގެ ބޭފުޅުން އައްޔަން ނުކުރައްވާއިރު، ރައްޔިތުންނާ ގައުމުގެ ފައިދާއަށްވުރެ ބޮޑަށް މިއަދުވެސް ސަރުކާރުގެ އަމާޒުހުރީ ވަކި ބޭފުޅުންގެ ރުހުން ހޯދައިގެން ގައުމު ކޮންޓްރޯލް ކުރުމުގެ ވިސްނުން ކަމަށް ބުނެވޭނެ ނުންތޯއެވެ.

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2018

އިބޫ ދައްކަވަނީ ސިޔާސަތުތަކުގެ ވާހަކަ، ރައީސް ޔާމީން ކުރައްވާ ކަމަކީ ސިޔާސީ ބޭފުޅުންނަށް ހަމަލާތައް ދިނުން

16 ސެޕްޓެމްބަރު 2018
އިބޫ ދައްކަވަނީ ސިޔާސަތުތަކުގެ ވާހަކަ، ރައީސް ޔާމީން ކުރައްވާ ކަމަކީ ސިޔާސީ ބޭފުޅުންނަށް ހަމަލާތައް ދިނުން
30 އޯގަސްޓު 2018

އެއީ އަދީބުގެ ވެސް ބްރިޖެއް ނޫން!

30 އޯގަސްޓު 2018
އެއީ އަދީބުގެ ވެސް ބްރިޖެއް ނޫން!
07 ޖުލައި 2018

ސިޔާސީ ބައެއް ބޭފުޅުންނަށް ރާއްޖޭގެ ފަނޑިޔާރުގެ ރަނގަޅުވެދާނެ!

07 ޖުލައި 2018
ސިޔާސީ ބައެއް ބޭފުޅުންނަށް ރާއްޖޭގެ ފަނޑިޔާރުގެ ރަނގަޅުވެދާނެ!
03 ޖުލައި 2018

އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!

03 ޖުލައި 2018
އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!
23 އެޕްރީލު 2018

މަޖިލިސް ބީވެއްޖެ، ސުޕްރީމް ކޯޓު ވެސް ބީވެއްޖެ، މިހާރު ސިފައިންނާއި ފުލުހުން ވަރެއްނެތް!

23 އެޕްރީލު 2018
މަޖިލިސް ބީވެއްޖެ، ސުޕްރީމް ކޯޓު ވެސް ބީވެއްޖެ، މިހާރު ސިފައިންނާއި ފުލުހުން ވަރެއްނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު