Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މައުމޫން

ކިތަންމެ އަނިޔާކުރިޔަސް އިންސާފުގެ މަގު ހިޔާރު ކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

މެމްބަރުން ވަގުތުން  ވަގުތަށް މިނިވަން ކުރުމަށް ގޮވާލި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 28 ޖުލައި 2017 | ހުކުރު 07:38
 ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް

އަޅުގަނޑުމެންނަށް ބަޔަކު ކިތަންމެ އަނިޔާ ކުރިޔަސް އިންސާފުގެ މަގު ހިޔާރު ކުރުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައެވެ.

ފުލުހުން ހައްޔަރުކޮށްފައިވާ ހުރިހާ މެމްބަރުން ވަގުތުން ވަގުތަށް މިނިވަން ކުރުމަށްވެސް ރައީސް މައުމޫނު ވަނީ ގޮވާލައްވާފައެވެ.

މިމަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ މެމްބަރު ނޫން ކަމަށް މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުންތައް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހަށް ވެންނެވި މައްސަލާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަޙްމަދު މަނިކާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިހާރު ވެސް ހުންނެވީ ބަންދުކޮށްފަ އެވެ. ރިޝްވަތު ދެއްވިކަމުގެ ތުހުމަތުކޮށް، ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ފާރިސް ހުންނެވީ ޣައިރު ގާނޫނީ ބަންދެއްގަ އެވެ.

އިތުރު މެމްބަރުންތަކެއް ހައްޔަރު ކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

މެމްބަރުން ހައްޔަރުކުރުމަށް ސަރުކާރުން މި ފެށީ، މަޖިލީހުގައި އޮތް ސަރުކާރުގެ ބޮޑު އަޣުލަބިއްޔަތު ގެއްލިގެން ދިއުމުންނެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
23 މާރިޗު 2017

ތައްޔިބު ކުރަނީ ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ބަންދަށް 15 ދުވަސް ޖަހައިފި

23 މާރިޗު 2017
ތައްޔިބު ކުރަނީ ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ބަންދަށް 15 ދުވަސް ޖަހައިފި
21 މާރިޗު 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
15 މާރިޗު 2017

ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ

15 މާރިޗު 2017
ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ
22 ފެބުރުއަރީ 2017

"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"

22 ފެބުރުއަރީ 2017
"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު