Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުތަރުޖަމާނުގެ ފުރަތަމަ ޕްރެސް

ތަރުޖަމާނުގެ ފުރަތަމަ ޕްރެސް - ފެނުނީ ރުންކުރުކަމާއި ތަހައްމަލްކުރުން ދަށްކަން!

ގިނަ ސުވާލުކަމަށް ޝަހީބަށް ޖަވާބެއް ނުދެއްވުނު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 ޑިސެމްބަރު 2023 | ހޯމަ 15:36
ޗީފް ސްޕޯކްސްޕަރސަން، ޝަހީބް

ޗީފް ސްޕޯކްސްޕަރސަން، ޝަހީބް

މި ސަރުކާރު ވެރިކަމަށް އައީއްސުރެ ދަމާ ހާސަރަކީ, ސަރުކާރުގެ ސިޔާސަތުގެ ހާމަކަން ބޮޑުކަމުގެ ވާހަކައެވެ. ފޮރުވާނެ ވާހަކައެއް ނުވަތަ ނުބުނެވޭނެ ވާހަކައެއް ނެތްކަމުގެ ވާހަކައެވެ. ތިމާމެންނަކީ މާ ހާމަކަން ބޮޑު މާ ނަޒާހަތްތެރި ބަޔަކުކަމަށް މޫނުމަތިން ދައްކަން އުޅުނުނަމަވެސް، ކޮންމެ ނޫސްވެެރިންގެ ބައްދަލުވުމަކާއެކު ކުރެހޭ މަންޒަރަކީ އެއާއި ދިމާ އިދިކޮޅު މަންޒަރެކެވެ. މިއިން ކޮންމެ ފަހަރަކު ފެންނަނީ ސަރުކާރުން ކަންކަން އޮއްބަން ކުރާ މަސައްކަތްތަކެވެ. މިސްރާބެއް އަދި އަމާޒެއް ނެތި، ރައްޔިތުންނަށް ކަންކަން ފޮރުވަން ދެބޯގެރި ދުއްވުން ނޫން ކަމެއް މި ސަރުކާރަކަށް ނުވެއެވެ. އަބަދުވެސް އޮންނަނީ ސަރުކާރަށް ކޮންމެވެސް ކަމެއް އޮޅިފައެވެ. ކުރިން ބުނި އެތި ކެންސަލްކުރަން ޖެހިފައެވެ. ޓްވީޓެއް ކޮށްފިއްޔާ ޑިލީޓްކުރެއެވެ. ތަފާސްހިސާބެއް ހާމަކޮށްފިއްޔާ އިސްލާހު ކުރަންޖެހެއެވެ.

ކަންމިހެން އޮއްވައި، ސަރުކާރަށް މަސްދުވަސް ފުރެން ގާތްވެފައި އޮއްވައި ސަރުކާރުން ނޫސްވެރިންނަށް ނިކަން ރަނގަޅު ހަދިޔާއެއް ދެއްވައިފިއެވެ. އެ ހަދިޔާއަކީ، އިރެއްގައި އެތައް ނޫސްވެރިންނެއްގެ އަނގަ ބަންދުކުރައްވައި، ނޫސްވެރިން ޖޫރިމަނާކުރުމަށް އަރުވާޖައްސަވައިގެން އިސްކޮށް ނުކުންނެވި ބޭފުޅަކަށް ސަރުކާރުގެ ތަރުޖަމާނުކަން ދެއްވުމެވެ. ކިހާ ރީތި މިސާލެއްތޯއެވެ؟ އެ ބޭފުޅާ ސަރުކާރުގެ މައުލޫމާތު ހާމަކުރާ "މޫނު" ކަމުގައި ނޫސްވެރިންނަށް ދައްކައިފިއެވެ. އެ ބޭފުޅަކީ ހުރިހާ ނޫސްވެރިން ދެނެފަރިތަ، މުހައްމަދު ޝަހީބެވެ. ރަނގަޅު އެކުވެރި ތަރުޖަމާނެއް ފެންނާނެކަމަށް ނޫސްވެރިން ކުރި އިންތިޒާރު އެހާހިސާބުންވެސް ކިލަނބުވިއެވެ. ނޫސްވެރިން ލިޔާ ލިޔުމެއްގެ ސަބަބުން ޖޫރިމަނާގެ ކަސްތޮޅު އެޅުއްވި ބޭފުޅަކު، ނޫސްވެރިންނަށް ހިފެހެއްޓުމެއް ނެތި މައުލޫމާތު ދެއްވަފާނެކަމަށް ގަބޫލުކުރަން އުނދަގޫވީއެވެ.

އެހެންނަމަވެސް ނޫސްވެރިންނާ ހަމައަށް އެ ބޭފުޅާ ވަޑައިގަތުމުގެ ކުރިން "ޖަޖް" ނުކުރަން އަޅުގަނޑު ލައްކަ މަސައްކަތްކުރީމެވެ. ކޮންމެއަކަސް ނިމުނު އާދިއްތަ ދުވަހަކީ އެ ބޭފުޅާ ނޫސްވެރިންނާ ފުރަތަމަ ކުރިމަތިލެއްވި ދުވަހެވެ. ކަމަކުދާކަށް ނެތެވެ! ފުރަތަމަ ދުވަހުވެސް ދެއްކެވީ ޚުދުމުޚުތާރުކަމެވެ. ފެނުނީ ވާހަކަދެއްކެވެމުގެ ރާގުގެ ރުންކުރުކަމެވެ. އެ މަނިކުފާނަށް ނޫސްވެރިންނަށް މައުލޫމާތުދެއްވަން ބޮޑު ކަމަކަށް ވާކަހަލައެވެ! ނޫސްވެރިންނަށް ފޮލޯއަޕް ސުވާލުކުރައްވަން ނުދެއްވަން، ތަކުރާރުކޮށް އިށީންނަވަން އެންގެވިއެވެ. ސުވާލުތައް ވަކި މައުލޫއަކަށް ހަނިކުރުމަށް މަސައްކަތްކުރެއްވިއެވެ. މައުލޫމާތު އެހާމެ ކޮށްޓެވެ. ސަރުކާރުގެ ސިޔާސަތުތަކާ އެހާމެ ބީރައްޓެއްސެވެ. ތަފާސްހިސާބަށް ނުފަރިތައެވެ. އަދި ނޫސްވެރިންގެ ސުވާލުތަކާ ކުރިމަތިލެއްވުމުގައި ޓޮލަރެންސް ލެވެލް، ނުވަތަ ތަހައްމަލްކުރުން ހަމަ ސުމެކެވެ.

ވަރަށް ސާފުކޮށް އެނގުނު ކަމަކީ، ނޫސްވެރިންގެ ސުވާލުތަކަށް ތައްޔާރު ނޫންކަމެވެ. އަދި ނޫސްވެރިންނަށް ނުރުހުމުގެ މޫނުފުޅު ދައްކަވާފައި، ޕްރެސް ދެއްވަން ހުންނެވުމުން ހީވަނީ އަދިވެސް ނޫސްވެރިން އޮބަހައްޓަން ބޭނުންފުޅުވާހެންނެވެ. އަދި ނޫސްވެރިން އޭނާ ބޭނުން ނޫންގޮތަކަށް ވާހަކަދެއްކުމުން، އެކަން އެއްގޮތަަކަށް ވެސް ތަހައްމަލު ނުކުރެއްވޭހެންނެވެ. ސަރުކާރުގެ "މޫނުގެ" ގޮތުގައި ތިޔަ ދެއްކެވީ, ނޫސްވެރިންނާ ބީރައްޓެހި، ޖަވާބުދެއްވަން ބޮޑާހާއްކަވާ ކަހަލަ ބޭފުޅެއްތާއެވެ. މިހާ ދުވަސްކޮށްފައި އައްޔަންކުރެއްވި ތަރުޖަމާނަކީ މިއަށްވުރެ ހޭހަން، މިއަށްވުރެ ނޫސްވެރިންނާ ގާތް ބޭފުޅަކަށް ވާނެކަމަށް އަޅުގަނޑު އުންމީދުކުރީމެވެ. ޗީފަށް ދަންނަވާލަން އޮތީ ނޫސްވެރިންގެ ސުވާލުތަކާ ކުރިމަތިލައްވަން ބޭނުންފުޅު ނުވަންޏާ، ތިޔަ ހުންނެވެނީ އަދި ރަނގަޅު މަގާމެއްގައި ނޫންކަމަށެވެ.

އިތުރަށް ކިޔާލަން

16 ޖުލައި 2018

އިބޫ އަތޮޅު ތެރޭގައި ހިންގެވި ފުރަތަމަ ކެމްޕެއިން، އާންމުންނަށް ކަމުދިޔަތަ؟

16 ޖުލައި 2018
އިބޫ އަތޮޅު ތެރޭގައި ހިންގެވި ފުރަތަމަ ކެމްޕެއިން، އާންމުންނަށް ކަމުދިޔަތަ؟
28 މެއި 2018

ޑަޗަސް މޭގަން: ޝާހީ އާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބެއްލެވި ފުރަތަމަ ހޮލީވުޑްގެ ތަރިއެއް ނޫން!

28 މެއި 2018
ޑަޗަސް މޭގަން: ޝާހީ އާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބެއްލެވި ފުރަތަމަ ހޮލީވުޑްގެ ތަރިއެއް ނޫން!
05 މާރިޗު 2018

އޮބި އެކްސްޕްރެސްގެ ސަބަބުން ރަށްތަކުގެ މީހުންނަށް ބޮޑު ލުޔެއް !

05 މާރިޗު 2018
އޮބި އެކްސްޕްރެސްގެ ސަބަބުން ރަށްތަކުގެ މީހުންނަށް ބޮޑު ލުޔެއް !
15 ފެބުރުއަރީ 2018

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

15 ފެބުރުއަރީ 2018
ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
11 ޖެނުއަރީ 2018

ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

11 ޖެނުއަރީ 2018
ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު