Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރާ އިދިކޮޅު ސައިޓްތައް ބްލޮކްކުރުން

ސަރުކާރާ އިދިކޮޅު ސައިޓްތައް ބްލޮކްކުރުން - ހޫނުފެނަށް ވެއްޓުމުން އިސްތަރުޖަމާނު ނުކުންނަވާ އިތުރުފުޅު ހައްދަވައިފި

ސައިޓްތައް ބްލޮކްކުރުމުން އެމްޖޭއިން ކަންބޮޑުވުން ފާޅުކުރި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2023 | ހުކުރު 14:20
އިސް ތަރުޖަމާން ޝަހީބް

އިސް ތަރުޖަމާން ޝަހީބް

ސަރުކާރަށް ފާޑުކިޔާ ބައެއް މީޑިއާތައް ބްލޮކް ކުރަން މި ސަރުކާރުން ފެށީ އެއްވެސް އިންޒާރެއް ދިނުމަކާއި ނުލައެވެ. މިހާރު ދިވެހިންގެ ތެރޭގައި ބްލޮގް ލިޔުމާއި، ކޮލަމް ލިޔުމަކީ ރަސްމީ ނޫހެއްގައި އެކަނި ކުރާ ކަމެއް ނޫނެވެ. އަމިއްލަ ލިޔުންތައް ލިޔެ ޝާއިއުކުރާ މީހުންނާއި އަމިއްލަ ފޭސްބުކް އާއި ޓްވިޓާގައި ލިޔުންތައް ހިއްޞާ ކުރާ މީހުންވެސް މަދެއް ނޫނެވެ. ރަނގަޅު ވާހަކައެވެ. ގަވާއިދާއި އެއްގޮތަށް ހިންގާ ނޫސްތަކާއި ޚަބަރުފަތުރާ އެހެން ވަސީލަތްތަކުން ޚަބަރު ފަތުރަން ވާނީ ކަމުގެ ހަގީގަތް ހޯދާ ބަލައިގެންނެވެ. އެ ނޫސްތައް ޒިންމާދާރު ކުރެވޭނެ މަގުވެސް އޮންނަން ވާނެއެވެ. އެކަމަކު ސަރުކާރުން މި ކުރެއްވިކަމަކީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ރަޖިސްޓްރީކޮށްފައިވާ ނޫހެއްވެސް ހިމެނޭހެން ސަރުކާރާއި އިދިކޮޅު ޚަބަރުފަތުސާ ސައިޓްތައް ބްލޮކްކުރަން ފެށުމެވެ.

ހާމަކަން ބޮޑު ސިޔާސަތަކަށް ލޯބިކުރާ ދިވެހިންނަށް މިއީ ހަޖަމްކުރަން އެހާ ފަސޭހަކަމެއް ނޫނެވެ.

އާއްމުންގެ ފާޑުކިޔުންތައް ބޮޑުވުމުން އެކަމުގެ ދިފާއުގައި އިސާހިތަކު އިސްތަރުޖަމާން މުހައްމަދު ޝަހީބު ނުކުންނަވައިފިއެވެ. ރަޖިސްޓްރީނުކޮށް ހިންގަމުން އައި ދެ ނޫހަކާއި ރަޖިސްޓްރީކޮށްފައިވާ ނޫހެއް ބްލޮކް ކުރި މައްސަލައިގައި ޒިންމާންނެގެވުމުގެ ބަދަލުގައި އެ މަނިކުފާނު ދައްކަވަނީ ބަހަނާތަކެވެ. "ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާ ކަމަށް ބުނެ ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށް ފާހަގަކުރެއްވިއެވެ. މަސައްކަތްކުރައްވަނީ ތިމާމެންގެ ތަހައްމަލުކުރުމުގެ އާދަކުޑަކަން ބަހަނާތައް ދަައްކައިގެން ފޮރުވާށެވެ. އަދި އެކަމާއި ދެކޮޅަށް އެމްޖޭއިން އަޑު އުފުލުމުންވެސް ތަރުޖަމާނަށް ގޯސްވީ އެމްޖޭއޭއެވެ. އެމްޖޭއޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރައްވާކަމަށް ވިދާޅުވެ، އެމްޖޭއޭ ކުށްވެރިކުރައްވަން މަސައްކަތްކުރައްވާކަހަލައެވެ.

ސަރުކާރުގެ މިވާހަކަތަކަށް އަނެއްކާވެސް އެމްޖޭއިން ވަނީ ރައްދުދެއްވާފައެވެ.

ފުރަތަމަ.ކޮމް ބްލޮކް ނުކުރާ ކަމަށް ސަރުކާރުން ބުނާ ވާހަކައާ ގުޅޭ ގޮތުން ރައްދު ދެއްވަމުން އެމްޖޭއިން ބުނީ، ‏ފުރަތަމަ.ކޮމް ބްލޮކް ކުރި ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގު ކުރި ނަމަވެސް އެ ޖަމްއިއްޔާއިން ބަޔާން ނެރުމުގެ ކުރިން ވާނީ އެ ޖަމްއިއްޔާ އެފްލިއޭޓްވެފައިވާ ބޭރުގެ ސައިބާ ސެކިއުރިޓީ އެކްސްޕާޓުންގެ އެހީތެރިކަމާ އެކު ލިބެން ހުރި ހެކި ތަކުގެ މައްޗަށް ލަފާ ހޯދާފައި ކަމަށެވެ. އެ ބޭފުޅުން އެ ޖަމްއިއްޔާއަށް މައުލޫމާތު ދެއްވީ ފުރަތަމަ.ކޮމް ބްލޮކް ކޮށްފައި ވަނީ ސީދާ ރާއްޖޭގެ ސާވިސް ޕްރޮވައިޑާ ކަމާއި ފެންނަން ހުރި ހެކިތަކަށް ބަލާއިރު އެއީ ސައިޓުގެ ވެރިފަރާތުން ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ސައިޓުގެ ވެރިފަރާތުން ވެސް އެގޮތަށް ޖަމްއިއްޔާއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ.

‏އެމްޖޭއޭ އިން ބަޔާނެއް ނެރުމުގެ ކުރިން އެކަމާ މެދު ފުޅާދާއިރާއެއްގައި ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި ބަހުސްކޮށް އެ ޖަމްއިއްޔާއިން އެފްލިއޭޓްވެފައިވާ ބައިނަލްއަގުވާމީ ނޫސްވެރިންނާ ގުޅުން ހުރި ޖަމްއިއްޔާތަކާ މަޝްވަރާކޮށް ހިޔާލު އަބަދުވެސް ހޯދާކަމަށް އެމްޖޭއޭ އިން ފަހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެމްޖޭއޭ އިން ކަންކަން އަބަދުވެސް ކުރާނީ ޒިންމާދާރު ކަމާއި އެކު ނޫސްވެރިކަމުގެ ހައްގު ހިފަހައްޓައި ނެގެހެއްޓޭނޭ ގޮތެއްގެ މަތިން ކަމުގައި ފާހަގަކޮށް، ބުނެފައިވަނީ، އެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ޖަމްއިއްޔާއިން ފަހަތަށް ނުޖެހި ދެމި ތިބޭނޭ ކަމުގެ ޔަގީންކަން ހުރިހާ ނޫސްވެރިންނަށް އަރުވާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާގެ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ހަލީލު ވަނީ އެ ޖަމިއްޔާގެ ބަޔާނަކީ އެއްވެސް ޒިންމާދާރުކަމެއް ނެތި ނެރުން ބަޔާނެއް ކަމަށް ވިދާޅުވެފައެވެ. "ކޮންމެ ކަމެއްގައި ވެސް އިސްވާނީ ގައުމު" ކަމަށް ވެސް ވިދާޅުވިއެވެ. މިހެން ވިދާޅުވެފައިވާއިރު އެ މޭރުމުން ސައިޓްތައް ބްލޮކް ކުރުމުގެ ކުރިން އެކަން ނާންގަވާ ސައިޓްތައް ބްލޮކްކުރަން ފެށީ ކޮންކަމެއް ހާސިލްކުރަން ބޭނުންވެގެންތޯ ސުވާލު އުފެދެއެވެ. މިދިޔަ ސަރުކާރަށް ވެސް ފާޑުކިޔުންތައް އިންތިހާއަށް އަމާޒުކުރެއެވެ. ޖަމިއްޔާ ޖަމާއަތްތަކުން ބަޔާންވެސް ނެރެއެވެ. އެ ބޭފުޅުންނަށް ޖެއްސުންކޮށް ބިރުދައްކާކަށް ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ ތަރުޖަމާން އުޅުއްވާތަނެއް ނުފެނެއެވެ.

،މީޑިއާ ކައުންސިލުގެ ގާނޫނުގެ 36 ވަނަ މާއްދާ ބުނާގޮތުން "މީޑިއާ ކަމަށް ބުނެފައި އެ ވަނީ، ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހުނޫސްތަކަށާއި، ހަފްތާނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭށަންތަކަށާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށް މަހުލޫމާތާއި، ހަބަރާއި، ހިޔާލާއި، އިށްތިހާރު، ހާމަކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް، ނުވަތަ އަގަކާނުލައި ލިބޭ ގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއު ކުރެވޭ ޝާއިއު ކުރުންތަކެވެ. އެކަމަކު މިއީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ޝަހީބަކީ ކުރިންވެސް މީޑިއާ ކައުންސިލްގައި ހުންނަވައިގެން ވެސް ނޫސްވެރިންގެ އަނގަ ބަންދުކޮށް ނޫސްވެރިން ޖޫރިމަނާކުރުމުގައި އިސްކޮށް ހުންނެވި މޭސްތިރިޔާއެވެ. އެހެންވީމަ މިބާވަތުގެ ކަންކަން ދިފާއުކުރުމަށް މި މަނިކުފާނު ނުނިކުންނަވާނެ ކަމަށް އުންމީދުވެސް ނުކުރަމެވެ.

ރައީސް އޮފީހުގައި ސަރުކާރުގެ އިސް ތަރުޖަމާނު، މުޙައްމަދު ޝަހީބް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޝަހީބުގެ ޖަވާބު؛ މަށެން ނޫން، އޭނާ ގާތު އަހާ!

ޝަހީބުގެ ޖަވާބު؛ މަށެން ނޫން، އޭނާ ގާތު އަހާ!

30 ޑިސެމްބަރު 2023
ޝަހީބެވެ. ހަޔާތްވެސް ކުޑަވާންވާނީ ވަކިވަރަކަށެވެ. އަންހެނަކާ ދިމާއަށް އެހެން ބުނަން ލަދެއްވެސް ނުގަނޭހެއްޔެވެ؟

ޝަހީބެވެ. ހަޔާތްވެސް ކުޑަވާންވާނީ ވަކިވަރަކަށެވެ. އަންހެނަކާ ދިމާއަށް އެހެން ބުނަން ލަދެއްވެސް ނުގަނޭހެއްޔެވެ؟

27 ޑިސެމްބަރު 2023
ކެންޔާގެ ރައީސް އާއި އިދިކޮޅު ކެނޑިޑޭޓްގެ ކޯޅުމަށް ނިމުމެއް ނެތް!

ކެންޔާގެ ރައީސް އާއި އިދިކޮޅު ކެނޑިޑޭޓްގެ ކޯޅުމަށް ނިމުމެއް ނެތް!

30 ޖެނުއަރީ 2018
ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ރަގަޅު މިސްރާބެއް ހިފާށެވެ.

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ރަގަޅު މިސްރާބެއް ހިފާށެވެ.

22 ޑިސެމްބަރު 2017
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު