Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީގެ މޭޔަރު ކެންޑިޑޭޓް އާޒިމް

ހިތެއް އޮތް ރައީސަކުނަމަ މިހާރު ގޯތި ދީފައިވާ ތަންތަން ތަރައްގީ ނުކޮށް ފުށިދިއްގަރު ފަޅު ހިއްކަން ނޫޅޭނެ: އާޒިމް

ފައިސާ ޚަރަދު ކުރަންވީ ގޯތި ދޫކޮށްފައިވާ ތަންތަނުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް އާޒިމް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2023 | ހޮނިހިރު 08:11
އާޒިމް މާލޭގެ ގެއަކަށް ޒިޔާރަތް ކުރައްވައި އެ ގޭގެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވަނީ

އާޒިމް މާލޭގެ ގެއަކަށް ޒިޔާރަތް ކުރައްވައި އެ ގޭގެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވަނީ

ހިތެއް އޮތް ރައީސަކު މާލޭގެ ރައްޔިތުންނަށް މިހާރު ގޯތި ދީފައިވާ ތަންތަން ތަރައްގީ ނުކޮށް ފުށި ދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަން ނޫޅުއްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ރާއްޖެ އެމްވީ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ އަދިވެސް ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. އެކަން ހައްލު ކުރުމަށް ނިމުނު އެމްޑީޕީ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާއިރު އެ ގޯތިތައް ދޫކުރުމަށް ހިއްކަމުން އަންނަ ފަޅުތައް އިތުރަށް ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާލޭގެ މޭޔަރަކަށް ހޮވިވަޑައިގެންފި ނަމަ ސަރުކާރަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އާޒިމް ވިދާޅުވީ އިސްރާފު ކުރުމާ ދެކޮޅުހައްދަވާނެ ކަމަށެވެ. އެގޮތުން، މި ސަރުކާރުން ބޭނުންވާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތަކީ މިވަގުތައް މުހިންމު މަޝްރޫއެއްކަމުގައި ގަބޫލުނުކުރައްވާ ކަމަށާއި އެ ފައިސާ ޚަރަދު ކުރަންވީ ގޯތި ދޫކޮށްފައިވާ ތަންތަނުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފުށިދިއްގަރު ފަޅަކީ މާލެއާ ދުރު ސަރަހައްދަކަށްވާއިރު އެތަނުގައި މީހުންނަށް ދިރިއުޅެން ދަތިވާނެ ކަމަށާއި ރާއްޖޭގެ ވެރިކަން ކުރާ ބޭފުޅަކަށް ޤައުމުގެ ޖިއޯގްރަފީ އެނގެންވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅު ތަަރައްގީ ކުރުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ. އެ ވައުދު ފުއްދުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅި އިރު އެތަން ހިއްކަން 400 މިލިއަން ރުފިޔާ ހިމެނިއެވެ. ނަމަވެސް އެ ފައިސާ ހޯދާނެ ގޮތެއް ބަޖެޓުގައި ކަނޑައަޅާފައި ނެތުމުން، ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިއްކަން ފަށާފައިވާ ގުޅިފަޅާއި ގިރާވަރުފަޅު އިތުރަށް ތަރައްގީ ކުރުމަށް އިސްކަން ދިނުމަށް މަޖިލީހުން ވަނީ ފުށިދިއްގަރު ފަޅުގެ ބަޖެޓު އުނިކޮށްފައެވެ. އެ ފައިސާ ބަޖެޓުން އުނި ކުރި ނަމަވެސް މަޝްރޫއުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

އާޒިމް ވަނީ ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދީފައިވާ ގޯތި އެ ފަރާތްތަކަށް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އޭނާއަކީ 30 އަހަރުގެ ތަޖުރިބާއާއެކު ވަޑައިގަންވާ ބޭފުޅެއް ކަމަށާއި ހަވާލުވެވަޑައިގެންނެވި ކުންފުނިތަކާއެއްގޮތަށް މާލެ ސިޓީ ކައުސިލުގެ މޭޔަރު ކަމަށް ހޮވިވަޑައިގެންފިނަމަ މާލެއަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އާޒިމް ދެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު