Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ފަރާތްތައް ފުލުހަށް

ރިޔާޒާއި ސަމީރު ފުލުހަށް، ވަކީލެއްގެ ގޮތުގައި އަލީ ޙުސައިން ބަލައިނުގަތް

27 ޖުލައި 2017 | ބުރާސްފަތި 20:59

ސަމީރު އަލުން ހާޒިރުކުރާނީ ހުކުރު ދުވަހު ހަވީރު 5 ޖަހާއިރު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 27 ޖުލައި 2017 | ބުރާސްފަތި 20:59
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް އާއި އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙުމަދު ސަމީރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ މި ދެބޭފުޅުން ފުލުހަށް ހާޒިރު ކޮށްފައިވާއިރު، ޢަބްދުﷲ ރިޔާޒްގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވަކީލެއްގެ ގޮތުގައި ބަލައި ނުގަތުމަށްވެސް ފުލުހުން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

ފުލުހަށް ވަޑައިގަތުމަށްފަހު ޢަބްދުﷲ ރިޔާޒް ވިދާޅުވީ، އެބޭފުޅާގެ މައްޗަށް ފުލުހުން ކުރަނީ، މި ޖުލައި މަހުގެ 24 ވަނަ ދުވަހު، ފުލުހުންގެ ސަފުތައް ފަޅާލައި، ރައްޔިތުންގެ މަޖިލީހަށް ވަނުމުގެ ތުޙުމަތު ކަމަށެވެ. ރިޔާޒް ވިދާޅުވީ، ރިޔާޒްގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވި މެންބަރު އަލީ ޙުސައިންގެ މައްޗަށްވެސް ފުލުހުން މި ތުޙުމަތު ކުރާކަން ބުރާސްފަތި ދުވަހުގެރޭ ހާމަކޮށްފައިވާ ކަމަށާއި، އެހެންކަމުން ރިޔާޒްގެ ވަކީލެއްގެ ގޮތުގައި އަލީ ޙުސައިން ބަލައި ނުގަތުމަށް ފުލުހުން ނިންމާފައިވާ ކަމަށެވެ.

އެ ތުހުމަތާއި ގުޅިގެން ފުލުހަށް ހާޒިރުވުމުގެ އަމުރެއް އަލީ ހުސައިނަށް އަދި ފޮނުވާފައެއް ނުވެއެވެ.

އިތުރު ވަކީލެއް ހަމަޖައްސައި، 29 ޖުލައިވާ ހޮނިހިރު ދުވަހުގެރޭ 8:15 އަށް ފުލުހަށް ހާޒިރުވުމަށް އަންގައި، ފުލުހުން މިހާރު ވަނީ ރިޔާޒަށް ޗިޓު ހަވާލުކޮށްފައެވެ.

ރިޔާޒް ވިދާޅުވީ، މި މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށް ދެކިލައްވާ ކަމަށާއި، މިހާރު ފުލުހުންގެ ފަރާތުން މި ފެންނަމުންދަނީ، ފުލުހުން ލައްވައި ކުރުވާ ގައިރު ޤާނޫނީ އަމަލުތަކެއް ކަމަށެވެ.

ބުރާސްފަތި ދުވަހުގެރޭ ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙުމަދު ސަމީރުވެސް ފުލުހަށް ހާޒިރުކޮށްފައިވާއިރު، ސަމީރު ހާޒިރުކޮށްފައިވަނީ، ޖުމްހޫރީ ޕާޓީގެ ޖަގަހަ އާއި އޮފީސް ބަލައި ފާސްކުރަމުންދިޔައިރު، ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި ކޯޓުން ފުލުހުންނަށް ދިން އަމުރު ތަންފީޒުކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައެވެ.

ބުރާސްފަތި ދުވަހުގެރޭ ފުލުހަށް ވަޑައިގަތުމަށްފަހު، ސަމީރު ވިދާޅުވީ، ފުލުހުން އެފަދައިން ތުހުމަތު ކުރި ނަމަވެސް، ފުލުހުންނަށް ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދެއްވާފައިވާނެ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ވަކީލެއްގެ އެހީ ބޭނުންވާކަން ހާމަކުރެއްވުމުން، ވަކީލަކާއި އެކު 28 ޖުލައިވާ ހުކުރު ދުވަހުގެ މެންދުރުފަހު 5 ޖަހާއިރު ފުލުހަށް ހާޒިރުވާން ވަނީ އަންގާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

19 ފެބުރުއަރީ 2017
އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް