Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

އަހަރު ނިމެން 15 ދުވަސް: ފަތުރުވެރިކަމުގެ ޓާގެޓަށް އަދި އެއްލައްކަ ފަންސާސް ހާސް ފަތުރުވެރިން ބޭނުންވޭ

15 ޑިސެމްބަރު 2023 | ހުކުރު 03:55

މި އަހަރުގެ ނިޔަލަށް، 1.9 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައުމަށް ބޭނުންވާ ނަމަ، ކުރިއަށް އޮތް ދުވަސްތަކުގައި ދުވާލެއްގެ މައްޗަށް ގާތްގަޑަކަށް 8،600 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަން ޖެހޭނެ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 15 ޑިސެމްބަރު 2023 | ހުކުރު 03:55
ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް: އެ އެއާޕޯޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރާށި

ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް: އެ އެއާޕޯޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރާށި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް އެއް މިލިއަން، ހަތް ލައްކަ ފަންސާސް ހާހަށް އަރައި، މި އަހަރު ރާއްޖެއިން ކަނޑައެޅި ޓާގެޓް ހާސިލްވުމާ ގާތަށް ޖެހިއްޖެ އެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މި މަހުގެ 13 ގެ ނިޔަލަށް ރާއްޖެއަށް 1،752،706 ފަތުރުވެރިއަކު ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ ދުވާލެއްގެ އެވްރެޖް އިން ބަލާކަމުގައި ވަނީ ނަމަ 5،200 ފަތުރުވެރިންނެވެ.

އެހެންކަމުން އެ އަދަދުން މި އަހަރުގެ ބާކީ އޮތް 17 ދުވަހަށް ބަލާނަމަ، މި އަހަރު ރާއްޖެއަށް 1.84 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ބެލެވެ އެވެ.

މި އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ކަނޑައެޅީ 1.8 މިލިއަން ފަތުރުވެރިން ޙާސިލް ކުރުމަށެވެ. އެހެން ނަމަވެސް ކުރީގެ ރައީސް، އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ކެމްޕޭނުގެ ތެރޭގައި އެ ލަނޑުދަނޑި 1.9 މިލިއަން ފަތުރުވެރިންނަށް މަތިކުރައްވާފަ އެވެ.

އެހެންކަމުން މި އަހަރުގެ ނިޔަލަށް، 1.9 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައުމަށް ބޭނުންވާ ނަމަ، ކުރިއަށް އޮތް ދުވަސްތަކުގައި ދުވާލެއްގެ މައްޗަށް ގާތްގަޑަކަށް 8،600 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަން ޖެހޭނެ އެވެ. އެހެން ނަމަވެސް އެ އަދަދަކީ ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު މާ މަތި އަދަދެކެވެ.

އެގޮތުން މި ދުވަސްވަރަކީ ފިނި މޫސުން ފެށެން ކައިރިވާ ދުވަސްވަރަށް ވީ ނަމަވެސް، އަދި ރާއްޖެއަށް ޒިޔާރަތް ކުރާ އަދަދު މި އަހަރުގެ ފެބްރުއަރީ އާ އަޅާބަލާއިރު ދަށެވެ. އެހެން ނަމަވެސް ފިނި މޫސުން ފެށުމާއެކު، އެ އަދަދު އިތުރުވާނެ ކަމަށް ވެސް އަންދާޒާ ކުރެވެ އެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހު އެވްރެޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް 6،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އެވެ.

މި އަހަރުގެ ހިސާބުތަކަށް ބަލާއިރު، ފާއިތުވި އަހަރާ އަޅާބަލާއިރު 12.7 އިންސައްތައިގެ ފަތުރުވެރިންގެ ކުރިއެރުމެއް މި އަހަރު ލިބިފައިވާއިރު، އެ ފަތުރުވެރިން ރާއްޖޭގައި އާންމުކޮށް މަޑުކުރަނީ 7.6 ދުވަހު އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 މެއި 2017

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

02 މެއި 2017
ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް